Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިޓާލިއަން ލީގު

އިޓާލިއަން ލީގު : ކްލަބް ލެވެލްގައި ރޮނާލްޑޯ ހަމަކުރި 600 ވަނަ ގޯލާއެކު ޔުވެންޓަސް ސަލާމަތްވެއްޖެ

ޔުވެންޓަސްއާއި އިންޓަމިލާން ވާދަކުރި މެޗު ނިމުނީ 1-1

މިއުނާ ހަސަން
މިއުނާ ހަސަން, ރާއްޖެ އެމްވީ | 28 އެޕްރީލު 2019 | އާދީއްތަ 17:18
ރޮނާލްޑޯ އާއި ޔުވެންޓަސްގެ ބައެއް ކުޅުންތެރިން

ރޮނާލްޑޯ އާއި ޔުވެންޓަސްގެ ބައެއް ކުޅުންތެރިން

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހު އިންޓަމިލާނާއި ޔުވެންޓަސް ވާދަކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.

ޔުވެންޓަސްއާއި އިންޓަމިލާން ވާދަކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ.

އިންޓަރމިލާނުގެ ދަނޑުގައި ކުޅުނު މިމެޗު ފެށިގެން މާގިނަ އިރުތަކެއް ނުވަނިސް މެޗުގެ ހަތް ވަނަ މިނެޓުގައި އެ ޓީމުން ވަނީ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑް ނަގާފައެވެ.

އެހެން ނަމަވެސް މެޗުގައި ބާކީބައިގައި ޔުވެންޓަސްއިން ކުޅުން ރަނގަޅުކޮށް އެ ޓީމުން ވަނީ އިންޓަރގެ ފަހަތަށް ބާރުބޮޑުކޮށް ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ފުރަތަމަ ހާފްގައި ޔުވެންޓަސްއަށް ވަނީ ނަތީޖާ ނެރެވޭ ގޮތް ނުވެފައެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާ އަކުން އިންޓަރ ލީޑްގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޔުވެންޓަސްގެ ކުޅުން އިތުރަށް ރަނގަޅުކޮށް، ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅުނީ އެ ޓީމުންނެވެ. އެ ގޮތުން މެޗުގެ 62 ވަނަ މިނެޓުގައި މާލެމް ޕިއޮނިޗްގެ އެހީތެރި ކަމާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މި ލަނޑާއެކު ކްލަބް ކެރިއަރުގައި ރޮނާލްޑޯ ކާމިޔާބުކުރި ލަނޑުގެ އަދަދު 600 އަށް އަރައެވެ. ރޮނާލްޑޯ 803 މެޗުން ޖެހި 600 ގޯލުގެ ތެރޭގައި ހިމެނެނީ ޕޯޗުގަލްގެ ސްޕޯޓިން އަށް ޖަހައިދިން ފަސް ގޯލާއި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑަށް ކާމިޔާބު ކޮށްދިން 118 ގޯލް އަދި ސްޕެއިނުގެ ރެއާލް މެޑްރިޑަށް ޖަހައިދިން 450 ގޯލާއި ޔުވެންޓަސްއާ މި ސީޒަނުގައި ޖަހައިދިން 27 ގޯލެވެ.

ރޮނާލްޑޯއާއި އެންމެ ގާތުން ވާދަކުރާ ބާސެލޯނާގެ ލިއޮނަލް މެސީ ހޮނިހިރު ދުވަހުގެރޭ ސްޕެނިޝް ލީގުގައި ލެވަންޓޭ ކޮޅަށް ޖެހި ގޯލާ އެކު 682 މެޗުން 598 ގޯލް ވަނީ ހަމަކޮށްފައެވެ. ރޮނާލްޑޯއާ ހަމަކުރަން މެސީ އަށް ބޭނުން ވަނީ އެންމެ ދެ ގޯލެވެ. ރޮނާލްޑޯއާ ދާދި އެއްވަރެއްގައި މެސީ ހިފަހައްޓާފައި ވަނީ ރޮނާލްޑޯއަށް ވުރެ 121 މެޗު މަދުން ކުޅެގެންނެވެ.

މި ދެ ކުޅުންތެރިންނަށް ވުރެ ގިނައިން ކްލަބް ލެވެލްގައި ލަނޑު ޖަހާފައިވަނީ 1120 މެޗުން 1033 ލަނޑު ޖަހާފައިވާ ބްރެޒިލްގެ ޕެލޭ އާއި 886 މެޗުން 679 ގޯލް ޖަހާފައިވާ ބްރެޒިލްގެ ރޮމާރިއޯ އާއި 707 މެޗުން 653 ގޯލް ޖަހާފައިވާ ޖަރުމަނުގެ ގާޑް މުލާ އަދި 629 މެޗުން 622 ގޯލް ޖަހާފައިވާ ހަންގޭރީގެ ފްރެންކް ޕުސްކަސް އެވެ.

ހޮނިހިރު ދުވަހުގެ މެޗުން ޔުވެންޓަސް އެއްވަރުވިއިރު އެ ޓީމު އިޓާލިއަން ލީގު ތާވަލުގެ އެއްވަނާގައި އޮތީ ކުޅުނު 34 މެޗުން ހޯދި 88 ޕޮއިންޓާއެކުއެވެ. ދެވަނާގައި ނަޕޯލީ 34 މެޗުން ހޯދި 70 ޕޮއިންޓާއެކު އޮތްއިރު، އިންޓަރ އޮތީ ތާވަލުގެ ތިންވަނާގައި 34 މެޗުން ހޯދި 62 ޕޮއިންޓާއެކުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު