Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒިކުރާ މިސްކިތް

ޒިކުރާ މިސްކިތް ހަދަން ހަވާލުކުރި ކުންފުންޏަށް ނޯޓިސް ދީފި

5 މެއި 2019 | އާދީއްތަ 17:58

މަޝްރޫއު އަލުން ކުރިޔަށް ގެންދާނީ ހާމަކަން ބޮޑު ގޮތެއްގައި

އަލީ ސަމާޚް
އަލީ ސަމާޚް | 5 މެއި 2019 | އާދީއްތަ 17:58
ޒިކްރާ މިސްކިތް

ޒިކްރާ މިސްކިތް

މަޖީދީ މަގުގައި ހުންނަ ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތް އަޅަން ހަވާލުކުރި ކުންފުނީގެ މަސައްކަތް ހުއްޓާލުމަށް އެ ކުންފުންޏަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޒިކްރާ މިސްކިތް އަލުން އިމާރާތް ކޮށް އެތަނުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލު ކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުއެވެ.

Advertisement - newsAdvertisement

އެ މިސްކިތް އިމާރާތް ކުރުމުގެ މަޝްރޫއު އަށް 130 މިލިއަން ރުފިޔާ އަރާނެ ކަމަށް އޭރުގެ ސަރުކާރުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވަނީ ސަރުކާރުންނެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ރާއްޖެއެމްވީ އަށް ވިދާޅުވީ، އެސްޖޭ ކުންފުންޏަށް ޒިކުރާ މިސްކިތް އިމާރާތް ކުރަން ދީފައިވާ މުއްދަތަށް އެ މަސައްކަތް ނިމިފައި ނުވާ ކަމަށެވެ. އެހެންކަމުން އެތަން ހުސްކޮށް ދިނުމަށް ސަރުކާރުން 30 ދުވަހުގެ ނޯޓިސްއެއް އެ ކުންފުޏްނަށް ދީފައިވާ ކަމަށެވެ.

''އެންމެ ބޮޑު އެއް ޕްރޮޖެކްޓަކަށް އޮތީ ޒިކުރާ މިސްކިތުގައި އެހުރި ބިމުގައި އިމާރާތެއް ކުރުމަށްޓަކައި ބަޔަކާ ހަވާލުކޮށްގެން ދިޔަ ޕްރޮޖެކްޓެއް. އޭގެ ކޮންޓެރްކްޓަރ ގޮތަށް ޓާމިނޭޓް ކުރަން އަޅުގަނޑުމެން މިހާރު ވަނީ 30 ދުވަހުގެ ނޯޓިސްއެއް ދީފައި. އެހެންވީމަ 30 ދުވަސް ނޯޓިސް ހަމަވީމަ އެ ޓާމިނޭޝަން ޕްރޮސެސް އެގޮތަށް ގެންދިޔުމަށް މިނިސްޓްރީން ނިންމާފައި މި ވަނީ،'' ޝާފިއު ވިދާޅުވިއެވެ.

އެ މަޝްރޫއު އެހެން ބަޔަކާ ހަވާލު ކުރަނީ ބިޑަށް ހުޅުވާލައިގެން، ހާމަ ގޮތެއްގައި ކަމަށް ޝާފިއު ވިދާޅުވިއެވެ. ކުރީގެ ސަރުކާރުން އެޑްވާންސަށް ދީފައިވާ 30 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ޝާފިއު ވަނީ ދެއްވާފައެވެ.

ޒިކުރާ މިސްކިތް ހުރި ސަރަހައްދުގައި މިސްކިތާ އެކު އޮފީސް އިމާރާތްތައް ވެސް ހިމެނޭ ގޮތަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ. މިސްކިތުގެ ގޮތުގައި ބޭނުންކުރާނީ އިމާރާތުގެ ފުރަތަމަ ތިން ބުރިއެވެ.

މަޝްރޫއު ހަވާލުކުރި ރަސްމިއްޔާތުގައި އޭރުގެ އިސްލާމިކް މިނިސްޓަރު ވިދާޅުވެފައި ވަނީ މި ރޯދަ މަހު ނަމާދުކުރެވޭ ވަރަށް އިމާރާތުގެ ތިން ބުރި ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ސޮއިކުރިތާ އަހަރެއް ވީއިރު އެ ތަނުގައި މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި އެ މަސައްކަތް ފަށައިނުގަނެވި ލަސްވެގެން ދިޔައީ އެ ބިމުގެ ރަޖިސްޓްރީގެ މައްސަލަތަކަކާ ގުޅިގެންނެވެ. އަދި އެ ބިމުގައި ސްޓެލްކޯގެ 50 ވަރަކަށް ޑިސްޓްރިބިއުޝަން ފޮށި ހުރުމަކީ ވެސް އެ މަސައްކަތް ފެށުމަށް ކުރިމަތިވި ހުރަހެއް ކަމަށް އެނގިފައި ވެއެވެ. އެ މަޝްރޫއު އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ 25 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ޒިކުރާ މިސްކިތަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އަބްދުﷲ ޔާމީންގެ ބައްޕާފުޅު އަބްދުލްގައްޔޫމް ސީދީގެ ހަނދާނުގައި 1980ގެ އަހަރުތަކުގެ ކުރީކޮޅު އިމާރާތްކުރި މިސްކިތެކެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

03 މާރިޗު 2017

ކަންބޮޑުވަނީ ފ. އަތޮޅަށް ހަދަން އުޅޭ ގޮތުގެ ހަޤީގަތް ސާފުކޮށް ނުދޭތީ: މަގޫދޫ ކައުންސިލަރ

03 މާރިޗު 2017
ކަންބޮޑުވަނީ ފ. އަތޮޅަށް ހަދަން އުޅޭ ގޮތުގެ ހަޤީގަތް ސާފުކޮށް ނުދޭތީ: މަގޫދޫ ކައުންސިލަރ
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
26 ފެބުރުއަރީ 2017

ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!

26 ފެބުރުއަރީ 2017
ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!
21 ފެބުރުއަރީ 2017

ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި

21 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި
14 ފެބުރުއަރީ 2017

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު
07 ފެބުރުއަރީ 2017

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް