Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމަތިވަރު ފުޓްސަލް ޗެލެންޖު

މަތިވަރު ފުޓްސަލް ޗެލެންޖު: މުބާރާތް ފަށައިފި، މޭން އޮފް ދަ މެޗަށް ދިނީ ހެލްމެޓް

10 މެއި 2019 | ހުކުރު 13:58

ހުޅުވި ދެ މެޗުވެސް ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އަލީ ވަހީދު

ލީވާން އަލީ
ލީވާން އަލީ | 10 މެއި 2019 | ހުކުރު 13:58
މޭން އޮފް ދަ މެޗު ކެފޭ 20 ކާގަޅާ އެސްސީގެ މުހައްމަދު ފަވާޒް (ކ) އަށް ހެލްމެޓް ދެނީ ހެލްމެޓް، ހެލްމެޓް ހަވާލުކޮށްދެއްވީ މިނިސްޓަރ އަލީ ވަހީދު (މ) އަދި ގަމު ދާއިރާގެ މެމްބަރ މުހައްމަދު ވިސާމް (ވ)

މޭން އޮފް ދަ މެޗު ކެފޭ 20 ކާގަޅާ އެސްސީގެ މުހައްމަދު ފަވާޒް (ކ) އަށް ހެލްމެޓް ދެނީ ހެލްމެޓް، ހެލްމެޓް ހަވާލުކޮށްދެއްވީ މިނިސްޓަރ އަލީ ވަހީދު (މ) އަދި ގަމު ދާއިރާގެ މެމްބަރ މުހައްމަދު ވިސާމް (ވ)

ލ. އަތޮޅު ގަމުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަހު ބާއްވާ "މަތިވަރު ފުޓްސަލް ޗެލެންޖު" ފަށައި، މޭން އޮފް ދަ މެޗަށް ހެލްމެޓް ދީފިއެވެ.

މިނިސްޓަރ އަލީ ވަހީދު ޝަރަފުވެރިކޮށްދެއްވި މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އެފްސީ އައުޓް ރީފް ކިންގް އާއި މުންޑޫ ޒުވާނުންގެ ޖަމިއްޔާއެވެ. މި މެޗު 1-5 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މުންޑޫ ޒުވާނުންގެ ޖަމިއްޔާއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުންޑޫ ޒުވާނުންގެ ޖަމިއްޔާގެ އަހުމަދު އަބްދުލް ޝުކޫރުއެވެ. އޭނާއަށް މޭން އޮފް ދަ މެޗުގެ ގޮތުގައި ދީފައިވަނީ ހެލްމެޓެކެވެ. މި ހެލްމެޓް އަހުމަދު އަބްދުލް ޝުކޫރުއަށް ދިނީ މިނިސްޓަރ އަލީ ވަހީދުއެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ ކެފޭ 20 ކާގަޅާ އެސްސީ އާއި ސިކްސް ސެންސެސް ލާމުއެވެ. މި މެޗު 2-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކެފޭ 20 ކާގަޅާ އެސްސީއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކެފޭ 20 ކާގަޅާ އެސްސީގެ މުހައްމަދު ފަވާޒްއެވެ. އޭނާއަށް މޭން އޮފް ދަ މެޗުގެ ގޮތުގައި ދީފައިވަނީ ހެލްމެޓެކެވެ. މި ހެލްމެޓް މުހައްމަދު ފަވާޒްއަށް ދިނީ މިނިސްޓަރ އަލީ ވަހީދުއެވެ.

މުބާރާތް ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިޔަށްގެންދަން ހަމަޖެހިފައިވާއިރު، ތިން ގްރޫޕެއްގައި ފަސް ޓީމެއް ހިމެނޭނެއެވެ. އަދި ބާކީ އޮތް ގްރޫޕްގައި ހިމެނޭނީ ހަތަރު ޓީމެވެ.

ގަމު މަތިމަރަދޫ ފުޓްސަލް ދަނޑުގައި ބާއްވާ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެއްވަނަ އަދި ދެވަނައަށް ދާ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާއިރު، ކުއާޓާގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މި މަހު 19 ވަނަ ދުވަހުއެވެ. އަދި ފައިނަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

މުބާރާތުގެ ގްރޫޕް އޭގައި އެފްސީ އައުޓްރީފް ކިންގް، މުންޑޫ ޒުވާނުންގެ ގުޅުން، ލާމު ބްލޫސް، އެފްއެމްއެފްސީ އަދި ޑެވިލްސް އެސްސީ ހިމެނޭއިރު، ގްރޫޕް ބީގައި ހިމެނެނީ ކާގަޅާ އެސްސީ، ސިކްސެންސަސް ލާމު، އަހަރުމެން ކަންމަތި، ފްރިކަންސް އަދި ފޮއްތޭއެވެ.

މީގެއިތުރުން ގްރޫޕް ސީގައި ހިމެނެނީ ލާމު ބްލޫސް ޖޫނިއާ، ގޯޅި އެސްސީ، ތުނޑި އެސްސީ، އައުޓްރީފް އަދި ޑެޓްރޮއިޓްސް އެސްސީ ހިމެނޭއިރު، ގްރޫޕް ޑީގައި ހިމެނެނީ ފޮއެމަތި އެސްސީ، އަމިގޯސް އެސްސީ، ކަންމަތި އެސްސީ އަދި ކަންމަތި އެފްސީއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭއިރު، ދެވަނަ ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ކާގަޅާ އެސްސީއެވެ. މިދިޔަ އަހަރު އެޓީމު މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ކަންމަތިއާ ވާދަކޮށްގެންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް