Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕައުލް ޕޮގްބާ

ޔުނައިޓެޑުން ބޭނުންވަނީ 160 މިލިއަން ޕައުންޑަށް ވުރެ އަގުބޮޑުކޮށް ޕޮގްބާ ވިއްކާލަން

4 މެއި 2019 | ހޮނިހިރު 11:40

ޕޮގްބާގެ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރު

ލީވާން އަލީ
ލީވާން އަލީ | 4 މެއި 2019 | ހޮނިހިރު 11:40
ޕައުލް ޕޮގްބާ

ޕައުލް ޕޮގްބާ

މެންޗެސްޓާ ޔުނައިޓެޑުން ބޭނުންވަނީ 160 މިލިއަން ޕައުންޑަށް ވުރެ އަގުބޮޑުކޮށް އެ ކްލަބަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފިލްޑަރ ޕައުލް ޕޮގްބާ ވިއްކާލަން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑެއިލީ މެއިލްއިން ބުނީ، ޕޮގްބާ ބަހައްޓަން ޔުނައިޓެޑުން ބޭނުންވާ ކަމަށާއި، ނަމަވެސް އޭނާ ގަންނަން 160 މިލިއަން ޕައުންޑަށް ވުރެ ބޮޑު ހުށެހެޅުމެއް އައިސްފި ނަމަ، އެ ހުށަހެޅުމެއް ބަލައިގަންނަން ކްލަބުން ނިންމާފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިދިޔަ ސީޒަނުގައި ޔުނައިޓެޑް ދޫކޮށް ބާސެލޯނާއަށް ބަދަލުވާން ޕޮގްބާ ބޭނުންވި ކަމަށާއި، ނަމަވެސް ކުރިޔަށް އޮތް ޓްރާންސްފާގައި އޭނާ ބޭނުންވަނީ ރެއާލް މެޑްރިޑަށް ބަދަލުވާން ކަމަށެވެ.

ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޕޮގްބާގެ ސޮއި ހޯދުމަށް ރެއާލް އާއި ޔުވަންޓަސްގެ އިތުރުން ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ބާސެލޯނާ ވެސް ހިމެނެއެވެ.

ޔުނައިޓެޑާ އެކު ޕޮގްބާ ހާދާފައިވާ އެއްބަސްވުން 2021 ވަނަ އަހަރު ހަމަވާ އިރު، އޭނާ އަށް މިހާރު ލިބެނީ ހަފްތާ އަކު 290،000 ޕައުންޑެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޔުނައިޓެޑާ އެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުން ހަމަވަންދެން އޭނާ އެ ކްލަބުގައި މަޑުކުރާނެއެވެ. ނަމަވެސް މިކަން އަދި ކަށަވަރެއް ނުވެއެވެ.

ޔުނައިޓެޑުން 2010 ވަނަ އަހަރު ކެރިޔަރު ފެށި އުމުރުން 25 އަހަރުގެ ޕޮގްބާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅުނު 133 މެޗުގައި 31 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެ ޓީމާ އެކު ލީގް ކަޕް އަދި ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފައެވެ.

ޕޮގްބާ ވަނީ ޔުވަންޓަސް އަށް ވެސް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އޭނާ ވަނީ އެ ޓީމަށް ކުޅުނު 178 މެޗުގައި 34 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން، އެ ޓީމާ އެކު އިޓާލިއަން ލީގު ހަތަރު ފަހަރު، ކޮޕާ އިޓާލިއާ ދެ ފަހަރު އަދި އިޓާލިއަން ސުޕާކަޕް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.

ފްރާންސާ އެކު 2013 ވަނަ އަހަރު 20 އަހަރުން ދަށުގެ ވޯލްޑްކަޕް އަދި މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޕޮގްބާ ވަނީ ސީނިއާ ޓީމުގައި ހިމެނި 66 މެޗު ކުޅެ 10 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ގްރީޒްމަން ދެން ފެނުން އެންމެ ގާތީ ޔުނައިޓެޑުން: ޕެޓިޓް

24 ފެބުރުއަރީ 2017
ގްރީޒްމަން ދެން ފެނުން އެންމެ ގާތީ ޔުނައިޓެޑުން: ޕެޓިޓް
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
20 ޖެނުއަރީ 2017

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
11 ޖެނުއަރީ 2017

ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ

11 ޖެނުއަރީ 2017
ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް