Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރޯދަ ބާޒާރު

ކަރާ އަދި މިރުސް ލިބުން ދަތިވާ ކަމަށް ވިޔަފާރިވެރިން ބުނެފި

ކުރިއަތް އޮތް 10 ވަރަކަށް ދުވަސް ތެރޭގައި ކަރާގެ އަގު ހެޔޮވެގެންދާނެ ކަމަށް ވިޔަފާރިވެރިން ލަފާކުރޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 6 މެއި 2019 | ހޯމަ 16:45
ތޮއްޑޫގެ ކަރާ ދަނޑެއް

ތޮއްޑޫގެ ކަރާ ދަނޑެއް

ރޯދަމަސް ފެށުމަށް ދެ ދުވަހަށް ވެފައިވަނިކޮށް މިރުހުގެ އަގާއި ކަރާގެ އަގު ވަނީ ވަރަށް މައްޗަށް އުފުލިގެން ގޮސްފައެވެ.

އެގޮތުން ކަނޑުދޫ މިރުސް ކިލޯއެއްގެ އަގު 1000ރ. އަށް ލިބެން ހުރިއިރު ކަރާ ކިލޯއެއްގެ އަގު ވަނީ 45ރ. އަށް އުފުލިފައެވެ. ވިޔަފާރިވެރިން ބުނަނީ މި ދުވަސްކޮޅު އެންމެ ދަތި ވަނީ ކަރާ އަދި މިރުސް ލިބުމަށް ކަމަށެވެ.

"މިހާރު އެންމެ ދަތިވަނީ މިރުސް އަދި ކަރާ ހޯދަން، މިރުސްވާ އެއްޗަކީ ހޫނު ގަދަވުމުން މާތައް މަރުވުމުން މިހާރު މިރުސް ނުލިބެނީ،" ވިޔަފާރިވެރިއަކު ބުންޏެވެ.

މާރުކޭޓުގައި ލުނބޯ ކިލޯއެއް 40ރ. ލިބެންހުރިއިރު އަލަނާސިގަނޑެއް ލިބެންހުރީ 50ރ. އަށެވެ. އަދި ކިއުކަންބާ ކިލޯއެއް 45ރ. ލިބެންހުރިއިރު އަންނާރު 65ރ. އަށް ކިލޯއެވެ. މީގެ އިތުރުން މާރުކެޓުގައި އަނބު އަދި ބީންސް ވަރަށް އަގު ބޮޑެވެ. އަނބު އަދި ބީންސް ވެސް ލިބެން ހުރީ ކިލޯއެއް 75ރ. އަށެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހަށްވުމާ އެކު މާރުކޭޓު ވަނީ ތޮއްޖެހިފައެވެ. މިދިޔަ ރޯދަ މަހާ އަޅާބަލާއިރު މި ރޯދަ މަހު މާރުކޭޓުން ވިއްކަން ހުރި ގިނަ ބާވަތްތަކުގެ އަގު ބޮޑެވެ.

ރޯދަމަހާ ދިމާކޮށް ތަކެތީގެ އަގު އިންތިހާ އަށް ބޮޑުވެފައިވާ އިރު ބައެއް ތަކެތީގެ އަގު ބޮޑެވެފައި ވަނީ ބާޒާރުގައި އެތަކެތި މަދުވުމުން ކަމަށް ވިޔަފާރިވެރިން ބުނެއެވެ. އަނެއް ބައި ތަކެތި ބާޒާރުގައި ގިނަ ނަމަވެސް ރޯދަ މަހާ އެކު ތަކެއްޗަށް އޮތް ޑިމާންޑް އުފުލުމުން އަގުތައް ވަނީ ބޮޑުކޮށްފައެވެ.

ކުރިއަތް އޮތް 10 ވަރަކަށް ދުވަސް ތެރޭގައި ކަރާގެ އަގު ހެޔޮވެގެންދާނެ ކަމަށް ވިޔަފާރިވެރިން ވަނީ ލަފާކޮށްފައެވެ.

އިތުރަށް ކިޔާލަން

12 ޖުލައި 2017

ޓީޓީއެމް އަކީ ފަތުރުވެރިކަމުގެ ދައިރާގެ ވިޔަފާރިތަށް އިޝްތިހާރު ކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް: ވިޔަފާރިވެރިން

12 ޖުލައި 2017
ޓީޓީއެމް އަކީ ފަތުރުވެރިކަމުގެ ދައިރާގެ ވިޔަފާރިތަށް އިޝްތިހާރު ކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް: ވިޔަފާރިވެރިން
24 ޖޫން 2017

ކަރާ ކިލޯއެއްގެ އަގު 80ރ. އަށް އަރައިފި

24 ޖޫން 2017
ކަރާ ކިލޯއެއްގެ އަގު 80ރ. އަށް އަރައިފި
21 ޖޫން 2017

މާރުކޭޓުގައި މެލަން ތިޔާގި، ކަރާ ލިބެން ހުރީ ވަރަށް މަދުން!

21 ޖޫން 2017
މާރުކޭޓުގައި މެލަން ތިޔާގި، ކަރާ ލިބެން ހުރީ ވަރަށް މަދުން!
20 ޖޫން 2017

މުޅި މާރުކޭޓުގައި ކަނޑޫދޫ މިރުސް!

20 ޖޫން 2017
މުޅި މާރުކޭޓުގައި ކަނޑޫދޫ މިރުސް!
17 ޖޫން 2017

ކަރާގެ އަގު އިތުރަށް މައްޗަށް، މަހުގެ އަގުވެސް އުފުލިއްޖެ

17 ޖޫން 2017
ކަރާގެ އަގު އިތުރަށް މައްޗަށް، މަހުގެ އަގުވެސް އުފުލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު