Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުކުރު ޚުތުބާ

ރޯދަ މަސް އެމީހަކާ ބައްދަލުވެ އޭގެ ބޭނުން ހެޔޮ ގޮތުގައި ނުހިފުނު މީހާއަކީ އަބާއްޖަވެރިއެއް: ޚުތުބާ

ޤުރުއާން ބާއްވައިލެއްވުނީ ރަމަޟާން މަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 މެއި 2019 | ހުކުރު 08:19
ހުކުރު ނަމާދު ވަގުތު، އިސްލާމީ މަރުކަޒު

ހުކުރު ނަމާދު ވަގުތު، އިސްލާމީ މަރުކަޒު

ރޯދަ މަސް އެމީހަކާ ބައްދަލުވެ އޭގެ ބޭނުން ހެއު ގޮތުގައި ނުހިފިއްޖެ މީހާއަކީ އަބާއްޖަވެރިއެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ރަމަޝާން މަހަކީ އީމާންކަމާއި ހެޔޮ އަމަލުގެ މައްސަރު" މި މައުޟޫގެ މައްޗަށް ބިނާކޮށް މިއަދު ރާއްޖޭގެ ކަންކޮޅުތަކުގެ މިސްކިތްތަކުގައި ދިން ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ޚުތުބާގައި ބުނީ، ރަމަޟާން މަހަކީ މާތްވެގެންވާ މަހެއް ކަމަށާއި، އެމަހުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަން ޖެހޭނެ ކަމަށެވެ. އެގޮތުން ރަމަޟާން މަހުގައި ޤުރުއާން ބާއްވައިލެއްވުންވެސް މި މަހުގެ މާތްކަން ދެނެގަތުމަށް ފުދޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި އިތުރަށް ބުނީ، މި މަހުގެ ދަރުމައާއި ޘަވާބު އެންމެ ފުރިހަމައަށް ހާސިލު ކުރުމަށްޓަކައި އެއް ބަޔަކު އަނެއް ބަޔަކަށް ބާރު އަޅައި އެހީތެރިވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

"ރަމަޟާން މަހުގެ ދުވަސްތައް ހެއު ގޮތުގައި ހޭދަކުރުމުގައި އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވާން ޖެހޭނެ، ވެރިން ރައްޔިތުންނަށް، މަސްއޫލުވެރިން އެމީހުންގެ މުވައްޒަފުންނަށް، މުދައްރިސުން ދަރިވަރުންނަށް، ކަންތައްތައް ރާވާ ހިނދު ނަމާދު ވަގުތުތައް ފާއިތުނުވާނެ ގޮތަށް އެކަންތައްތައް ރާވާން ޖެހޭނެ، ފަރުޟު ނަމާދު އޭގެ ވަގުތުގައި އަދާ ކުރުމަށް އެއް ބަޔަކު އަނެއް ބަޔަކަށް ވާގިވެރިވާންޖެހޭނެ." ޚުތުބާގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، ރޯދަ މަހުގެ އެންމެ މަތިވެރި ނިއުމަތަކީ ލައިލަތުލްޤަދުރި ވިލޭރެ ކަމަށާއި، އިހުލާސްތެރިކަމާއެކު ޘަވާބާއި ދަރުމައަށް އެދިގެން ރަމަޟާން މަހުގެ ރޭތަކުގައި އަޅުކަން ކޮށްފިނަމަ އެމީހެއްގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވާނެ ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

"ރަސޫލާ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. " އީމާންކަމާއެކު ﷲ ގެ ހަޟްރަތުން ޘަވާބާއި ދަރުމަ އެދޭ ހާލު ރަމަޟާން މަހުގެ ރޭތަކުގައި އަޅުކަންކޮށްފި މީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވާ ދެއްވާނެތެވެ" ޚުތުބާގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، ހެއު އަމަލު ކުރުން ގިނަ ކުރުމާއި، ރޭއަޅުކަން ކުރުން ގިނަ ކުރުމަކީވެސް ރޯދަ މަހުގެ ޘަވާބު ހާސިލު ކުރުމަށް ކުރެވިދާނެ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު