Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އއ.ތޮއްޑޫ

ދޫނިތަކުގެ ލަވަ އަޑުއަހާލަން ތޮއްޑޫއަށް!

މިއީ ތޮއްޑޫއަށް ޚާއްސަކޮށް ހެދި ފުރަތަމަ ލަވަ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 3 މެއި 2019 | ހުކުރު 09:28
ތޮއްޑޫގެ ކަރާ ހައްދާ ސަރަހައްދު: ފޮޓޯ ޝަރުވާން

ތޮއްޑޫގެ ކަރާ ހައްދާ ސަރަހައްދު: ފޮޓޯ ޝަރުވާން

''މަރުހަބާގެ މޫނެކޭ މިތާގެ ކޮންމެ މޫނަކީ، ހަރުދަނާ ދިވެހި ސަގާފަތޭ އެނގޭހެ ސިއްރަކީ''

ދިވެހިރާއްޖެ، ފަތުރުވެރިންގެ މެދުގައި މަގުބޫލުވެގެން ދިޔައީ ގުދުރަތީ ރީތިކަމުގެ އިތުރުން ދިވެހިންގެ ސަގާފަތާއި ވަމުންދާ މެހެމާންދާރީއެވެ. ދިވެހިންގެ މުނޫމަތިން ނުފިލާ ހިނިތުންވުމެވެ. ދިވެހިންގެ އޯގާތެރިކަމާއި ހިތްހެޔޮކަމެވެ.

''ކޮންކަހަލަ ގަހެއް ނެތީ މަލެއް އެމޭވައެއް ނެތީ، އަންނަ ދޫނިތަކުގެ ލަވަ އަހަން އެހާ ޒީނަތީ''

މިއީ ދިވެހިރާއްޖެއެވެ. ފެހި ރަށްތަކާއި، ރީތި ދޫނިސޫފާސޫފީގެ ބިމެވެ. މިފަދަ މާހައުލެއްގައި ދިރިއުޅުމަށް، ނުވަތަ ޗުއްޓީ ހޭދަކޮށްލުމަށް ބޭނުންނުވާނީ ފަހެ ކާކުހެއްޔެވެ؟

"ލާމަސީލު މަންޒިލެއް ދުށީމުހޭ މި ބިންމަތިން، ޗާލު ރީތި ތޮއްޑޫއޭ އެއީ ރަށާ މަލަމަތިން"

މިއީ މި މަހުގެ 2 ވަނަ ދުވަހު "ލާމަސީލު މަންޒިލެއް" ގެ ނަމުގައި އާންމުކުރި ލަވައެކެވެ. އާދަމް ނަޞީރު އިބްރާހިމްގެ ހިތްގައިމު ޅެމަކަށް އަބްދުﷲ ޝިފާއު ކިޔާފައިވާ މިލަވައިން އއ. ތޮއްޑޫގެ ރީތިކަން ދައްކާލާ، ގިނަ ބައެއް ހިތް މިވަނީ ދަމައިގެންފައެވެ.

ސްޕީޑްލޯންޗްގައި މާލެއިން ފުރައިގެން އެއް ގަޑިއިރުން ދެވޭ ތޮއްޑޫގެ ދަނޑުވެރިކަމާއި، ސަގާފަތާއި، ހިތްފަސޭހަ ދިރިއުޅުން މި ލަަވައިގައި ވަނީ ވަރަށް ފުރިހަމައަށް ސިފަކޮށްދީފައެވެ. މަޝްހޫރު 'ވާއު މަގު' ގެ ރީތި މަންޒަރުތަކާއެކު ދަނޑުވެރިން ކުރާ ބުރަ މަސައްކަތް މި ލަވައިގައި ވަނީ ދައްކައިދީފައެވެ. ފެހި ދޫލައެއް ފަދައިން ފެތުރިފައިވާ ކަރާ ދަނޑުތަކުގެ މަންޒަރު އަތިރިމައްޗާއި، ރަށުގެ ރީތި މޫދާއި، ކަނޑުގެ ނޫކަމަށް ފޭދިގެން ދާއިރު ރަށުގެ ޤުދުރަތީ ފުރިހަމަކަމުން ގައިން ހީބިހިނަގާހާ ވެއެވެ. ޑްރޯން މަންޒަރުތަކާއި ކަނޑު އަޑީގެ މަންޒަރުތައް އެކުގައި ގަތާލައި، ތޮއްޑޫގެ ވަށައިގެންވާ ރީތި ފަތުރައް ދައްކާލާއިރު، އެމަންޒަރުތަކުން ހިތްފުރެއެވެ.

މާލެއާއި ތޮއްޑޫ އާއި ދެމެދު ދަތުރުކުރާ 'އުދުހޭ ތަރި' ދޯނި - ފޮޓޯ: ޝަރުވާން

ހަފްތާ ބަންދުގައި ބޯ ހަމަ ޖައްސާލައި، ހަލަބޮލި ދިރިއުޅުމުން ދުރަށް ޖެހިލުމަށް ތޮއްޑުއަކީ އެންމެ ރަނގަޅު އެއް ފަރުވާކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ. ތޮއްޑޫ ރައްޔިތުންގެ މެހުމާންދާރީ އާއި ރަށުގެ ފެހިކަމާއި، އެ ފެހިކަމުން ރަށަށް ގެނެސްދޭ ތަރުތީބާއި ރީތިކަން، އަދި ރަށުގެ ވަށައިގެންވާ ރީތި މޫދަކީ ރަށަށް ޒިޔާރަތްކުރާ ކޮންމެ މީހެއްގެ މޫނުމައްޗަށްވެސް ހިނިތުންވުމެއް ގެނެސްދޭ ކަމެއްކަން ޔަގީނެވެ.

އެވަރުން ނުފުދިއްޖެނަމަ، ތޮއްޑޫ އެ މޭވާއެއްގެ ނަމުން މަޝްހޫރުވެފައިވާ ތޮއްޑޫ ކަރާގެ ފޮނިކަމުންވެސް ހިތް ފުރޭނެއެވެ.

މި ހުރިހާ ފުރިހަމަކަމެއް ލިބިފައިވާ ތޮއްޑޫގެ ވާހަކަ ކިޔައިދޭ މި ލަވަ އުފެއްދުމަށް އިސްކޮށް ހަރަކާތްތެރިވި އަޙުމަދު ޝަރުވާން ބުނީ މިއީ ދެ މަސްދުވަހުގެ މަސައްކަތް ކަމަށާއި، ލަވަ އާންމު ކުރަން ފުރަތަމަ މަސައްކަތްކުރީ އައު އަހަރާ ދިމާކޮށް ކަމަށެވެ. ނަމަވެސް ރަށުގެ މޫނުމަތި ކަމުގައި ރަށުގެ ކަރާ ދަނޑުތައް އެންމެ ފުރިހަމައަށް ނުދެއްކޭނެ ގޮތަކަށް ލަވަ އާންމު ކުރަން ބޭނުން ނުވީ ކަމަށެވެ.

''ރޯދައަށް ޚާއްސަކޮށް ކަރާ ދަނޑުތައް މިހައްދަނީ. އެދަނޑުތައް ނުލާ ލަވަ އާންމުކުރި ނަމަ ލަވަ ފުރިހަމަ ނުވާނެ. ތޮއްޑޫ ލަވައެއްވިއްޔާ ކަރާ ދަނޑުތަކާ ކަރާ ފެންނަންޖެހޭނެ'' ޝަރުވާން ބުންޏެވެ.

ޝަރުވާން ބުނީ މިލަވައަކީ ތޮއްޑޫއާ ދުރުގައި ނުވަތަ ތޮއްޑޫއަށް ނުދެވޭ މީހުންނަށް އެރަށުގެ ރީތިކަން ދައްކާލައި، އެރަށް ޕްރޮމޯޓް ކުރުމުގެ މަގުސަދުގައި ކުރި މަސައްކަތެއް ކަމަށެވެ. މީގެ އިތުރުން ޝަރުވާން ބުނީ މިއަހަރުގެ ތެރޭގައި ރަށަށް ޚާއްސަކޮށް ލަނގިރި ލަވައެއްވެސް ނެރޭނެ ކަމަށެވެ.

''ރަށް ޕްރޮމޯޓް ކުރުމަށް ގިނަ މަސައްކަތައް ކުރަން. ފޮޓޯ ނަގާ ވީޑިއޯ ޝޯޝަލް މީޑިއާގައި އާންމުކުރަން. ތަފާތުކަންކަން އަބަދު ވެސް ކުރާ ހިތްވޭ. އެހެންވެ މިދިޔަ އަހަރު ތޮއްޑޫއަށް ޚާއްސަކޮށް ކަލަންޑަރެއް އާންމުކުރިން. މިކަލަންޑަރު ބެހިން ޗައިނާ ރަޝިޔާ، އިންޑިއާ، ސްރީލަންކާއަށް. އެކަލަންޑަރު ހިފައިގެން ރަޝިޔާ ބަޔަކުވެސް އައި މިރަށަށް'' ޝަރުވާން ބުންޏެވެ.

މިލަވައިގެ ވީޑިއޯ އާއި އެޑިޓިންގެ ހުރިހާ މަސައްކަތެއް ކުރީވެސް ޝަރުވާން އާއި އޭނާގެ ޓީމުގެ މެންބަރުންނެވެ. މިއީ ތޮއްޑޫއަށް ޚާއްސަކޮށް ހެދި ފުރަތަމަ ލަވަ ވެސްމެއެވެ.

ޝަރުވާން އާއި އޭނާގެ ޓީމުގެ މެންބަރުންގެ އެދުމަކީ ދިވެހިންނާއި، ބޭރު މީހުންވެސް ތޮއްޑޫއަށް ޒިޔާރަތްކޮށް، އެ ރަށުގެ މެހުމާންދާރީ އާއި ރީތިކަންމުން ހިތްހަމަޖެހުން ލިބިގަތުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ ޓީވީގެ އީދު ލަވައަށް ބޮޑު ތަރުހީބެއް

ރާއްޖެ ޓީވީގެ އީދު ލަވައަށް ބޮޑު ތަރުހީބެއް

21 އޯގަސްޓު 2019
ރާއްޖެ ޓީވީގެ ފޯރިދަގަ އީދު ލަވަ ބަލައިފިންތަ؟

ރާއްޖެ ޓީވީގެ ފޯރިދަގަ އީދު ލަވަ ބަލައިފިންތަ؟

11 އޯގަސްޓު 2019
ހުސެއިން ޝިހާބްގެ ހިތް އަދު ރޮނީއޭ ނުދާށޭ: ހަނދާންނުން ފިލުވާލަން އުނދަގޫ ލަވަޔަކަށް

ހުސެއިން ޝިހާބްގެ ހިތް އަދު ރޮނީއޭ ނުދާށޭ: ހަނދާންނުން ފިލުވާލަން އުނދަގޫ ލަވަޔަކަށް

11 މެއި 2019
އެންމެ މުހިއްމީ ކޮމެޓީތައް: އެކަމަކު ބައްދަލުވަނީ އެލަވަންސް ހޯދަންވީމަ!

އެންމެ މުހިއްމީ ކޮމެޓީތައް: އެކަމަކު ބައްދަލުވަނީ އެލަވަންސް ހޯދަންވީމަ!

28 ފެބުރުއަރީ 2019
ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ

ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ

14 ނޮވެމްބަރު 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު