Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މަސައްކަތްތެރިންގެ ހައްޤުތައް: ސިޔާސީ ފައިދާއަކަށް، ދައްކާ ސިޔާސީ ވާހަކައަށްވެފައި!

މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރުކުރުމަށް ކޮންމެ ސަރުކާރުންވެސް ގިނަ ވައުދުތަކެއްވޭ، އަމަލީ މަސައްކަތްތަކެއް ކުރެވިފައެއް ނުވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 1 މެއި 2019 | ބުދަ 14:21
މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި އެއްވުމުގެ ތެރެއިން

މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި އެއްވުމުގެ ތެރެއިން

ސިޔާސީ ގޮތުން އިދިކޮޅުގައި ތިބޭއިރު ކޮންމެ ބަޔަކުވެސް މޮޅެތި ވާހަކަދައްކަ އެވެ. އެވެނި ހައްޤެއް ކަށަވަރެއް ނުވެޔޭ، މިވެނިކަމެއް ކުރަންޖެހެޔޭ ބުނެ، އަޑު އުފުލާ ހަދަ އެވެ. އެގޮތުން މަސައްކަތްތެރިންގެ ހައްޤުތަކުގެ ވާހަކައަކީ އިދިކޮޅުގައި ތިބޭ ޕާޓީތަކުނާއި، ސިޔާސީ މީހުން އެންމެ ގަދަޔަށް ދައްކާ އެއް ވާހަކަ އެވެ.

މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރު ކުރުމަށް ޤާނޫނުތައް ހަދަންޖެހޭ ކަމާއި، އެ މީހުންނަށް ހައްޤު އުޖޫރައެއްދޭނެ ރަނގަޅު ނިޒާމެއް ޤާއިމްވާންޖެހޭ ކަމަށް ބުނެ ތަފާތު ވާހަކަދައްކަ އެވެ. "މިނިމަމް ވޭޖް" ނުވަތަ އެންމެ ދަށް މުސާރަ ކަނޑައެޅުމާއި، އެފަދަ ވާހަކަތަކަކީ އިވި ބާވެފައިވާ ވާހަކަތަކެވެ. ނަމަވެސް ހަޤީޤަތަކީ އަދާއި ހަމައަށް ވެސް މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރު ކޮށްދިނުމަށް މިދެންނެވި ސިޔާސީ ބޭފުޅުން ނުކުޅެދިފައިވާ ކަމެވެ. ބޮޑެތި މަހުޖަނުންނާއި، ނުފޫޒު ގަދަ ބޭފުޅުންގެ ދަށުގައި ސަރުކާރުތައް ތާށިވެފައިވާކަމެވެ.

އިދިކޮޅުގައި ތިބެ، އެ ހުރިހާ ވާހަކަތަކެއް ދެކުމަށް ފަހު، ސަރުކާރު ލިބުމާއެކު މަސައްކަތްތެރިންގެ ހައްޤުގައި އެ ދުވަހު ދެއްކި ވާހަކަތައް މަތިން އެއްކޮށް ހަނދާން ނައްތާލާކަމެވެ. ހައްޤުތައް ކަށަވަރު ނުކޮށްދެވޭކަމެވެ.

2008 ވަނަ އަހަރު ވަޒީފާއާއި ބެހޭ ޤާނުނަށް އަމަލުކުރަން ފަށައި، މަސައްކަތްތެރިންނަށް ގިނަ ހައްޤުތަކެއް ކަށަވަރު ކޮށްދިނެވެ. އެ ޤާނޫނާއިއެކު އޭރުގެ ސަރުކާރުގެ ތެރެއިން ވެސް މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރު ކޮށްދިނުމަށް ބައެއް މަސައްކަތްތައް ކުރެވިފައިވެއެވެ. ރާއްޖޭގައި މަސައްކަތްތެރިންގެ ދުވަސް، ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ފާހަގަކުރަން ފެށީ ވެސް އެ ސަރުކާރުގެ ތެރެއިންނެވެ. އަދި ޤާނޫނުގައި މަސައްކަތްތެރިންނަށް ކަށަވަރު ކޮށްދީފައިވާ ހައްޤުތައް، އޭގެ އެންމެ ފުޅާ މިނުގައި ދިނުމަށް އެ ސަރުކާރުގެ ތެރެއިން މަސައްކަތްތަކެއް ކުރެވިފައިވެއެވެ. ނަމަވެސް މިއަދާއި ހަމައަށް ވެސް އެ ޤާނޫނު އެންމެ ފުރިހަމަ ގޮތުގައި ތަންފީޒް ކުރެވިފައެއް ނުވެ އެވެ. އޭގެ އެއް މިސާލަކީ، މިނިމަމް ވޭޖެ އަދި ވެސް ކަނޑައެޅިފައިނުވުމެވެ. އެއީ ޤާނޫނުގައި ސަރުކާރުތަކުގެ މައްޗަށް ލާޒިމްކޮށްފައި އޮތްކަމެކެވެ.

2008 ވަނަ އަހަރު އުފެދުނު ސަރުކާރު ބަދަލުވެ، 2012 އިން ފެށިގެން މަސައްކަތްތެރިންނަށް ކުރިމަތިވެފަިއވަނީ އަނދިރި ދުވަސްތަކެކެވެ. ޤާނޫނުން ކަށަވަރު ކޮށްދީފައިވާ އެތައް ހައްޤުތަކެއް، ހަނިކޮށް، ޤާނޫނަށް ވެސް ބަދަލުތައް ގެނެސްފައިވެއެވެ. މަސައްކަތްތެރިން މަސައްކަތް ކުރަންޖެހުނީ ބިރުވެރި މާހައުލެއްގައެވެ. ހައްޤުތައް ހޯދުމަށް އަދު އުފުލުމަކީ ބޮޑު ކުށަކަށް އެ ސަރުކާރުންތަކުން އޮތީ ހަދާފަ އެވެ.

ނިމުނު 7 އަހަރު މަސައްކަތްތެރިން ކުރަންޖެހުނު ހިތް ދަތި ތަޖުރިބާ ހުރިހާ ރައްޔިތުން ވެސް ތަޖުރިބާކޮށްފަ ވާނެ އެވެ. މިއީ މައްސަލަތުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ހައްލުތަކުގެ ވާހަކައާއި އެކު އަމަލީ ސިފަ ގެންނަނީވީ ވަގުތު އެވެ.

މިއަދުގެ ސަރުކާރަކީ ވެސް އިދިކޮޅުގައި އޮތްއިރު، މަސައްކަތްތެރިންގެ ހައްޤުތަކުގައި ގިނަ ވާހަކަތަކެއް ދައްކައި، ވައުދުތައްވި ސަރުކާރެކެވެ. މަސައްކަތްތެރިންނަށް ހައްޤު އުޖޫރަ ލިބެންޖެހޭނެ ކަމާއި، ސާރވިސް ޗާޖު ލިބެންޖެހޭނެ ކަމަށް ވަކާލާތުކުރި ސަރުކާރެކެވެ. ވަޒީފާގެ ބިރުދެއްކުން ހުއްޓުމަކަށް ގެނައުމަށާއި، މަސައްކަތްތެރިންނަށް ރައްކާތެރިކަން ލިބެންޖެހޭނެ ކަމަށް ވަކާލާތުުކުރި ސަރުކާރެކެވެ. ޓީޗަރުންނާއި، އެހެނިހެން ދާއިރާތަކުގެ މަސައްކަތްތެރިންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނަންޖެހޭ ކަމަށް ގޮވާލި ސަރުކާރެކެވެ.

ސަރުކާރަށް ފަސްމަސް ވެގެންދިޔަައިރު، އޮތް ސުވާލަކީ މަސައްކަތްތެރިންގެ ހައްޤުތައް، ހިމާޔަތްކޮށްދީ، މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތަކަށް ލުޔެއް ހޯދައިދުމަށް އެންމެ އެކަށީގެންވާ މަސައްކަތްތަކެއް ސަރުކާރަށް ކުރެވިފައިވޭތޯ އެވެ. ތެދެކެވެ. މިނިމަަމް ވޭޖް ކަނޑައެޅުމަށް މަސައްކަތްތަކެއް ކުރެވިފަވެއެވެ. މަސައްކަތްތެރިންގެ ދުވަހު އެކަމަށް ހާއްސަ ބޯޑެއް ވެސް އެ ވަނީ އެކުލަވާލާފަ އެވެ. ނަމަވެސް މަސައްކަތްތެރިން ބޭނުންވާ އެންމެ ރަނގަޅު ނަތީޖާއެއް ފެނިގެންގޮޮސްފައެއް ނުވެ އެވެ.

ބޮޑެތި މަހުޖަނުން ހިންގީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒިފުން އަދިވެސް ތިބީ ނިކަމެތިކަންމަތީގަ އެވެ. ސާރވިސް ޗާޖްގެ ނަމުގައި ކޮންމެ ފަތުރުވެރިޔެއްގެ އަތުން ފައިސާ ނެގި ނަމަވެސް، މުވައްޒިފު މީހާއަށް އަދިވެސް އެ އިނާޔަތް ވެސް އޮތީ ނުލިބި އެވެ. އެކަމަށް ފާރަވެރިވާން އޮތް ފަތުރުވެރިކަމާއި ގުޅުން ހުރި ވުޒާރާ އެކަމުގައި އަދި އޮތީ ނިދާފަ އެވެ. ރިސޯޓުތަކުގެ އޯނަރުން ހަދަނީ ހިތު ހުރި އެއްޗެކެވެ.

އެހެންކަމުން އެކަމުގައި ވެސް މި ސަރުކާރަށް އެންމެ އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިވެޔެކޭ ނުބުނެވޭނެ އެވެ.

ދެންް އޮތީ ވަޒީފާގެ ބިރުދެއްކުމެވެ. މިސަރުކާރުން ގެނައި ހަރުދަނާ ބަދަލުތަކުގެ ތެރެއިން ވަޒީފާގެ ބިރުދެއްކުން ވަނީ ނަމަކަށް ގެނެސްފަ އެވެ. ސިޔާސީ ހަރަކާތްތަކުގައި މުވައްޒިފުން ޝާމިލްވުން މަޖުބޫރު ކުރަމުންގެންދިޔަަ ގެންދިއުން ވަނީ އެއްކޮށް ނައްތާލާފަ އެވެ. ނަމަވެސް މިދެންނެވި ބަދަލު ހަމައެކަނި ފެނިގެންގޮސްފައި ވަނީ ދައުލަތުގެ އިދާރާތަކުގެ ތެރެއިންނެވެ. ސިވިލް ސާރވިސްއާއި، ސަރުކާރުގެ ކުންްފުނިތަކުގެ ތެރެއިންނެވެ. ޕްރައިވެޓް ސެކްޓާރގައި މަސައްކަތްކުރާ އެތައް މުވައްޒިފުންނެއް އަދިވެސް ވަޒީފާގެ ބިރާ ކުރިމަތިލާންޖެހިފައިވެއެވެ. ސިޔާސީ މީހުންގެ ބިރާއެކު މަސައްކަތް ކުރަންޖެހިފައިވެއެވެ.

މި ސަރުކާރުން ގެނައި ހަރުދަނާ ބަދަލުތަކުގެ ތެރެއިން، ވިހެެއުމުން ލިބޭ ޗުއްޓީ އިތުރުކުރުމަށް ނިންމި ނިންމުން ފާހަގަކޮށްލެވެ އެވެ. ނަމަވެސް އެ ނަސީބު ވެސް އަދި ލިބެނީ ހަމައެކަނި ދައުލަތުގެ ވަޒީފާތަކުގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށެވެ. ޕްރައިވެޓް ސެކްޓާރގައި މަސައްކަތްކުރާ ފަރާތްތަކަށް އެ ނަސީބު ވެސް ލިބިފައެއް ނުވެ އެވެ.

ސިވިލްް ސަރވިސާއި، ދައުލަތުގެ އެކި ވަޒީފާތަކުގައި މަސައްކަތް ކުރާ، މަސައްކަތްތެރިންނާއި، ޕްރައިވެޓް ސެކްޓާރގައި މަސައްކަތް ކުރާ މުވައްޒިފުންނާއި ދެމެދު ބޮޑެތި ތަފާތުކުރުންތަކެއް އަދިވެސް އެބަހުރި އެވެ. އެ ފަރަގު ނައްތާލުމަކީ ސަރުކާރަކަށް ފަސޭހަކަމަކަށް ވެސް ނުވާނެ، ނަމަވެސް އެކަމުގައި ވެސް މި ސަރުކާރު ކުރިއެރުންތަކެއް ހޯދާފައިވެޔޭ ބުނެވިދާނެ އެވެ.

ދެން އޮތީ ހައްލުތަކުގެ ވާހަކަ އެވެ. ސަރުކާރު ހިންގާ މައި ޕާޓީން އެކުލަވާލި އެޖެންޑާ 19 ގައި މަސައްކަތްތެރިންގެ ހަޢްޤުތައް ކަށަވަރުކުރުމަށް ކުރާނެ ފުރިހަމަ ޕްލޭނެއް ވަނީ އެކުލަވާލާފަ އެވެ. ވަޒީފާ ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކަށް އިނާޔަތް ދިނުމާއި ހިސާބުން ފެށިގެން ގޮސް، ޖޮބް ސެންޓަރުތައް ޤާއިމްކުރުމާއި، މިނިމަމް ވޭޖް ކަނޑައެޅުމާއި، ސަރވިސް ޗާޖުން ވައްކަން ކުުރުން ހުއްޓުމަށް ޤާނޫނީ އޮނިގަނޑަށް ގެންނާނެ ފުރިހަމަ ބަދަލުތަކެއް ހިމަނާފައިވެއެވެ.

އެހެންކަމުން އެޖެންޑާ 19 ތަންފީޒް ކުރެވިއްޖެނަމަ މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރުކުރެވި، ރަނގަޅު ބަދަލުތަކެއް ފެންނާނެ ކަމަށް ބެލެވެ އެވެ. ދެން އޮތީ އެ މަސައްކަތް އަވަހަށް ފެށުމެވެ. ނަތީޖާ ނެރެދިނުމެވެ. ރައްޔިތުން ސަރުކާރު ހިންގާ މައި ޕާޓީއަށް މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ދިން ސަބަބުތަކުގެ ތެރޭގައިވެސް އެކަންކަން އަވަހަށް ތަންފީޒްކޮށް ދިނުން ހިމެނެ އެވެ.

މަސައްކަތްތެރިންގެ ހައްޤުތަކުގެ ވާހަކައަކީ ހަމައެކަނި ސިޔާސީ ބޭނުމަށް ދައްކާ ވާހަކައެއްގެ ބަދަލުގައިި އަމަލީ ސިފައެއް އެކަމަށް ގެނައުމަށް އެމްޑީޕީއަށް ރައްޔިތުން އެވަނީ ފުރުސަތުދީފަ އެވެ. ރައްޔިތުން މިއަދު ތިބީ އެކަމުުގެ އިންތިޒާރުގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ

!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ

26 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު