Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުމާލެ އެކްސިޑެންޓް

އެމްޓީސީސީގެ ބަހަކުން ޖެހި ކާރަކަށް ބޮޑެތި ގެއްލުންތަކެއް

9 މެއި 2019 | ބުރާސްފަތި 14:43

ޑްރައިވަރު އިނީ ނިދިފައި

އަލީ ސަމާޚް
އަލީ ސަމާޚް | 9 މެއި 2019 | ބުރާސްފަތި 14:43
އެމްޓީސީސީ ބަހުން ޖެހުނު ކާރު

އެމްޓީސީސީ ބަހުން ޖެހުނު ކާރު

ހުޅުމާލޭ ތިން ވަނަ ފްލެޓް ކައިރި ޕާކް ކޮށްފައި އޮތް ކާރެއްގައި އެމްޓީސީސީގެ ބަހަކުން ޖެހި އެ ކާރު ބޭނުން ނުކުރެވޭ ވަރަށް ހަލާކު ވެއްޖެއެވެ.

ކާރު ޑްރައިވަރު އަލީ އަފްރާޒް ބުނީ، މެންދުރު 14:20 އެހާކަށް ހާއިރު ދަރިފުޅު ސްކޫލުން ގޮވައިގެން ގޮސް ކާރު ޕާކް ކޮށްފައި ކާރުން ފައިބާން އުޅެނިކޮށް ކުއްލިޔަކަށް އައިސް ބަހަކުން ޖެހުނުކަން އެނގުނު ކަމަށެވެ.

Advertisement - newsAdvertisement

ބަސް ކާރުގައި ޖެހުމާއެކު އެ ކާރު ގޮސް ޖެހުނީ ކުރިމަތީ ގައި ޕާކް ކޮށްފައި އޮތް ޕިކަޕެއްގައި ކަމަށް އޭނާ ބުންޏެވެ.

އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށާއި، ބަހުގައި ހުރި ޑްރައިވަރު ''ނިދިޖެހުނީ'' ކަމަށް ބަސް ދުއްވި ޑްރައިވަރު ބުނެފައިވާ ކަމަށް އަލީ ބުންޏެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެފަދަ މައްސަލައެއް ހުށަހެޅިފައި ނުވާ ކަމަށެވެ.

މި ހަފްތާގެ ހޯމަ ދުވަހު އެމްޓީސީސިގެ ބަހެއް އެކްސިޑެންޓްވެ ހިނގާފައި ދިޔަ ޔޫކްރެއިން މީހަކު ވަނީ މަރުވެފައެވެ. އެ ހާދިސާވެސް ހިނގާފައިވަނީ ބަސް ޑްރައިވަރަށް ނިދިގެން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެމްޓީސީސީގެ ބަސްތައް ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވާކަމުގެ ޝަކުވާތައް ދަނީ ދުވަހެއް ދުވަހަށް ބޮޑުވަމުންނެވެ. އަދި ބްރިޖުގައި ބަސް ދުއްވާ އިރު ބާރު ސްޕީޑުގައި ނުރައްކާތެރި ގޮތްގޮތަށް ބަސް ދުއްވާ މައްސަލާގައި ސޯޝަލް މީޑިއާގައި ޑްރައިވަރުންނަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައި ވެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ބަހަށް އެރި މީހަކު ރަނގަޅަށް ހަމަޖެހި ނުލަނީސް ބަސް ދުއްވާލުމުގެ ސަބަބުން އޭނާ ވެއްޓި އަނިޔާވި މައްސަލައެއް ވެސް ފެންމަތިވެފައި ވެއެވެ. އެ ފާޑުކިޔުންތަކާ ގުޅިގެން މިދިޔަ ހަފުތާގެ ތެރޭގައި ވެސް އެމްޓީސީސީން ބުނެފައި ވަނީ ގަވާއިދާ ހިލާފުވާ ޑްރައިވަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ހިންމަފުށީ ގެއަށް އެރީ ގިރިފުށިން ޖެހި ވަޒަނެއް ނޫން: އެމްއެންޑީއެފް

05 ފެބުރުއަރީ 2017
ހިންމަފުށީ ގެއަށް އެރީ ގިރިފުށިން ޖެހި ވަޒަނެއް ނޫން: އެމްއެންޑީއެފް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
14 ޖެނުއަރީ 2017

ޖަންކްޝަންތައް މައްސަލަޖެހި، ނަޖިސް ބޭރުވަނީ

14 ޖެނުއަރީ 2017
ޖަންކްޝަންތައް މައްސަލަޖެހި، ނަޖިސް ބޭރުވަނީ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް