Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުރޯދަ އާއި ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މި ދުވަސްވަރު ހަށިގަނޑަށް ގެއްލުންވާ އެއްވެސް ކަމެއްކޮށްގެން ނުވާނެ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 6 މެއި 2019 | ހޯމަ 17:40
ލޯ ކައިރިގައި މާސްކު އަޅާފައި

ލޯ ކައިރިގައި މާސްކު އަޅާފައި

ލޯކައިރި ކަޅުވުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. މި މައްސަލަތައް ދިމާވުމަށް ވަކި އުމުރެއް ނުވަތަ ވަކި ޖިންސެއް ނޯވެއެވެ. ރޯދަ މަހު ވެސް މިކަން ބޮޑުވެދާނެ އެވެ.

ލޯކައިރި ކަޅުވަނީ ކީއްވެ؟

ސިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި ލޯކައިރި ކަޅުވުމަށް މެދުވެރިވާ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. އެގެތެރޭގައި ވަރުބަލިކަން މަތީ ގިނަ ވަގުތު އުޅުމާއި، އަވީގައި އުޅުމާއި، ގިނަ ވަގުތު މަސައްކަތުގައި އުޅުމުގެ އިތުރުން ރޭގަނޑު ހޭލާ ހުރުން ހިމެނެއެވެ.

މީގެ އިތުރުން ވެސް މި ކަމަކީ އާއިލީގޮތުން ވެސް ވާރުތަވާ ކަމެކެވެ. އެގޮތުން އާއިލާގައި ލޯކައިރި ކަޅުވާ މީހަކު ހުރިނަމަ އާއިލާގައި ދެން ތިބޭ މީހުންނަށް މި މައްސަލަ ދިމާވުމުގެ ފުރުސަތު ބޮޑުވެގެން ދާކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އެންމެ ޚާއްސަގޮތެއްގައި ފާހަގަ ކުރެވެނީ މޭކަޕް ކުރުމުގެ ސަބަބުން ލޯކައިރި ކަޅުވުމެވެ.

ލޯކައިރި ކަޅުވުމުގެ ނިޝާނެއްގެ ގޮތުގައި އާންމުކޮށް ފެންނަ ނިޝާނަކީ ލޮލުގެ ކައިރި ނުވަތަ ލޮލުގެ ތިރީ ކައިރި ކުޑަކޮށް ފުއްޕާފައި ހުރުމާއި އެކު އެ އޭރިޔާ ކަޅުކޮށް ހުރުމެވެ. މިގޮތަށް ހުރުމުގެ ސަބަބުން އެ ހިސާބުގެ ލޭ ދައުރުވުމަށް އުނދަގޫ ތަކާއި ދިމާވެއެވެ.

މިކަމަށް އޮތް ފަރުވާ އަކީ ކޮބާ؟

ބޭކިން ސޮޑާ އަކީ ލޯކައިރި ކަޅުވުމަށް އޮތް އެންމެ ރަނގަޅު އެއްފަރުވާއެވެ. އެގޮތުން އެއް ސައިސަމުސާ ބޭކިން ސޮޑާ ތާފަނާ ފެންތަށްޓަކަށް އެޅުމަށް ފަހު މިކްސް ކޮށްލުމަށް ފަހު ކަފަބުރަކުން ލޯ ކައިރީގައި މަޑުމަޑުން ޖައްސާށެވެ. މިގޮތަށް ދުވާލަކު އެއްފަހަރު ތިން ހަފްތާ ވަންދެން ހަދަން ޖެހޭނެއެވެ.

މި ތިން ހަފްތާގެ ތެރޭގައި އެއްވެސް ވަރަކަށް މޭކަޕް ކޮށްގެން ނުވާނެއެވެ. މީގެ އިތުރުން ވެސް ހަށިގަނޑަށް ގެއްލުންވާ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އޭގެ ތެރޭގައި ސިނގިރޭޓް ބުޔުމާއި ދުފުމުގެ އިތުރުން އަވީގައި އުޅުން ހިމެނެއެވެ.

މި ދުވަސްތަކުގައި ފިނިކޮށްފައި ހުންނަ ކިއުކަންބާ ކެއުމާއި، މިންޓް ލީވްސް ކެއުމާއި، ފިނިކޮށްފައި ހުންނަ ކިރު ( ފްރެޝްމިލްކް) ބުޔުމާއި، އެލޯވެރާ ހުންނަ ބާވަތްތަކުން މޫނުދޮވުން ހިމެނެއެވެ.

އިތުރަށް ކިޔާލަން

06 ޖޫން 2018

ރޯދަ އަށް ހުރެގެން ވެސް ބޭސް ބޭނުން ކުރެވިދާނެތަ؟

06 ޖޫން 2018
ރޯދަ އަށް ހުރެގެން ވެސް ބޭސް ބޭނުން ކުރެވިދާނެތަ؟
29 މެއި 2018

ޓޯމާޓޯ ބޭނުންކުރަންވީ ސަބަބު މިއޮތީ

29 މެއި 2018
ޓޯމާޓޯ ބޭނުންކުރަންވީ ސަބަބު މިއޮތީ
19 މެއި 2018

ރޯދަ މަހު ތަރުކާރީ ގިނައިން ބޭނުންކުރުން މުހިންމު

19 މެއި 2018
ރޯދަ މަހު ތަރުކާރީ ގިނައިން ބޭނުންކުރުން މުހިންމު
12 މެއި 2018

ހިކެން ބޭނުންނަމަ ގޮތް ބަލަންވެސް އުއްދަނޑި ޖޫސް ބޮއިބަލަ!

12 މެއި 2018
ހިކެން ބޭނުންނަމަ ގޮތް ބަލަންވެސް އުއްދަނޑި ޖޫސް ބޮއިބަލަ!
28 އެޕްރީލު 2018

ބަނޑުހައިވީމަ ރުޅިގަދަވަނީ ކީއްވެ؟

28 އެޕްރީލު 2018
ބަނޑުހައިވީމަ ރުޅިގަދަވަނީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު