Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސްރީލަންކާ މުސްލިމުން

ލަންކާގައި ދިން ބޮމުގެ ހަމަލާ: ހުރިހާ ތުރާލެއް މުސްލިމުންނަށް

ތަމަޅައިންނާއި ސިންހަޅައިންގެ ފަރާތުން މުސްލިމުންނަށް އަބަދުވެސް އަނިޔާ ލިބޭ

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 4 މެއި 2019 | ހޮނިހިރު 04:49
މުސްލިމުގެ އަދަދަކީ 9.7 އިންސައްތަ

މުސްލިމުގެ އަދަދަކީ 9.7 އިންސައްތަ

ސްރީލަންކާގެ މުސްލިމުން އެ ގައުމުގެ އެކި ހިސާބުތަކަށް ބަހާލެވިފައިވިޔަސް، ގައުމުގެ އާބާދީގައި މުސްލިމުންގެ އަދަދަކީ 9.7 ޕަސެންޓެވެ. ލަންކާގެ ގިނަ މުސްލިމުންނަކީ ސުންނީ މުސްލިމުންނަށް ވިޔަސް އެހެނިހެން މަޒްހަބްތަކަށް ތަބާވާ މުސްލިމުން ވެސް މަދެއް ނޫނެވެ. ގިނަ މުސްލިމުންގެ މާދަރީ ބަހަކީ ތަމަޅައެވެ.

ލަންކާގެ ފަތްފުތްތަކުންނާއި ކުރީގެ ލިޔެކިޔުންތަކުން އެނގޭ ގޮތުން އެ ގައުމުގައި މުސްލިމުން ވަޒަންވެރިވީ، އިހުގެ މެދު އިރުމަތީގެ ވިޔަފާރިވެރިން ދެކުނު އިންޑިއާގައި ވިޔަފާރި ކުރަން ފެށި ހިސާބުންނެވެ. އެގޮތުން ވިޔަފާރި ފުޅާކުރުމުގެ ވިސްނުމުގައި އިންޑިއާގައި ވަޒަންވެރިވި މުސްލިމުންގެ ތެރެއިން ބަޔަކު ލަންކާގައި ވަޒަންވެރިވިއެވެ.

އަދި މި ވިޔަފާރިވެރިންގެ ތެރެއިން ބަޔަކު ވަނީ ލަންކާގައި އުޅޭ ސިންހަޅައިންނާއި ތަމަޅައިންނާއި ކައިވެނި ކުރުމަށްފަހު އިރުމަތީގެ ބަޓިކަލޯއާ އަމްޕާރާގައި ވަޒަންވެރިވެފައެވެ. ސޯޅަވަނަ ގަރުނުގައި ލަންކާ ކޮންޓްރޯލް ކުރަމުން ދިޔަ ޕޯޗުގީޒުން ލަންކާގެ މުސްލިމުންނަށް މުހާތަބު ކުރަމުން ދިޔައީ ''މުއާރ''ގެ ނަމުންނެވެ. އެ ނަން ''މޫރިޝް'' އަށް ބަދަލުވެ އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި ''ސިލޯން މުއަރ''ގެ ނަމުން މުސްލިމުންނަށް މުހާތަބުކުރެވުނެވެ. ސިލޯންގެ ނަން ލަންކާ އަށް ބަދަލުވެ މިހާރު އެމީހުންނަށް ކިޔާ އުޅެނީ ''ސިރީލަންކަން މުއަރ''އެވެ.

ހޮޅިންގެ އިސްތިއުމާރުގެ ދަށުގައި 18 އަދި 19 ވަނަ ގަރުނުގައި އިންޑޮނޭޝިއާ އަދި މެލޭޝިއާ އިން މަސައްކަތް ކުރުމަށް މީހުން ލަންކާ އަށް ގެނެވުނެވެ. އެމީހުންނަކީ މެލޭ މުސްލިމުންނެވެ. ޕާކިސްތާނުންނާއި ދެކުނު އިންޑިއާ އިން މުސްލިމުން ލަންކާ އަށް ހިޖުރަކޮށްފައިވަނީ 19 އަދި 20 ވަނަ ގަރުނުގެ ތެރޭގައެވެ.

ސްރީލަންކާގައި ދިރިއުޅޭ މުސްލިމުންގެ ތެރެއިން އެންމެ އާބާދީ ބޮޑީ ''ސްރީލަންކަން މުއާރސް''އެވެ. އަރަބި ވިޔަފާރިވެރިންގެ ދަރިފަސްކޮޅުން އައި "މުއާރސް''އަކީ މިއަދު ވެސް ލަންކާގެ ވިޔަފާރީގައި ބޮޑު ހިއްސާއެއް އަދާކުރާ ބައެކެވެ. ސައިފަތް ދަނޑު ތަކާއި، ރަން ރިހީގެ ވިޔަފާރީ އަކީ މުސްލިމުން ކޮންޓްރޯލް ކުރާ ވިޔަފާރިތަކެވެ. ވެރިރަށް ކޮޅުނބުގައި ރަން ރިހީގެ ވިޔަފާރި ހިންގާ ގިނަ މީހުންނަކީ މުސްލިމުންނެވެ. ދެހިވަލަ، މަރްދާނަ، ޑެމަޓަގޮޑަ، ޕެޓާ އަދި ކިރުލައްޕަނަގެ އިތުރުން ބޮރެއްލަ ސަރަހައްދުތަކަކީ މުސްލިމުންގެ ވިޔަފާރިތައް ވަރަށް ފުޅާކޮށް ހިންގާ ސަރަހައްދުތަކެވެ. ގައުމުގެ މައިނޯރިޓީ ބަޔަކަށް މުސްލިމުންވާއިރު އެހެން ދީންތަކުގެ ފަރާތުން މުސްލިމުންނަށް ކުރިމަތިވާ އުދަނގޫތަކާއި ދުއްތުރާތައް މަދެއް ނޫނެވެ. ލަންކާގެ ދާހިލީ ހަނގުރާމަ ދުވަސްވަރު ވެސް މުސްލިމުން ވަނީ އެކަންތައްތައް އެކި ގޮތްގޮތަށް ތަހައްމަލު ކޮށްފައެވެ. މުސްލިމުންގެ ދަރިފަސްކޮޅު ފުހެލުމަށް ތަމަޅަ ޓައިގަރުން އެތައް ކަމެއް ކޮށް އެމީހުންގެ ގެދޮރުން ފައްސާލިއެވެ. އެ ދުއްތުރާތަކަށް ކެތް ނުވެގެން 72،000 މުސްލިމުން ވަނީ އެހެން ހިސާބުތަކަށް ހިޖުރަ ކޮށްފައެވެ. އޭގެ ކުރިން 1990 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތިން ވަނަ ދުވަހު ކަތަންކުޑިގެ މިސްކިތެއްގައި އިޝާ ނަމާދު ކުރަން ތިބި 300 މީހަކަށް ތަމަޅަ ޓައިގަރުންވަނީ ހަމަލާދީ މަރާލާފައެވެ.

މުސްލިމުންގެ އާބާދީ ބޮޑެތި ހިސާބުތަކަށްވާ ސަމަންތުރާއި ބެޓިކަލޯއާ ގައި ދިރިއުޅޭ މުސްލިމުންނަށް އަމާޒުކޮށް ތަމަޅައިން ވަނީ އެތައް ހަމަލާތައް ދީފައެވެ. ތަމަޅަ ޓައިގަރުންނަށް ވުރެ ކުރިން ބުޑިސްޓުންވެސް ވަނީ އެތައް މުސްލިމުންގެ ލޭއޮހޮރުވާލާފައެވެ. 1915 ވަނަ އަހަރު ބުޑިސްޓުންނާއި މުސްލިމުންނާ ދެމެދު ކުރިމަތިލުމެއް ހިނގުމަށްފަހު މުސްލިމުންނަށް ދޭ ހަމަލާތައް އިތުރުވިއެވެ. ހަރުކަށި ބުޑިސްޓުންގެ ޖަމާއަތެއް ކަމަށްވާ ބޮދު ބަލަސޭނަ ( ބީބީއެސް) ފަހަތުގައި އޮވެގެން މުސްލިމުންގެ ދިރިއުޅޭ ގެތަކަށާއި، މިސްކިތްތަކަށް ދެތެރެ ދޭތެރެއިން ހަމަލާދެއެވެ. ބީބީއެސް އިން ގަބޫލުކުރާ ގޮތުން ލަންކާގައި ދިރިއުޅެން ޖެހޭނީ ހަމައެކަނި ސިންހަޅަ ދަރިފަސްކޮޅުގެ މީހުންނެވެ. އެހެން ބަޔަކަށް އެގައުމުގައި ދިރިއުޅުމުގެ ފުރުސަތެއް ދީގެން ނުވެއެވެ. މުސްލިމުންގެ ވިޔަފާރިތަކަށް ގެއްލުން ދިނުމަކީ ވެސް އާއްމު ކަމެކެވެ. ފާއިތުވި އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އަމްޕާރާ ޑިސްޓްރިކްޓްގައި މުސްލިމުންނާ ދެކޮޅަށް ދޭން ފެށި ހަމަލާތައް ކެންޑީއާ ހަމަޔަށް ދިގުލައިގެން ދިޔައެވެ. ބުޑިސްތުންގެ ދުއްތުރާތައް ދިމާވަމުން ދިޔައަސް އޭގެ ރައްދުގައި މުސްލިމުން މާބޮޑެތި ހަމަލާތަކެއް ދީފައެއްނުވެއެވެ. ލަންކާ އަށް ދިން ބޮންގޮއްވުމުގެ ހަމަލާއަށް ފަހު އަނެއްކާވެސް މުސްލިމުން ގަބޫލްކުރާ ގޮތުން އެމީހުންނަށް މި ވަނީ ބަނަ ދުވަސްތަކަކާއި ކުރިމަތިލާން ޖެހިފައެވެ.

ހަމަލާގައި ބައިވެރިވި އެންމެންނަކީ ވެސް ހަރުކަށި މުސްލިމުން ކަމަށްވެފައި ދެންތިބި އެހެން މުސްލިމުންނަށް ފުރުއްސާރަ ކުރުން އިތުރުވާން މިވަނީ ފަށާފައެވެ. މުސްލިމުން ގޯހެއް ހަދާތޯ ބަލަންވެގެން ފާރަލާއިގެން ތިބި ބުޑިސްތުންނަށް މުސްލިމުންނާ ދިމާލަށް އިނގިލި ދިއްކުރަށް ފަށައިފިއެވެ. އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ދިން ހަމަލާއަށް ފަހު ބުޑިސްޓުން ވަނީ ބައެއް މިސްކިތްތަކަށް ގާއުކާ ގެއްލުންދީފައެވެ. ސޯޝަލް މީޑިއާގައި މުސްލިމުންނާ މެދު ނަފުރަތު އުފެދޭ ގޮތަށް މެސެޖްތައް ލިޔުމުން ވަނީ އާއްމުވެފައެވެ. މިހާރު ގިނަ މުސްލުމިންގެ ހިތު ތެރޭގައި އޮންނަ ސުވާލަކީ އެމީހުންނަށް ލަންކާ އަމާން ވެދާނެތޯއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

07 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު