Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުހެންލީޒް ފިހާރަ

ދުނިޔޭގެ އެންމެ ދުވަސްވީ ކުޅޭއެއްޗެހި ވިއްކާ ފިހާރަތައް މުކޭޝް އަމްބާނީ ގަނެފި

ރިލަޔަންސް ކުންފުނިން ހެމްލީޒް ފިހާރަތައް ޗައިނާގެ ސީ ބެނަރ އިންޓަރނޭޝަނަލް އަތުން ގަނެފައިވަނީ 88 މިލިއަން ޑޮލަރުގެ އަގެއްގައި

އަމަން ހަލީމް
އަމަން ހަލީމް | 10 މެއި 2019 | ހުކުރު 19:17
ހެންލީޒް ކުޅޭތަކެތި ވިއްކާ ފިހާރައެއް

ހެންލީޒް ކުޅޭތަކެތި ވިއްކާ ފިހާރައެއް

ދުނިޔޭގެ އެންމެ ދުވަސްވީ ކުޅޭ އެއްޗެހި ވިއްކާ ފިހާރަ، އިނގިރޭސިވިލާތުގެ ހެމްލީޒްގެ ބެލެނިވެރި ކުންފުނި އިންޑިއާގެ އެންމެ މުއްސަންދި މީހާ ކަމުގައިވާ މުކޭޝް އަމްބާނީ ގަނެފިއެވެ.

މުކޭޝް އަމްބާނީގެ ރިލަޔަންސް ކުންފުނިން ހެމްލީޒް ފިހާރަތައް ޗައިނާގެ ސީ ބެނަރ އިންޓަރނޭޝަނަލް އަތުން ގަނެފައިވަނީ 88 މިލިއަން ޑޮލަރުގެ އަގެއްގައެވެ. ބުރާސްފަތު ދުވަހު ވެވުނު އެއްބަސްވުމުގެ ދަށުން ހެމްލީޒް މަރުކާގެ ކުޑައިގެ ދަށުން 18 ގައުމެއްގައި ހިންގާ 167 ފިހާރައިގެ މިލްކުވެރިކަން ރިލަޔަންސަށް ލިބިފައިވެއެވެ. މި އެއްބަސްވުމުގެ ކުރިން ވެސް ރިލަޔަންސް ކުންފުންޏަކީ ފްރެންޗައިޒް އުސޫލުން އިންޑިއާގައި ހެމްލީޒްގެ 88 ފިހާރައިގެ ވެރި ފަރާތެވެ.

ރިލަޔަންސްގެ މި ވިޔަފާރިއާ އެކު، އެ ކުންފުންޏަށް އެމޭޒަން އަދި ވޯލްމާޓް ފަދަ ކުންފުނިތަކާ ވާދަކުރަން ފަސޭހަވެގެން ދާނެއެވެ. އެ ދެ ކުންފުނިން މިހާރު ވެސް އިންޑިއާގެ ކުރިއަރަމުން އަންނަ އީ-ކޮމަރސް ވިޔަފާރިއަށް ބިލިއަނުން ޑޮލަރު އިންވެސްޓް ކޮށްފައިވެއެވެ.

ރިލަޔަންސް ބްރޭންޑްސްގެ ސީއީއޯ ދަރްޝަން މެހެތާ ވިދާޅުވީ މިއީ އެ ކުންފުނިން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ. އަދި ހެމްލީޒްގެ ސަބަބުން ރިލަޔަންސް ބައިނަލްއަގްވާމީ ވިޔަފާރީގައި ނަން ހިނގާ ކުންފުންޏަކަށް ހަދަން މަގުފަހިވާނެ ކަމަށް ވެސް މެހެތާ ވިދާޅުވިއެވެ.

އިންޑިއާގެ އެންމެ މުއްސަނދި މީހާ ކަމުގައިވާ މުކޭޝް އަމްބާނީގެ ރިލަޔަންސް ކުންފުނިން އަންނަނީ އެ ކުންފުނީގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން ވިޔަފާރި ޑައިވަރސިފައި ކުރަމުންނެވެ. އެގޮތުން އެ ކުންފުނިން އެންމެ ފަހުން ވާދަކުރަން ފެށި މުއާސަލާތީ ދާއިރާގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވެއެވެ. ތިން އަހަރުގެ ތެރޭގައި 300 މިލިއަން ކަސްޓަމަރުން ޖިއޯގެ ހިދުމަތް ހޯދަން ފަށާފައިވެއެވެ.

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2017

ދުނިޔޭގެ އެންމެ މޮޅު ޖެނެރަލް މެނޭޖަރުގެ އެވޯޑް ގައިސަރަށް!

03 ޑިސެމްބަރު 2017
ދުނިޔޭގެ އެންމެ މޮޅު ޖެނެރަލް މެނޭޖަރުގެ އެވޯޑް ގައިސަރަށް!
03 ޑިސެމްބަރު 2017

ރެޑްވޭވް އިން އިލެކްޓްރޯނިކްސް ސާމާނު ވިއްކާ ފިހާރައެއް ހުޅުވައިފި

03 ޑިސެމްބަރު 2017
ރެޑްވޭވް އިން އިލެކްޓްރޯނިކްސް ސާމާނު ވިއްކާ ފިހާރައެއް ހުޅުވައިފި
18 ނޮވެމްބަރު 2017

ކިހާވައް ހުރަވަޅި ވިއްކާލަނީ

18 ނޮވެމްބަރު 2017
ކިހާވައް ހުރަވަޅި ވިއްކާލަނީ
04 ނޮވެމްބަރު 2017

ހައި އެންޑްގެ ނަމުގައި ހުޅުމާލޭގައި ފަރުނީޗަރު ވިއްކާ ފިހާރައެއް ހުޅުވައިފި

04 ނޮވެމްބަރު 2017
ހައި އެންޑްގެ ނަމުގައި ހުޅުމާލޭގައި ފަރުނީޗަރު ވިއްކާ ފިހާރައެއް ހުޅުވައިފި
03 ނޮވެމްބަރު 2017

އައިފޯން 10 ދުނިޔޭގެ ބާޒާރަށްނެރި ވިއްކަން ފަށައިފި

03 ނޮވެމްބަރު 2017
އައިފޯން 10 ދުނިޔޭގެ ބާޒާރަށްނެރި ވިއްކަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު