Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމޭލޭޝިއާގެ އުއްތަމަ ފަނޑިޔާރު

މެލޭޝިއާގެ އުއްތަމަ ފަނޑިޔާރަކަށް ފުރަތަމަ ފަހަރަށް އަންހެނަކު

3 މެއި 2019 | ހުކުރު 03:00

އެކަމަނާ ވަނީ ތިން ކޯޓެއްގައި މަސައްކަތްޕުޅު ކުރައްވާފައި

އަލީ ސަމާޚް
އަލީ ސަމާޚް | 3 މެއި 2019 | ހުކުރު 03:00
މައިމުން ތުއަން މަތް

މައިމުން ތުއަން މަތް | ޓްވިޓަރ

މެލޭޝިއާގެ އެއްމެ މަތީ ކޯޓުގެ އުއްތަމަ ފަނޑިޔާރަކަށް ފުރަތަމަ ފަހަރަށް އަންހެނަކު އައްޔަން ކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހު އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މެލޭޝިއާގެ ފެޑެރަލް ކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާ އުމުރުން 60 އަހަރުގެ މައިމުން ތުއަން މަތުއެވެ. މެލޭޝިއާގެ ބޮޑު ވަޒީރުގެ އޮފީހުން ބުނީ، ބޮޑު ވަޒީރުގެ ލަފާފުޅުގެ މަތިން، ރަސްގެފާނު ރުހުން ދެއްވުމުން ގާނޫނާއި ގަވާއިދުގެ މަތިން އެކަމަނާ އެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެކަމަނާ ވަނީ ތިން ކޯޓެއްގައި މަސައްކަތް ކުރައްވާފައެވެ. އެއީ، ކުއަލަލަމްފޫރު ހައި ކޯޓު، ޝާހް އަލަމް ހައިކޯޓުގެ އިތުރުން ފެޑެރަލް ކޯޓެވެ. ޔުނިވާސިޓީ މެލެޔާއިން ތައުލީމް ހާސިލް ކުރެއްވި ތުއަން އެންމެ ފުރަތަމަ ޝަރުއީ ދާއިރާގައި މަސައްކަތް ކުރެއްވީ ކުއަލަލަމްޕޫރް ހައިކޯޓުގައެވެ. އެ ކޯޓުގައި އަހަރެއްހާ ދުވަސް ވަންދެން އެކަމަނާ ފުރުއްވެވީ ޖުޑީޝަލް ކޮމިޝަނަރގެ މަގާމެވެ.

އާ އުއްތަމަ ފަނޑިޔާރަކު މެލޭޝިޔާގައި އައްޔަންކޮށްފައި ވަނީ އެ މަގާމު ފުރުއްވަމުން ގެންދެވި ރިޗަޑް މަލަންޖުމް މިދިޔަ މަހުގެ 12 ވަނަ ދުވަހު އެ މަގާމުން މުސްކުޅި ކުރެއްވުމާ ގުޅިގެންނެވެ. ރިޗަޑް އުއްތަމަ ފަނޑިޔާރުކަން ކުރެއްވި 10 މަސް ތެރޭގައި އެމަނިކުފާނު ވަނީ، އެގައުމުގެ ޝަރުއީ ދާއިރާއަށް ބޮޑެތި އިސްލާހުތަކެއް ގެންނަވާފައެވެ.

މެލޭޝިއާގެ ގައި ފަނޑިޔާރުން މުސްކުޅިކުރައްވާ އުމުރަކީ 66 އަހަރެވެ. ނަވާރަ ސަތޭކަ ފަސްދޮޅަސް ތިން ވަނަ އަހަރު އިނގިރޭސިންގެ ދަށުން މިނިވަންވުމަށް ފަހު މެލޭޝިއާގައި އުއްތަމަ ފަނޑިޔާރު ކަން ކުރައްވާފައިވާ 15 ބޭފުޅުންނަކީ ވެސް ފިރިހެނުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
25 މާރިޗު 2017

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް
02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
27 ފެބުރުއަރީ 2017

ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު

27 ފެބުރުއަރީ 2017
ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު
25 ފެބުރުއަރީ 2017

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް