Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑީޖޭއޭ

ރައްޔިތުން ފަނޑިޔާރުގެ އަށް އިތުބާރު ކުރާ ކަމެއް ނޭނގެ، ޝަކުވާތަކެއް އެބަހުރި: ޑީޖޭއޭ

ޝަކުވާތަކަށް އަޅުގަނޑުމެން އެބަ ރެސްޕޮންޑް ކުރަން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 މެއި 2019 | ބުދަ 19:16
ޑީޖޭއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޑީޖޭއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރައްޔިތުން ފަނޑިޔާރުގެ އަށް އިތުބާރު ކުރާކަން ބުނަން ނޭނގޭ ކަމަށާއި އެހެންނަމަވެސް އެ ރައްޔިތުންގެ ޝަކުވާތަކެއް އެބަހުރި ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

ޑީޖޭއޭ އިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުން ފަނޑިޔާރުގެ އަށް އިތުބާރު ކުރޭތޯ ނޫސްވެރިޔަކު ސުވާލުކުރުމުން އެ ސުވާލަށް ޖަވާބު ދެއްވާ މޯލްޑިވްސް ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރ އަހުމަދު މާޖިދު ވިދާޅުވީ މުތުލަގުކޮށް ރައްޔިތުން ފަނޑިޔާރުގެއަށް އިތުބާރު ކުރޭތޯ ނުވަތަ ނުކުރޭތޯ ވެސް ދަންނަވަން ފަސޭހަ ނުވާނެ ކަމަށާއި ނަމަވެސް ފަނޑިޔާރުގެއާ ދޭތެރޭގައި ރައްޔިތުންގެ ޝަކުވާތައް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެންނަކަށް މުތުލަގުކޮށް ރައްޔިތުން ފަނޑިޔާރުގެއަށް އިތުބާރު ކުރެއޭ ވެސް ނުކުރުއޭ ވެސް ދަންނަވަން ފަސޭހައެއް ނުވާނެ. އަޅުގަނޑުމެންނަށް އެނގޭ މިންވަރަކީ ރައްޔިތުން ފަނޑިޔާރުގެއާ މެދު ކުރާ ޝަކުވާތަކެއް އެބަހުރިކަން. އެކަމަށް އަޅުގަނޑުމެން އެބަ ރެސްޕޮންޑް ކުރަމޭ، އިޖާބަދެމޭ، އިތުރަށް ދަންނަވާ ނަމަ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން އެބަޖެހެޔޭ ތިން ބާރުން ވެސް އަދި މިނިވަން މުއައްސަސާތަކުން ވެސް ޤަބޫލުކުރަން ރައްޔިތުންގެ އެބަ ހުއްޓޭ މި ހުރިހާ ތަންނާމެދު ވެސް ވަރަށް ގިނަ ޝަކުވާތަކެއް، އެވަރު އަޅުގަނޑުމެންނަށް ޔަޤީނުން އިނގޭ،" މާޖިދު ވިދާޅުވިއެވެ.

މާޖިދު މިހެން ވިދާޅުވި ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހުގެ ޑީޖޭއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭރު ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމާ މެދު ދިވެހިންގެ ހިތްތަކުގައި އެއްވެސް ޝައްކެއް ނެތް ކަމަށާއި ފަނޑިޔާރުންނަށް ދިވެހިރައްޔިތުން ފުރިހަމައަށް އިތުބާރު ކުރާ ކަމަށެވެ.

ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ސުޕްރީމް ކޯޓުން ވަނީ މަގު ޗާޓެއް އެކުލަވާލާފައެވެ. އަދި އެ މަގު ޗާޓުގައި ކަނޑައަޅާފައިވާ 20 ދާއިރާގައި ހުރި ކަންތައްތަކުން މިހާރުން މިހާރަށް ކުރެވޭނެ ކަންތައްތައް ކަނޑައަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ޑީޖޭއޭ އިން ކުރަމުން އަންނަ ކަންތައްތަކަށް އާންމުންގެ ހިޔާލު ހުށަހެޅުމާއި ކޯޓުތަކުގެ އިދާރީ ކަންތައްތައް ހަރުދަނާ ކުރުމާއި ހުރިހާ ކޯޓެއްގައި ހެކި ބަސް ނެގޭނެ ނިޒާމް ޤާއިމުކުރުން ހިމެނޭ ކަމަށް މާޖިދު ވިދާޅުވިއެވެ.

ރައްޔިތުން އެދެނީ މިނިވަން އިންސާފުވެރި ފަނޑިޔާރުގެއެއް ކަމަށާއި ޤާނޫނު އިސްލާހުކޮށް، ގެންނަން ޖެހޭ ވަކި ދާއިރާތައް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން ބައެއް ދާއިރާތަކަކީ މަދަނީ އިޖުރާއަތުގެ ޤާނޫނާއި ހެއްކާ ބެހޭ ޤާނޫނު ކަމަށް ވެސް މާޖިދު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން އެކުލަވާލި އެ މަގުޗާޓުގައިވާ ގޮތުން ގިނަ ކަންތައްތަކެއް ކުރުމަށް ހިމަނާފައިވެއެވެ. އެގޮތުން ޖުޑީޝަލް ސާރވިސް ކޮމިޝަން އިސްލާހްކުރުމުގެ ގޮތުން ޖޭއެސްސީ އަލުން އެކުލަވާލުމަށް ވަނީ ހިމަނާފައެވެ. އަދި ޖޭއެސްސީ އަލުން އެކުލަވާލުމަށްޓަކައި، ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވެސް މަގުޗާޓުގައި ހިމަނާފައިވާއިރު، ޖޭއެސްސީ އަލުން އެކުލަވާލުމަކީ ޖުޑީޝަރީގެ މިނިވަންކޮށް، އިސްލާހްކުރުމަށް އެންމެ މުހިންމު ކަންތައް ކަމަށް މަގުޗާޓުގައި ބުނެފައި ވެއެވެ.

ޖުޑީޝަރީއަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް އެކުލަވާލި މަގުޗާޓު އާންމުކުރުމުގެ ޖަލްސާގައި ސަރުކާރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީގެ އިތުރުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު