Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގް: ޓޯޓެންހަމް ބަލިކޮށް އަޔަކްސް ފައިނަލާ ގާތަށް

1 މެއި 2019 | ބުދަ 12:51

މެޗުން އަޔަކްސް މޮޅުވީ 1-0 ގެ ނަތީޖާއަކުން

އަމަން ހަލީމް
އަމަން ހަލީމް | 1 މެއި 2019 | ބުދަ 12:51
އަޔަކްސްއަށް ލަނޑު ކާމިޔާބުކޮށް ދިނުމަށް ފަހު އުފާފާޅުކުރަނީ

އަޔަކްސްއަށް ލަނޑު ކާމިޔާބުކޮށް ދިނުމަށް ފަހު އުފާފާޅުކުރަނީ

ޔޫއެފާ ޗެމްޕިއިންސް ލީގުގައި އިނގިރޭސި ކްލަބެއް ކަމުގައިވާ ޓޮޓެންހަމް އެ ޓީމުގެ އަމިއްލަ ދަނޑުގައި ބަލިކުރުމަށް ފަހު ހޮލެންޑަށް ނިސްބަތްވާ އަޔަކްސް ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުގައި އަޔަކްސް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. ޓޮޓެންހަމް ހޮޓްސްޕަރ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ހާފު ފެށުނީއްސުރެން ރަނގަޅަށް ކުޅެމުން އައިސްފައިވަނީ، ރަށުން ބޭރުގައި ކުޅުނު އަޔަކްސްއިންނެވެ. އެގޮތުން އެ ޓީމުގެ މޮޅު ޕާސިންގ އާއި މޫވްމަންޓް ގޭމް ފެނިފައި ޓޮޓެންހަމްގެ ކުޅުންތެރިން ތިބީ ގޮތް ހުސްވެފައެވެ.

އަޔަކްސްގެ މޮޅު ކުޅުމުގެ ނަތީޖާއަކަށްވީ، މެޗުގެ ފަނަރަވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ލީޑު އަޔަކްސްއިން ނެގީއެވެ. އަޔަކްސްގެ ލަނޑު ކާމިޔާބު ކޮށްދިނީ ވެން ޑެ ބީކްއެވެ. ވެން ޑެ ބީކް ލަނޑުޖަހަން މަގުފަހިކޮށްދިނީ ހާކިމް ޒިޔެކްގެ މޮޅު ޕާހެކެވެ. ޑަޗް އެރިޑެވިސީ ލީގުގެ އެއްވަނައިގައި އޮތް އަޔަކްސްއިން މި މެޗު ނިމެން ކައިރިވެފައި ވަނިކޮށް ދެވަނަ ލަނޑު ކާމިޔާބު ނުކުރީ ހަމަ ކިރިޔާއެވެ. ޑޭވިޑް ނެރެސް ފޮނުވާލި ބޯޅަ އައީ ހުރަސް ދަނޑީގައި ޖެހިފައި ބޭރަށެވެ.

މި އަހަރުގެ ޗެމްޕިއަންސް ލީގުގައި ޔޫރަޕުގެ ފުޓުބޯޅައިގެ ދެ ބާރު ކަމުގައިވާ ރިއާލް މެޑްރިޑާއި ޔުވެންޓަސް ކަޓުވާލާފައިވާ އަޔަކްސްއަށް މި ނަތީޖާއާ އެކު ފައިނަލަށް ދިޔުމުގެ ފުރުސަތު ބޮޑެވެފައިވާ އިރު، މި މެޗުގެ ދެވަނަ ލެގު ކުޅޭނީ އަޔަކްސް ދަނޑުގައެވެ.

މި މެޗުގައި ޓޮޓެންހަމުން ވެސް އަޔަކްސްއިން ލަނޑުޖެހުމާ އެކު ކުޅުން ރަނގަޅު ކޮށްފައިވާ އިރު، އެ ޓީމު ފެނުނީ ހިލޭ ޖެހުންތަކުގައި އަޔަކްސްގެ ޒުވާން ޓީމަށް އުނދަގޫތަކެއް ކުރިމަތިކުރުވަމުން ގެންދިޔަ މަންޒަރެވެ. ނަމަވެސް އެ ޓީމުން ފޮނުވާލި ގިނަ ހަމަލާތައް ދިޔައީ ގޯލު ކައިރިން ބޭރަށެވެ. އަނިޔާގައި ހުރި ހެރީ ކޭންއާއި ސަސްޕެންޝަނުގައި ހުރި ސޮން ހޮންގ މިންއާ ނުލާ ކުޅުނު ޓޮޓެންހަމުން ދެވަނަ ލެގުގައި ކުރަން ޖެހިފައިވާ މަސައްކަތް އިތުރުވެފައިވާ އިރު، މި މެޗުގައި އެ ޓީމުގެ ވަޓޮންހެން ވަނީ ބޮލަށް ލިބުނު އަނިޔާއަކާއި ގުޅިގެން މެޗުގެ މެދުތެރެއިން ބާލުވާފައެވެ.

ޓޮޓެންހަމްއަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލެއްގައި އަލަށް ކުޅެމުން އަންނަ އިރު، މިއީ 1996ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ފަހުން އަޔަކްސް ވެސް ސެމީ ފައިނަލެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މެ ދެ ޓީމުން ދެވަނަ ލެގު ކުޅެން ހަމަޖެހިފައިވަނީ އަންނަ ހަފުތާގެ ބުދަ ދުވަހުގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް