Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އެވެންޖަރޒް: އެންޑްގޭމް

''އެވެންޖަރޒް: އެންޑްގޭމް'' އަށް ފުރަތަމަ ހަފްތާ ބަންދުގައި 1.2 ބިލިއަން ޑޮލަރު!

ފުރަތަމަ ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީ ހޯދި ރިކޯޑް މީގެ ކުރިން ވެސް އޮތީ ''އެވެންޖަރޒް'' ޕްރެންޗައިސްގެ ފިލްމެއްގެ އަތުގައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 30 އެޕްރީލު 2019 | އަންގާރަ 06:08
\'\'އެވެންޖަރޒް: އެންޑްގޭމް\'\'ގެ ޕޯސްޓަރ

\'\'އެވެންޖަރޒް: އެންޑްގޭމް\'\'ގެ ޕޯސްޓަރ

މާވެލް އާއި ޑިޒްނީގެ "އެވެންޖަރޒް: އެންޑްގޭމް" އިން ދަނީ ދުނިޔޭގެ ބޮކްސް އޮފީސް ރިކޯޑްތައް މުގުރަމުންނެވެ.

ނިމިގެން ދިޔަ ހަފްތާ ބަންދުގައި ރިލީޒްކުރި މި ފިލްމަށް ފުރަތަމަ ހަފްތާ ބަންދުގައި 1.2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އަދި ހުކުރު ދުވަހު އެކަނި "އެވެންޖަރސް: އެންޑްގޭމް" އަށް 156 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު، މީގެ ކުރިން މި ރިކޯޑް އޮތީ 129 މިލިއަން ޑޮލަރާ އެކު 'ސްޓާ ވޯޒް: ދަ ފޯސް އަވޭކަންސް' އަތުގައެވެ.

ފުރަތަމަ ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީ ހޯދި ރިކޯޑް މީގެ ކުރިން ވެސް އޮތީ 'އެވެންޖަރޒް' ފްރެންޗައިސްގެ ފިލްމެއް އަތުގައެވެ. އެއީ 2018 ވަނަ އަހަރު ރިލީޒް ކުރި 'އެވެންޖަރޒް: އިންފިނިޓީ ވޯ' އެވެ. އެ ފިލްމަށް ފުރަތަމަ ހަފްތާ ބަންދުގައި 640 މިލިއަން ޑޮލަރު ލިބިފައި ވެއެވެ. އަދި ރިލީޒް ކުރިތާ 11 ދުވަހުގެ ތެރޭގައި އެ ފިލްމަށް އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

"އެވެންޖަރޒް: އިންފިނިޓީ ވޯ" ވެގެން ދިޔައީ 2018 ވަނަ އަހަރުގެ އެންމެ ކާމިޔާބު ފިލްމަށެވެ. އެ ފިލްމަށް 2.048 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައި ވެއެވެ. ނަމަވެސް، މިހާތަނަށް ރިލީޒް ކުރި ހުރިހާ ފިލްމަކަށް ބަލާއިރު، މި ފިލްމް އޮތީ ހަތަރު ވަނައިގައެވެ. އެއްވަނައިގައި އޮތީ 2009 ވަނަ އަހަރު ރިލީޒް ކުރި "އެވެޓަރ" އެވެ. އެ ފިލްމަށް 2.79 ބިލިއަން ޑޮލަރު ލިބިފައި ވެއެވެ. އަދި 2.12 ބިލިއަން ޑޮލަރާ އެކު ދެވަނައިގައި ވަނީ 1997 ވަނަ އަހަރު ރިލީޒްކުރި "ޓައިޓޭނިކް" އެވެ. އަދި ތިން ވަނައިގައި ވަނީ 2.07 ބިލިއަނާ އެކު "ސްޓާ ވޯޒް: ދަ ފޯސް އަވޭކަންސް" އެވެ.

"އެވެންޖަރޒް: އެންޑްގޭމް" އަށް ފުރަތަމަ ހަފްތާ ބަންދުގައި އެއް ބިލިއަނަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާއިރު، އެމެރިކާ އިން އެކަނި ވެސް ވަނީ 350 މިލިއަން ޑޮލަރު ލިބިފައެވެ. މި ރިކޯޑް ވެސް ކުރިން އޮތީ 'އެވެންޖަރޒް: އިންފިނިޓީ ވޯ' އަތުގައެވެ. އެ ފިލްމަށް ލިބިފައި ވަނީ 250 މިލިއަން ޑޮލަރެވެ.

މީގެ އިތުރުން، ޑިޒްނީން ބުނި ގޮތުގައި "އެވެންޖަރޒް: އެންޑްގޭމް" އިން ވަނީ ފްރާންސް، ބްރެޒިލް، ޗައިނާ އަދި އިތުރު 30 މާކެޓެއްގެ ވެސް ރިކޯޑް މުގުރާލާފައެވެ.

ފިލްމް ރިލީޒް ކުރުމުގެ ކުރިން މި ފިލްމުން ވަނީ ޕްރީ-ސޭލް ރިކޯޑްތައް ވެސް މުގުރާލާފައެވެ. އަދި 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒް ކުރި އެ ފިލްމްގެ ޓްރެއިލަރ އަކީ ވަނީ 24 ގަޑި އިރު ތެރޭ އެންމެ ގިނަ ވިއުޒް ލިބުނު ފިލްމު ޓްރެއިލަރ އެވެ. ޓްރެއިލަރއަށް 24 ގަޑި އިރު ތެރޭ 289 މިލިއަން ވިއުޒް ވަނީ ލިބިފައެވެ.

"އެވެންޖަރޒް: އެންޑްގޭމް" އަކީ "އަޔަންމޭން" އާއެކު 2008 ވަނަ އަހަރު ފެށި މި ފްރެންޗައިސްގެ 22 ވަނަ ފިލްމެވެ. ރާއްޖޭގައި ވެސް ދަނީ މި ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

14 މާރިޗު 2017
"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

11 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017
ސަލްމާން ހާންގެ "ޓިޔުބްލައިޓް"  ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

ސަލްމާން ހާންގެ "ޓިޔުބްލައިޓް" ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު