Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާޒިޔާ - ޓީސީ

މާޒިޔާ އާއި ޓީސީއަށް ޓްރެއިނިން ކޭމްޕެއް ހަމަޖައްސައިދެނީ

ޓްރެއިނިން ކޭމްޕް ހަމަޖައްސައިދެނީ އޭއެފްސީ ކަޕުން ޖާގަ ނުލިބުމުން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 2 މެއި 2019 | ބުރާސްފަތި 14:49
މާޒިޔާއާއި ޓީސީ ކުޅުނު މެޗުގެ ތެރެއިން

މާޒިޔާއާއި ޓީސީ ކުޅުނު މެޗުގެ ތެރެއިން

ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ޓީސީ ސްޕޯޓްސް ކްލަބަށް ބޭރު ގައުމަކުން ޓްރެއިނިން ކޭމްޕެއް ހަމަޖައްސައިދޭން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

ވީޓީވީގެ "ވީ ސްޕޯޓްސް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ، އޭއެފްސީ ކަޕުން މިދިޔަ ސީޒަނުގައި ޖާގަ ލިބި، އެ މުބާރާތް ކުޅުމުގެ ފުރުސަތު މިއަހަރު ނުލިބުނު ދެ ޓީމު ޓްރެއިނިން ކޭމްޕަކަށް ބޭރު ގައުމަކަށް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭއެފްސީ ކަޕުން ރާއްޖޭގެ ދެ ކްލަބަކަށް އަބަދުވެސް ޖާގަ ލިބެއެވެ. ނަމަވެސް މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީސީ އާއި ދެ ވަނަ ހޯދި މާޒިޔާއަށް އޭއެފްސީ ކަޕަށް މި އަހަރު ނުދެވުނީ ކްލަބް ލައިސަންސް ނުލިބުމުގެ ސަބަބުންނެވެ.

މިކަމުގެ ސަބަބުން ބޮޑެތި ފާޑުކިޔުންތައް އެފްއޭއެމްއަށް އަމާޒުވިއިރު، އެފްއޭއެމުން ބުނީ، އޭއެފްސީ ކަޕުން ރާއްޖެއަށް ޖާގަ ގެއްލުމުގައި ކްލަބްތަކުގެ އިހުމާލުވެސް އޮތް ކަމަށެވެ. ނަމަވެސް ގިނަ ބަޔަކު ބުނަނީ އެކަމުގައި އިހުމާލު އޮތީ އެފްއޭއެމްގެ ކަމަށެވެ.

ޓްރެއިނިން ކޭމްޕެއް ހަމަޖެއްސުމަށް ބަލަމުން އަންނަނީ ގަތަރާއި ކުވޭތާއި ޔޫއޭއީ އާއި ސައޫދީ އަރަބިއާ އަދި މެލޭޝިއާފަދަ ގައުމުތައް ކަމަށް ބައްސާމް ވިދާޅުވިއެވެ. އެގޮތުން މާޒިޔާ އާއި ޓީސީގެ އެދުމުގެ މަތިން ރޯދައިގެ ފަހު ފަސް ދުވަހުން ފެށިގެން ދެ ހަފުތާގެ ކޭމްޕެއް އިންތިޒާމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ އިން އދ. މަހިބަދޫގައި ޕްރީ ސީޒަން ތަމްރީންތައް ހަދަމުން އަންނައިރު، ޓީސީން އަންނަނީ މާލޭގައި ތަމްރީންތައް ހަދަމުންނެވެ.

ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ އާއި ޓީސީން އަންނަނީ ދުރާލާ ތައްޔާރުވަމުންނެވެ.

އެގޮތުން މާޒިޔާއިން ވަނީ އެޓީމުގެ ކުރީގެ ކޯޗު މެސެޑޯނިއާގެ މަރްޔަން ސެކުލޮސްކީ ގެނައުމުގެ އިތުރުން ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވަރުގަދަ ކުޅުންތެރިންތަކެއް އެ ކްލަބަށް ގެނެސްފައެވެ. އެގޮތުން ޓީސީގެ އަބްދުﷲ ހަނީފް (ބެންޖޯ)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، ނިއު ރޭޑިއަންޓުގެ އަހުމަދު އަބްދުﷲ (ލިލީ) އަދި ހަމްޒާ މުހައްމަދު (ހަމްޕު( ވެސް އެ ކްލަބުން ވަނީ ގެނެސްފައެވެ.

ކުރިޔަށް އޮތް ސީޒަނުން މާޒިޔާއިން ނުފެންނާނީ އެ ކްލަބް ދޫކޮށް ދިޔަ ދަ ގްރާންޑޭ އަށް ސޮއިކުރި ޔަސްފާދު ހަބީބު (މުލަކޭ) އާއި ޓީސީ އަށް ބަދަލުވި އިސްމާއިލް އީސާ (މެސީ) އަދި ގްރީން ސްޓްރީޓްސް އަށް ސޮއިކުރި ގާސިމް ސައްމާމު (ސައްމެ) އެވެ.

ކުރިޔަށް އޮތް ސީޒަނުގައި ޓީސީން ބެންޖޯ އާއި ދެ އިއްބެގެ އިތުރުން އަލީ އަޝްފާގް (ދަގަނޑޭ) ވެސް ނުފެންނާނެއެވެ. އަދި އެޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވެސް ވަނީ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާނުކުރަން ނިންމާ ކްލަބް ދޫކޮށްލާފައެވެ.

ޓީސީން ގައުމީ އަންހެން ޓީމުގެ ކުރީގެ ކޯޗު އަހުމަދު އާތިފް (އާތީ) އާއެކު ފަރިތަކުރުންތައް ފަށާފައިވާއިރު، އެޓީމުން ވަނީ މިދިޔަ ސީޒަނުގައިވެސް އެޓީމަށް ކުޅުނު ކީޕަރު ލިމްބޫ ކިރަން ކުމާރުގެ އިތުރުން ނޭޕާލުގެ ޒުވާން ފޯވާޑް ބިމަލް ގާތީ މަގަރު އާއި ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ އެ ކްލަބަށް ގެނެސްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

14 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު