Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުތުތިބޯވަދިލަމަސް

މިފްކޯއިން ތުތިބޯވަދިލަމަސް މާކެޓަށް ނެރެފި

މިފްކޯއަށް ތުތިބޯވަދިލަމަސް ކިލޯއެއް ގަންނަނީ 180ރ. އަށް

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 4 މެއި 2019 | ހޮނިހިރު 14:04
ތުތިބޯވަދިލަމަސް (ޑައިމެންޑް ބެކް ސްކުއިޑް)

ތުތިބޯވަދިލަމަސް (ޑައިމެންޑް ބެކް ސްކުއިޑް)

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ޑައިމެންޑް ބެކް ސްކުއިޑް (ތުތި ބޯވަދިލަމަސް) ރާއްޖޭގެ މާކެޓަށް ނެރެފިއެވެ.

ތުތިބޯވަދިލަމަސް މާކެޓަށް ނެރުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއީލު ފައުޒީ ވިދާޅުވީ ތުތިބޯވަދިލަމަހަކީ ރާއްޖޭގެ ކަނޑުތަކުން އެންމެ ތާޒާކޮށް ބާނައިގެން ގެންނަ މަސް ކަމަށާއި މިހާރު 800 ކިލޯ މަސް މިފްކޯއަށް ގެނެސްފައިވާ ކަމަށެވެ.

ކުރިއަށް އޮތްތަނުގައި ތުތިބޯވަ ދިލަމަސް މިއަށް ވުރެން ރަނގަޅު އަގެއްގައި ރައްޔިތުނަށް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށް ފައުޒީ ވިދާޅުވިއެވެ. އަދި މި މަހަށް ޑިމާންޑް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ މިހާރު ވެސް މާކެޓްގައި ރާއްޖެއިން ބޭރުން އެތެރެ ކޮށްފައިވާ މަސް އެބަހުރި ކަމަށާއި ނަމަވެސް އެ އަށް ވުރެން މާ ތާޒާކޮށް ކަސްޓަމަރުންނަށް މިފްކޯ އިން މިމަސް ފޯރުކޮށްދެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ބަލާނަން އަޅުގަނޑުމެންނަށް ލިބޭ ކުއަންޓިޓީއަށް ބޭސްކޮށްފައި. އިތުރުވާވަރަށް މަސް ލިބޭ ކަމުގައި ވަނީނަމަ މިމަސް ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމުގެ ވިސްނުން އެބަ ގެންގުޅެން. މާލޭ އޭރިޔާގައި މިފްކޯގެ ދެ ފިހާރަ އެބަހުރި އެއީ ހުޅުމާލެ އާއި މާލޭގައި. މި ދެ ފިހާރައިން ވެސް މި މަސް ގަންނަން ލިބޭނެ،" ފައުޒީ ވިދާޅުވިއެވެ.

ތުތިބޯވަދިލަމަސް މާކެޓަށް ތައާރަފްކޮށްދެއްވީ މިފްކޯގެ މަސްފިހާރައިގައި ހޮނިހިރު ދުވަހު ބޭއްވި ހަފްލާއެއްގައި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދެވެ. ދިވެހި މަސްވެރިންގެ އަތުން މިފްކޯއަށް ތުތިބޯވަދިލަމަސް ކިލޯއެއް ގަންނަނީ 180ރ. އަށެވެ. މިފްކޯއިން ކުރިއަށްގެންދާ ޕްރޮމޯޝަނަލް އިވެންޓްތަކުގައި ބޯވަ ދިލަމަހުން ތައްޔާރުކުރެވޭ ރެސިޕީތަކެއް ހިމެނުމަށް ގަސްތުކޮށްފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. ތުތިބޯވަދިލަމަހެއްގެ ބަރުދަނުގައި 16 ލިލޯއާއި 18 ކިލޯހުރެއެވެ.

މިފްކޯއިން ތުތިބޯވަދިލަ މަހުގެ އެކި ބައިތައް ވިއްކަނީ އެކި އަގުގައވެެ. އެ ގޮތުން އަގުތައް އުޅެނީ ކިލޯއެއް 160ރ. އާއި 250ރ. އަދި 250ގ. ކަޓްޕީސް 75.50ރ. ގައެވެ.

ޑައިމެންޑް ބެކް ސްކުއިޑްގެ (ތުތި ބޯވަދިލަމަސް) މަސްވެރިކަން ދިވެހި ރާއްޖެ އަށް ތަޢާރަފްކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދެއްގެ ތެތޭގައި ހިމެނޭ ވައުދެކެވެ. ސަރުކާރުން ވަނީ ފާއިތުވި ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި އެ ކަމަށްޓަކައި މަސްވެރިންނަށް ތަފާތު ތަމްރީން ޕްރޮގްރާމްތައް ހިންގައި ވަސީލަތްތައް ވެސް ފޯރުކޮށްދީފައެވެ. ބައެއް ފަރާތްތަކުން ވަނީ މި މަސައްކަތް މިހާރު ކުރަން ފަށާފައެވެ.

އިތުރަށް ކިޔާލަން

12 މެއި 2018

ރޯލްސް ރޮއިސްއިން އެސްޔޫވީ އިން ބާޒާރަށް ނެރެފި

12 މެއި 2018
ރޯލްސް ރޮއިސްއިން އެސްޔޫވީ އިން ބާޒާރަށް ނެރެފި
08 މާރިޗު 2018

މޯލްޑިވްސް ބިޒްނަސް ރިވިއުގެ ނަމުގައި އޮންލައިން މަޖައްލާއެއް ނެރެފި

08 މާރިޗު 2018
މޯލްޑިވްސް ބިޒްނަސް ރިވިއުގެ ނަމުގައި އޮންލައިން މަޖައްލާއެއް ނެރެފި
26 ފެބުރުއަރީ 2018

ސެމްސަންގް ގެލެކްސީ އެސް 9 ބާޒާރަށް ނެރެފި

26 ފެބުރުއަރީ 2018
ސެމްސަންގް ގެލެކްސީ އެސް 9 ބާޒާރަށް ނެރެފި
30 ޖެނުއަރީ 2018

ކެޕިޓަލް މާރކެޓް ރިވިއުގެ ނަމުގައި ފޮތެއް ނެރެފި

30 ޖެނުއަރީ 2018
ކެޕިޓަލް މާރކެޓް ރިވިއުގެ ނަމުގައި ފޮތެއް ނެރެފި
23 ނޮވެމްބަރު 2017

ސީޕްލޭން އޮޕަރޭޓް ކުރުމަށް އިތުރު ކުންފުންޏެއް ރާއްޖޭގެ މާކެޓަށް ވަންނަނީ

23 ނޮވެމްބަރު 2017
ސީޕްލޭން އޮޕަރޭޓް ކުރުމަށް އިތުރު ކުންފުންޏެއް ރާއްޖޭގެ މާކެޓަށް ވަންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު