Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިމިގްރޭޝަން

ވިސާ ހަމަޖެހުނުކަން ނާންގަނީސް، ރާއްޖެ އަޔަސް އެތެރެ ނުވެވޭނެ: އިމިގްރޭޝަން

4 މެއި 2019 | ހޮނިހިރު 04:18

ތަރާވީސް ކުރަން ގެންނަ މީހުން ހާއްސަ ހުއްދަ ނަގަންޖެހޭ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 4 މެއި 2019 | ހޮނިހިރު 04:18
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވިސާ ހަމަޖެހުނުކަން އިމިގްރޭޝަނުން ނާންގަނީސް، ރާއްޖެ ދަތުރު ކުރެއްވިކަމުގައި ވިޔަސް، ރާއްޖެ އެތެރެވުމުގެ ހުއްދަ ދެވެން ނެތް ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަން ކޮންޓްރޯލަ އެގޮތަށް އިލްތިމާސް ކުރެއްވީ ރޯދަ މަހު އިމާމުވެ ތަރާވީހު ނަމާދު ކުރުމަށް ރާއްޖޭން ބޭރުން ގެންނަ ހާފިޒުން ހާއްސަ ހުއްދައެއް ނަގަން ޖެހޭ ގޮތަށް އިމިގްރޭޝަނުން ހަމަޖައްސާފައިވަނިކޮށް ކަމަށެވެ.

ހަނަފީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިސާ ހަމަޖެހުނުކަން އިމިގްރޭޝަނުން ނާންގަނީސް ރާއްޖެ ދަތުރު ކުރެއްވި ކަމުގައި ވީނަމަވެސް، ރާއްޖެ އެތެރެވުމުގެ ހުއްދަ ދެވެން ނޯންނާނެ ކަމަށާއި އެހެންކަމުން އެކަމުގައި އެންމެހާ ފަރާތްތަކުން އެއްބާރުލުން ދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އިމިގްރޭޝަނުން އިލްތިމާސްކޮށްފައި ވަނީ ބޭރުގެ ހާފިޒުންނަށް މިފަހަރު ޖަހައިދެނީ ވަކި މުއްދަތަކަށް ދޫކުރާ ހާއްސަ ވިސާއެއް ކަމަށާއި އެ ވިސާ ހޯދަން އިސްލާމިކް މިނިސްޓްރީން ހުއްދަ ބޭނުންވާނެ ކަމަށެވެ. ހާފިޒުންގެ ހުއްދައަށް އެދި ހުށަހަޅަން ޖެހޭނީ މިނިސްޓްރީ ދޫކުރާ ހުއްދައިގެ ކުލަ ކޮޕީ އާއި ޖަމިއްޔާއަކުން ހުއްދައަށް އެދޭނަމަ، އެ ޖަމިއްޔާގެ ރަޖިސްޓްރީގެ ކޮޕީއެވެ.

ރާއްޖޭން ބޭރުން ގެންނަ ހާފިޒުން ހާއްސަ ހުއްދައެއް ނަގަން ޖެހޭ ގޮތަށް ބަދަލު ކުރީ ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ރާއްޖޭގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވަނިކޮށެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް