Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ގދ ވާދޫ

ވާދޫ ކަނބަލުންގެ މާހެފުން: ތަފާތު، އަދި ފުރިހަމަ ނަމޫނާއެއް

ރަށުގެ ރައްޔިތުންގެ އެކުވެރިކަން ބަދަހިކޮށްދިން ނަމޫނާ ހަރަކާތެއް

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 2 މެއި 2019 | ބުރާސްފަތި 05:54
ވާދޫ ކަނބަލުންގެ މާހެފުމުގެ ތެރެއިން

ވާދޫ ކަނބަލުންގެ މާހެފުމުގެ ތެރެއިން

ސިޔާސީ އޮއިވަރުގައި ޖެހި އެއްބަޔަކީ ހަލާކުވެގެންދާ ބައެކެވެ. ވޯޓެއް އަންނަ ކޮންމެ ފަހަރަކީ ޚިޔާލު ތަފާތުވުން ގިނަވެ އެއްބަޔަކު އަނެއް ބަޔަކު މޫނު ކެނޑޭ ދުވަސްވަރެކެވެ. އެކުވެރިކަމާ އެއްބައިވަންތަކަން ގެއްލިގެން ދާ ދުވަސްވަރެކެވެ. މަޖިލިސް އިންތިޚާބުގައި ވެސް އެކަން ފެނިގެން ދިޔަ އެވެ. ނަމަވެސް މި ފަހަރު ގދ. ވާދޫ އަންހެން ކަނބަލުން މިވަނީ ތަފާތު ނަމޫނާއެއް ދައްކާ ރަށް އެކުވެރިކޮށްފައެވެ. ވާދޫގެ 18 އަހަރުން މަތީގެ ހުރިހާ ކަނބަލުންނަށް ޚާއްސަކޮށްގެން "ކަނބަލުންގެ މާހެފުން 1440" ނަމުގައި ބުދަ ދުވަހު ހަވީރު ބޭއްވި ބޮޑު މާހެފުން ވެގެން ގޮސްފައިވަނީ އިންތިހާބަށް ފަހު، ރަށުގެ ރައްޔިތުންގެ އެކުވެރިކަން ބަދަހިކޮށްދިން ނަމޫނާ ހަރަކާތަކަށެވެ. މި މާހެފުން ވާދޫގެ އިތުރުން މާލޭގައި ވެސް ބޭއްވި އެވެ.

މާލޭގައި ބޭއްވި މާހެފުމުގައި ބައެއް ކަނބަލުން

އާބާދީގައި 1،400 އަށް ވުރެ ގިނަ މީހުން އުޅޭ ވާދޫގެ ކަންބަލުން ބޭއްވި މި މާހެފުމުގެ ހުރިހާ ކަމެއް އިންތިޒާމުކުރުމުގައި ހަރަކާތްތެރިވީ ހަމައެކަނި ކަނބަލުންނެވެ. ވާދޫ އީދު ކުޅިވަރު ކުޅޭ ފަސްގަނޑުގައި ބޭއްވި ކަނބަލުންގެ މާހެފުމުގައި ދިވެހި ރަހަތައް ފުރިހަމަ އަށް ދައްކާލުމުގެ އިތުރުން، ރަށުން ބޭރުގައި ދިރިއުޅޭ އެކުވެރިންގެ ހަނދާންތައް އާކޮށް ތަފާތު ޝުއޫރު ހިމެނޭ ޕޯސްޓަރުތައް ދައްކާލި އެވެ.

މާހެފުމުގައި ރަށުން ބޭރުގައި ދިރިއުޅޭ އެކުވެރިންގެ ހަނދާންތައް އާކޮށް ތަފާތު ޝުއޫރު ހިމެނޭ ޕޯސްޓަރުތައް ހިފައިގެން

"އަސްލު މި މާހެފުމުގެ ބޭނުމަކީ ހުރިހާ ރައްޔިތުންނަކީ އެއްބައެއްކަން އަންގައިދިނުން. ވާދޫ އަކީ ޒަމާނުއްސުރެ އެކުވެރި ބައެއް. އެ އެކުވެރިކަން ގެއްލިގެން ދިއުމަކީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން. މިއީ ވާދޫގެ ތާރީޚުގައި ކަނބަލުންނަށް ޚާއްސަކޮށްގެން މި ގޮތަށް ބޭއްވުނު ފުރަތަމަ ހަރަކާތް. މި ހަރަކާތުގެ ހުރިހާ ކަމެއްވެސް ކުރީ ކަނބަލުން. އެތައް ތައްޔާރުކުރުމަށް ބޭނުންވާ ދަނޑި ހޯދަން ވަލަށް ދިއައީ ވެސް ކަނބަލުން. ގަސްތަކާ ބޭނާއާއި ގޮނޑި، އެ ހުރިހާ އެއްޗެއްވެސް ގެނެސް މުޅި ސަރަހައްދު ތައްޔާރު ކުރީ ކަނބަލުން،" މި ހަރަކާތުގެ އިންތިޒާމް ކޮމިޓީގެ ބައިވެރިއެއް ކަމަށް ފާތުމަތު ޝާޒްމީ މުހައްމަދު ރާއްޖެއެމްވީ އަށް ބުންޏެވެ.

މާހެފުމުގެ ތެރެއިން

ދިރިއުޅުމުގައި ކިތަންމެ ބުރަކޮށް އުޅުނަސް އިޖުތިމާއީ ކަންކަމަށް އިސްކަން ދިނުމަކީ ވެސް މުހިންމު ކަމެއްކަން މި މާހެފުމުން ދައްކައިދެ އެވެ. ރަށުގެ އެކި ވަޒީފާތަކުގައި ބުރަކޮށް އުޅެމުން ދިޔަ ނަމަވެސް، އަންހެނުންނަކީ ރާވާލައިގެން ވަގުތު ހޯދައި ކަންކަން ކުރުމަށް މޮޅު ބައެއްކަން ވެސް މި މާހެފުމުން ފެނިގެން ދިޔަ އެވެ. މާހެފުމުގައި އިސްކޮށް ހަރަކާތްތެރިވި ކަންބަލުން ކުރަމުން ދިޔައީ އެންމެ ކަމެއް ނޫނެވެ. މި މާހެފުމަށް ރަށުގެ ގޭގެއަށް ދައުވަތު ކާޑު ވެސް ބެހި އެވެ. މާހެފުން އިންތިޒާމުކުރުމާއި ވަރުބަލިކަމެއް ނެތި ހަމަ އެ ކަނބަލުން ހަރަކާތްތެރިވި އެވެ. މާހެފުން އިންތިޒާމު ކުރެވިގެން ދިޔައީ ވަރަށް ވާދަވެރިކޮށެވެ.

ވާދޫގައި ބޭއްވި މާހެފުމުގެ ތެރެއިން

"މާހެފުން ދިޔައީ ވަރަށް ވާދަވެރިކޮށް، މާލެގައި ދިރިއުޅޭ ކަނބަލުން އިންތިޒާމުކުރި މާހެފުމަށް ވުރެ ރަށުގައި ބޭއްވި މާހެފުން ވަރުގަދަ ކުރުމަށްޓަކައި، ވައިބަރ ގްރޫޕްތަކުގައި ވެސް ބައެއް ކަންކަން ސިއްރުކުރިން. މިފަދަ ވާދަވެރިކަމަކީ އެކުވެރިކަން ވެސް ބަދަހިކޮށްދިން ކަމެއް،" މާހެފުން އިންތިޒާމް ކުރުމުގައި އުޅުނު ކަންބަލެއް ކަމަށްވާ ޝާޒް ބުންޏެވެ.

ކޮންމެ ކަމެއްގައި ވެސް ކާމިޔާބީގެ އަސްލަކީ ކަންބަލުންނެވެ. އެކަން މިފަހަރު ވާދޫގެ ކަންބަލުން ވެސް މިވަނީ ދައްކައިފަ އެވެ. ވާދޫ ކަނބަލުންގެ މާހެފުމަކީ ހަގީގަތުގައި ވެސް ތަފާތު، އަދި އެހެން ރަށްތަކަށް ވެސް ނަމޫނާ ހަރަކާތެކެވެ.

މާހެފުމުގެ ތެރެއިން

ކޮމެންޓް

އިތުރަށް ކިޔާލަން

ފިސާރި ކަނބަލުންގެ ސާބަސް ޤާނޫނުއަސާސީގެ ދިފާޢުގައި ނުކުތް އަންހެން ވަކީލުންނަށް!

ފިސާރި ކަނބަލުންގެ ސާބަސް ޤާނޫނުއަސާސީގެ ދިފާޢުގައި ނުކުތް އަންހެން ވަކީލުންނަށް!

24 ފެބުރުއަރީ 2018
ޝެއިޚް އިމްރާންގެ އަނބިކަނބަލުންގެ ހިތްދަތި އިހްސާސްތައް: ބައެއް ދަރިން ތިބެނީ ހާސްވެ ބިއްޖެހިފައި

ޝެއިޚް އިމްރާންގެ އަނބިކަނބަލުންގެ ހިތްދަތި އިހްސާސްތައް: ބައެއް ދަރިން ތިބެނީ ހާސްވެ ބިއްޖެހިފައި

25 ޖެނުއަރީ 2018
ބީޗް ކުރޫޒަރ: ވަރަށް ފުރިހަމަ، ދަތުރުކުރަން މިވަރެއް ނެތް!

ބީޗް ކުރޫޒަރ: ވަރަށް ފުރިހަމަ، ދަތުރުކުރަން މިވަރެއް ނެތް!

19 ޖެނުއަރީ 2018
ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

19 ނޮވެމްބަރު 2017
ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟

ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟

07 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު