Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުދިރާގު ޑޭޓާ

ދިރާގުން ރޯދަމަހަށް ތައާރަފްކުރި ޑޭޓާ ޕެކްތަކުން ލިބޭ ފައިސާގެ 10 އިންސައްތަ ނުކުޅެދޭ މީހުންނަށް

ހަދިޔާކުރަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާރސަންސް ވިތް ޑިސްއެބިލިޓީއަށް

އަމަން ހަލީމް
އަމަން ހަލީމް | 11 މެއި 2019 | ހޮނިހިރު 16:40
ދިރާގުން ތައާރަފްކުރި ޑޭޓާ ޕެކްތައް

ދިރާގުން ތައާރަފްކުރި ޑޭޓާ ޕެކްތައް

ދިރާގުުން ރޯދަ މަހަށް ތައާރަފްކުރި ޑޭޓާ ޕެކޭޖުތައް ވިއްކައިގެން ލިބޭ އާމްދަނީގެ 10 އިންސައްތަ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާރސަންސް ވިތް ޑިސްއެބިލިޓީއަށް ހަދިޔާކުރަން ދިރާގުން ނިންމާފައިވެއެވެ.

މި އެސޯސިއޭޝަނަކީ ނުކުޅެދޭ މީހުންގެ ހައްގުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއަށް ޑޭޓާ ޕެކްތައް ވިއްކައިގެން ލިބޭ އާމްދަނީ ހަދިޔާކުރަން ނިންމާފައިވާ އިރު ދިރާގުން ރޯދަމަހަށް ހާއްސަކޮށްގެން ތައާރަފްކޮށްފައިވަނީ 200 ރުފިޔާގެ ޕެކޭޖަކާއި 300 ރުފިޔާގެ ޕެކޭޖެކެވެ. އެގޮތުން 200 ރުފިޔާގެ ޕެކޭޖުން 1.5 ޖީބީގެ ޑޭޓާ ލިބޭއިރު، 300 ރުފިޔާގެ ޕެކޭޖުން ލިބެނީ 4 ޖީބީގެ ޑޭޓާއެވެ. މި ދެ ޕެކޭޖު ނަގާ ފަރާތްތަކަށް ވެސް ސޯޝަލް މީޑިއާ ބޭނުންކުރަން އިތުރު 1 ޖީބީގެ ޑޭޓާ އެލަވަންސެއް ލިބެއެވެ.

ރޯދަމަހާ ދިމާކޮށް ދިރާގުން ތަފާތު ޕްރޮމޯޝަންތަކެއް ތައާރަފްކޮށްފައިވާއިރު، ސައުދީއަށް ހެޔޮ އަގުގައި ގުޅޭނެ ގޮތް ހަމަޖެހިގެންދާ ޕްރޮމޯޝަނަކާއި، ފައިބަރ ބްރޯޑްބޭންޑް ބޫސްޓަރތަކުން ޑިސްކައުންޓް ދިނުން އަދި roadhamoments# ގެ ނަމުގައި އިންސްޓަގްރާމް ކެމްޕޭނެއް ފަށާފައިވެއެވެ. އެގޮތުން roadhamoments# ގެ ކޮންމެ ހަފުތާއަކު ހޮވާލެވޭ ފަރާތަކަށް ސެމްސަންގް A80 ފޯނެއް ލިބޭނެއެވެ.

ރާއްޖޭގެ މުއާސަލާތީ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނި ކަމުގައިވާ ދިރާގަކީ އަބަދުވެސް ސީއެސްއާރްގެ ދަށުން ގިނަ ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކަށް އެހީ ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. މި ފަހުންވެސް ދިރާގުން ވަނީ ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން އައިޖީއެމްއެޗްގެ އިންޑޯ ޕްލޭ އޭރިއާ އާކޮށްދީފައިވެއެވެ.

އިތުރަށް ކިޔާލަން

15 އޯގަސްޓު 2017

ދިރާގުން ޔޮންޑާ މިއުޒިކް އެޕް ލޯންޗް ކޮށްފި

15 އޯގަސްޓު 2017
ދިރާގުން ޔޮންޑާ މިއުޒިކް އެޕް ލޯންޗް ކޮށްފި
04 ޖުލައި 2017

ދިރާގުން "މައިކްރޯ ސޮފްޓު 365" ރާއްޖެއަށް ތައާރަފުކޮށްފި

04 ޖުލައި 2017
ދިރާގުން "މައިކްރޯ ސޮފްޓު 365" ރާއްޖެއަށް ތައާރަފުކޮށްފި
25 ޖޫން 2017

ފިތުރު ޢީދުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް %25 ބޯނަސް ޑޭޓާ

25 ޖޫން 2017
ފިތުރު ޢީދުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް %25 ބޯނަސް ޑޭޓާ
25 ޖޫން 2017

ދިރާގުން އީދު ހަދިޔާ ބަހައިފި

25 ޖޫން 2017
ދިރާގުން އީދު ހަދިޔާ ބަހައިފި
05 ޖޫން 2017

ދިރާގުން އަނެއްކާ ވެސް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ފަށައިފި

05 ޖޫން 2017
ދިރާގުން އަނެއްކާ ވެސް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު