Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ- ޕާކިސްތާން

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ރާއްޖެ އާއި ލަންކާއަށް ކުރައްވަން އުޅުއްވި ދަތުރުފުޅު ކެންސަލް

4 މެއި 2019 | ހޮނިހިރު 07:53

އެންމެ ފުރަތަމަ ވަޑައިގަންނަވަން އުޅުއްވީ ރާއްޖެއަށް، އެއަށްފަހު ލަންކާއަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 4 މެއި 2019 | ހޮނިހިރު 07:53
ޕާކިސްތާނުގެ ފޮރިން މިނިސްޓަރ ޝާހް މަހުމޫދު ގުރައިޝީ

ޕާކިސްތާނުގެ ފޮރިން މިނިސްޓަރ ޝާހް މަހުމޫދު ގުރައިޝީ

ޕާކިސްތާނުގެ ފޮރިން މިނިސްޓަރ ޝާހް މަހުމޫދު ގުރައިޝީ ރާއްޖެ އާއި ލަންކާއަށް ކުރައްވަން ނިންމެވި ދަތުރުފުޅު، ސަލާމަތީ ސަބަބުތަކަށްޓަކާ ކެންސަލް ކުރައްވައިފިއެވެ.

ޕާކިސްތާނުގެ ނޫސްތަކުގައި ވާ ގޮތުން ގުރައިޝީ ރާއްޖެއަށް ކުރައްވަން އުޅުއްވީ އެއް ދުވަހު ދަތުރުފުޅެކެވެ. ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގެންނެވުމަށްފަހު، ލަންކާއަށް ހުކުރު ދުވަހު ވަޑައިގެންނެވުމަށް އޮތީ ހަމަޖެހިފައެވެ. ނަމަވެސް މިދިޔަ މަހުގެ 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓު ހަމަލާތަކާ ގުޅިގެން ދަތުރު ކެންސަލް ކުރެއްވީ ކަމަށް ނޫސްތަކުގައިވެއެވެ.

Advertisement - newsAdvertisement

ގުރައިޝީ ރާއްޖެ ވަޑައިގަންނަވަން އޮތް ދަތުރު ކެންސަލް ކުރެއްވި އިރު މި މަހުގެ ދެ ވަނަ ދުވަހު ލަންކާގައި ހުންނަ އެެމެރިކާގެ އެމްބަސީއިން ނެރުނު ލެވެލް ދޭއްގެ ޓްރެވަލް އެޑްވައިޒަރީގައި ބުނެފައި ވަނީ ރާއްޖެއަށް އެއްވެސް އިންޒާރަކާ ނުލާ ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

އެ ޓްރެވަލް އެޑްވައިޒަަރީގައި ވަނީ ހަމަލާދީފާނެ ކަމަށް ބެލެވޭ ތަންތަން ވެސް ހިމަނާފައެވެ. އޭގެތެރޭގައި ރާއްޖޭގެ ފިހާރަތަކާއި ސަރުކާރުގެ ވުޒާރާތަކުގެ އޮފީސްތަކާއި ރިސޯޓްތައް ފަދަ ތަންތަން އޭގައި ވަނީ ހިމަނާފައެވެ.

ރާއްޖެއަށް ނުރައްކާތެރި ހަމަލާއެއް އައިސްދާނެކަމަށްޓަކައި އިމިގްރޭޝަނުން ވަނީ ރާއްޖެއަށް އިތުރުވާ މީހުން މޮނިޓަރ ކުރުމަށް ޚާއްސަ އިސްކަމެއް ދެމުންނެވެ. އަދި ރާއްޖެއަށް އަންނަ ބޭރުގެ ފަރާތްތަކަށް ޚާއްސަ ކޮށްގެން ވިސާގެ ކަންތައްތައް ގާތުން ބަލަމުންދާ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ލަންކާއަށް ދިން ހަމަލާ އާއި ގުޅިގެން އެތައް ބަޔަކު މަރުވެފައިވާއިރު އެ ހަމަލާ ދީފައި ވަނީ ދީނީ ގޮތުން ހަރުކަށި ޖަމާއަތުގެ ބައެއް ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

އެކަމާ ގުޅޭގޮތުން މިހާތަނަށް ފޮރިން މިނިސްޓްރީން އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް