Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނައިބުރައީސް

ސައްހަ މައުލޫމާތު ފެތުރުމުގައި ދެމިތިއްބެވުމަށް ނައިބު ރައީސް ނޫސްވެރިންނަށް ގޮވާލައްވައިފި

4 މެއި 2019 | ހޮނިހިރު 02:28

ވޭތުވެދިޔަ އަހަރުތަކަކީ ނޫސްވެރިކަމަށް ކަޅު އަނދިރި ދުވަސްތަކެއް

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 4 މެއި 2019 | ހޮނިހިރު 02:28
ނައިބުރައީސް ފައިޞަލް ނަސީމް

ނައިބުރައީސް ފައިޞަލް ނަސީމް

ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، ނޫސްވެރިކަމުގެ މަސައްކަތްތުގައި ވީހާވެސް ތެދުވެރިކަމާއެކު ޞައްޙަ މަޢުލޫމާތު ފެތުރުމުގައި ދެމިތިއްބެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ގޮވާލައްވައިފިއެވެ.

ނައިބުރައީސް އެކަމަށް ގޮވާލެއްވީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުކުރު ދުވަހުގެ ރޭ ނެޝަނަލް އާޓް ގެލަރީގައި ބޭއްވެވި ޙަފްލާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ނައިބު ރައީސްގެ ވާހަކަފުޅުގައި ވޭތުވެދިޔަ އަހަރުތަކަކީ ނޫސްވެރިކަމުގެ މާހައުލަށް އައި ކަޅު އަނދިރި ދުވަސްތަކެއް ކަމަށާއި، އަދި ރާއްޖޭގެ ނޫސްވެރިން ނޫސްވެރިކަމުގެ ޒިންމާ އަދާކުރަމުން ދިޔައީ ވަރަށް ގިނަ ގޮންޖެހުންތަކަކާއިއެކު، ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައިކަން ފާހަގަކުރެއްވިއެވެ. ނަމަވެސް މި ބިރުވެރިކަމުގެ ތެރޭގައިވެސް ދިވެހި ނޫސްވެރިން ވަރަށް ސާބިތުކަމާއެކު އެބޭފުޅުންގެ މަސްއޫލިއްޔަތު ވަރަށް ފުރިހަމަޔަށް އަދާކުރައްވާފައިވާ ކަން ފާހަގަ ކުރައްވައި އެކަމަށްޓަކައި ރާއްޖޭގެ އެންމެހައި ނޫސްވެރިންނަށް ނައިބު ރައީސް ވަނީ ޝުކުރު އަދާކުރަށްވާފައެވެ.

އެ ރަސްމިއްޔާތުގައި ނައިބު ރައީސް އިތުރަށް ދެއްކެވި ވާހަކަފުޅުގައި މިނިވަން ނޫސްވެރިކަމަކީ ފުރިހަމަ ޑިމޮކްރަސީއެއްގެ މުހިންމު އެއް އަސާސް ކަމަށާއި، ހަޤީޤަތަކީ މިނިވަން ނޫސްވެރިކަމަކާ ނުލާ ޤައުމަކަށް ދިރުމެއް އަދި ހަމަޖެހުމެއް ވެސް ނާންނާނެ ކަމުގައި ވިދާޅުވިއެވެ.

އިތުރަށް ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި މީޑިއާ ކައުންސިލްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި މި ސަރުކާރުން ކޮށްދޭން ޖެހޭ ކަންތައްތައް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައި އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙް ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްޕުޅަކީ ނޫސްވެރިކަމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމުގައިވާ އަބުރުގެ ޤާނޫނު އުވައިލައްވައި ނޫސްވެރިންނަށް ދުލާއި ޤަލަމުގެ މިނިވަންކަން އަލުން އިޢާދަކޮށްދެއްވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ދުނިޔޭގެ ޤައުމު ތަކުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަޑު ވަޒަންކޮށް ކަނޑައަޅާ ރިޕޯޓަރސް ވިތައުޓް ބޯޑަރސްގެ ޕްރެސް ފްރީޑަމް އިންޑެކްސްއިން ދިވެހިރާއްޖެ ހޯދި ކުރިއެރުމުން އެކަނިވެސް މި ސަރުކާރު އައި ފަހުން ނޫސްވެރިކަމަށް އައި ފަހި މާހައުލު ރަމްޒުކޮށްދޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް އިތުރަށް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާއިރު، ވީނުވީއެއް ނޭނގި ގެއްލުވައިލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާނާއި، ވަރަށް އިހާނެތިގޮތަކަށް މަރާލާފައިވާ އިންޓަނެޓް ބްލޮގަރ ޔާމީން ރަޝީދުގެ ހަނދާން އާ ކުރަން ޖެހޭ ކަމަށާއި، އެ ދެ ނޫސްވެރިން ވަކިވެދިއުމަކީ، ދިވެހި ނޫސްވެރިންގެ އާއިލާއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމުގައެވެ. އަދި އުންމީދު ކުރައްވަނީ، އިންސާނިއްޔަތު ކަމެއްނެތި ހިންގާފައިވާ އެ ދެ ޖަރީމާގެ ޙަޤީޤީ ކުށްވެރިން ހޯދައި، އެކަމުގެ ޙަޤީޤަތް ވީހާވެސް އަވަހަކަށް ހާމަކުރެވޭނެ ދުވަހެއް އައުން ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ނައިބު ރައީސް ހުންނެވީ "ގޭބަންދެއްގައި":މުސްތަފާ

18 ފެބުރުއަރީ 2017
ނައިބު ރައީސް ހުންނެވީ "ގޭބަންދެއްގައި":މުސްތަފާ
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
10 ޖެނުއަރީ 2017

ނައިބު ލީޑަރަކަށް ޝިފާ

10 ޖެނުއަރީ 2017
ނައިބު ލީޑަރަކަށް ޝިފާ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް