Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކިމް ކާޑޭޝިއަން

ކިމް ކާޑޭޝިއަންގެ ސަރޮގެޓް ވިހަން ވައްދައިފި!

10 މެއި 2019 | ހުކުރު 10:09

ކިމް އާއި ކާންޔޭއަށް ލިބޭ ހަތަރު ވަނަ ދަރިއަކީ ފިރިހެން ކުއްޖެއް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 10 މެއި 2019 | ހުކުރު 10:09
ކިމް ކާޑޭޝިއަން އާއި ކާންޔޭ ވެސްޓް އެދެމީހުންގެ ތިން ދަރިންނާއެކު

ކިމް ކާޑޭޝިއަން އާއި ކާންޔޭ ވެސްޓް އެދެމީހުންގެ ތިން ދަރިންނާއެކު

ކިމް ކާޑޭޝިއަން އާއި އޭނާގެ ފިރިމީހާ ކާންޔޭ ވެސްޓް ހަތަރު ވަނަ ދަރިއަށް މަރުހަބާ ކިޔަން އުޅޭ ކަމަށް ކިމްގެ ދައްތަ ކޯޓްނީ ކާޑޭޝިއަން ބުނެފިއެވެ.

ކިމް ކާޑޭޝިއަން އާއި އޭނާގެ ފިރިމީހާ ކާންޔޭ ވެސްޓް ހަތަރު ވަނަ ދަރިއަށް މަރުހަބާ ކިޔަން އުޅޭކަން ކޯޓްނީ ހާމަކޮށްފައިވަނީ 'ދަ އެލެން ޑިޖެނެރެސް ޝޯވ'ގައެވެ.

މި ޝޯވގެ ބުރާސްފަތި ދުވަހުގެ މެހެމާނަކީ ކިމް އާއި ކޯޓްނީގެ މަންމަ ކްރިސް ޖެނަރއެވެ. އަދި ކޯޓްނީ ވަނީ ކްރިސްގެ ހަ މާމަ ދަރިން ގޮވައިގެން ޝޯވއަށް ގޮސް، އޭނާއަށް ސަޕްރައިޒްއެއް ދީފައެވެ. އެ ގޮތުން، މާމައަށް ސަޕްރައިޒް ދީފައިވަނީ ކޯޓްނީގެ ތިން ކުދިން މޭސަން، ޕެނެލޮޕީ އަދި ރެއިން ޑިސިކްގެ އިތުރުން ކިމްގެ ތިން ކުދިންނެވެ.

އެލެން ޝޯވ ގެ ސެޓަށް ދިއުމަށްފަހު ކޯޓްނީ ބުނީ، މަންމައަށް ސަޕްރައިޒް ދޭން އަސްލު އަންނަން އޮތީ ކިމް ކަމަށެވެ. ނަމަވެސް ފަހު ވަގުތު ޕްލޭން ބަދަލު ކުރަން ޖެހުނީ ކަަމަށެވެ.

ކިމްއަށް ނުދެވުނީ އޭނާގެ ސަރޮގެޓް ވިހެއުމަށް ވައްދާފައިވުމުން ކަމަށޤ ކޯޓްނީ ކިޔާދިނެވެ. އަދި ޝޯވގައި ފެންނަ ގޮތުން، މިއީ ވެސް ކްރިސްއަށް ސަޕްރައިޒް އެކެވެ.

ކޯޓްނީ އާއި ކްރިސް އަދި ކޯޓްނީއާއި ކިމްގެ ދަރިން އެލެން ޝޯގައި

ކިމް އާއި ކާންޔޭގެ ހަތަރުވަނަ ދަރުފުޅު ވެސް ސަރޮގެޓެއް މެދުވެރިކޮށް ހޯދަން ނިންމި ސަބަބަކީ އޭނާ ބަލިވެ އިނުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ޑޮކްޓަރުން ލަފާ ދީފައިވާތީއެވެ.

ކިމް އާއި ކާންޔޭގެ ހަތަރުވަނަ ދަރިފުޅަކީ ފިރިހެން ކުއްޖެއްކަން އޭނާ ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. އަދި މޭ މަހުގެ މެދުތެރޭ ދަރިފުޅު ދުނިޔެއަށް އަންނާނެކަން އޭޕްރިލް ފަހު ކޮޅު އޭނާ އިއުލާން ކުރިއެވެ.

ކިމް އާއި ކާންޔޭގެ މިހާރު ތިބެނީ، ފަސް އަހަރުގެ ނޯތު، ތިން އަހަރުގެ ސެއިންޓް އާއި އެއް އަހަރުގެ ޝިކާގޯއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2018

ކިމް ކާޑޭޝިއަންގެ ތިންވަނަ ދަރިފުޅުގެ ފޮޓޯ ފުރަތަމަ ފަހަރަށް ދައްކާލައިފި

27 ފެބުރުއަރީ 2018
ކިމް ކާޑޭޝިއަންގެ  ތިންވަނަ ދަރިފުޅުގެ ފޮޓޯ ފުރަތަމަ ފަހަރަށް ދައްކާލައިފި
27 ޖެނުއަރީ 2018

ކިމް ކާޑޭޝިއަން ހަތަރުވަނަ ދަރިއަކު ހޯދަން މަސައްކަތްކުރާ ވާހަކަ ދޮގުކޮށްފި

27 ޖެނުއަރީ 2018
ކިމް ކާޑޭޝިއަން ހަތަރުވަނަ ދަރިއަކު ހޯދަން މަސައްކަތްކުރާ ވާހަކަ ދޮގުކޮށްފި
22 ޖެނުއަރީ 2018

ކިތަންމެ މިލިއަން ޑޮލަރެއް ހުށަހެޅިއަސް ދަރިފުޅު ޝިކާގޯގެ ފޮޓޯއެއް ނުވިއްކާނަން: ކިމް އާއި ކާންޔޭ

22 ޖެނުއަރީ 2018
ކިތަންމެ މިލިއަން ޑޮލަރެއް ހުށަހެޅިއަސް ދަރިފުޅު ޝިކާގޯގެ ފޮޓޯއެއް ނުވިއްކާނަން: ކިމް އާއި ކާންޔޭ
17 ޖެނުއަރީ 2018

ކިމް ކާޑޭޝިއަން އަށް ތިންވަނަ ދަރިފުޅު ލިބިއްޖެ

17 ޖެނުއަރީ 2018
ކިމް ކާޑޭޝިއަން އަށް ތިންވަނަ ދަރިފުޅު ލިބިއްޖެ
04 ޖެނުއަރީ 2018

ކްލޯއީ ކާޑޭޝިއަންގެ ބަނޑަށް 6 މަސް، ހުރީ ވަރަށް އުފަލުން

04 ޖެނުއަރީ 2018
ކްލޯއީ ކާޑޭޝިއަންގެ ބަނޑަށް 6 މަސް، ހުރީ ވަރަށް އުފަލުން
04 ޖެނުއަރީ 2018

ކިމް ކާޑޭޝިއަން ދެން އަގުބޮޑު ގަހަނާތަކެއް ގޭގައި ނުބަހައްޓާނެ

04 ޖެނުއަރީ 2018
ކިމް ކާޑޭޝިއަން ދެން އަގުބޮޑު ގަހަނާތަކެއް ގޭގައި ނުބަހައްޓާނެ
03 ޖެނުއަރީ 2018

ދަރިފުޅު ބަލިވެ، ކިމް ކާޑޭޝިއަން 2017 ނިންމާލީ ހޮސްޕިޓަލުގައި

03 ޖެނުއަރީ 2018
ދަރިފުޅު ބަލިވެ، ކިމް ކާޑޭޝިއަން 2017 ނިންމާލީ ހޮސްޕިޓަލުގައި
28 ސެޕްޓެމްބަރު 2017

ކާޑޭޝިއަން އާއިލާ ބޮޑުވަނީ: އަންނަ އަހަރު ކިމް، ކްލޯއީ އަދި ކައިލީއަށް ކުދިން ލިބެނީ؟

28 ސެޕްޓެމްބަރު 2017
ކާޑޭޝިއަން އާއިލާ ބޮޑުވަނީ: އަންނަ އަހަރު ކިމް، ކްލޯއީ އަދި ކައިލީއަށް ކުދިން ލިބެނީ؟
27 ސެޕްޓެމްބަރު 2017

ކިމްއަށް ދިމާވި ފޭރުމުގެ ހާދިސާއަށް ފަހު ފުރަތަމަ ފަހަރަށް ކޯޓްނީ ޕެރިހަށް

27 ސެޕްޓެމްބަރު 2017
ކިމްއަށް ދިމާވި ފޭރުމުގެ ހާދިސާއަށް ފަހު ފުރަތަމަ ފަހަރަށް ކޯޓްނީ ޕެރިހަށް
20 މާރިޗު 2017

ހަމަލާ ދިން މީހުން ރޭޕް ކޮށްފާނެކަމުގެ ބިރު ގަތް، ސަލާމަތްވާނެ ގޮތެއް ނެތް: ކިމް ކާޑޭޝިއަން

20 މާރިޗު 2017
ހަމަލާ ދިން މީހުން ރޭޕް ކޮށްފާނެކަމުގެ ބިރު ގަތް، ސަލާމަތްވާނެ ގޮތެއް ނެތް: ކިމް ކާޑޭޝިއަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް