Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަމީނިއްޔާ ސްކޫލުގެ ޑައިމަންޑް ޖުބުލީ

އަމީނިއްޔާ ސްކޫލުގެ ޑައިމަންޑް ޖުބުލީ ފުޓްބޯޅަ މެޗު މިރޭ ގަލޮޅު ދަނޑުގައި

27 އެޕްރީލު 2019 | ހޮނިހިރު 14:44

މިރޭގެ މެޗުގައި މިހާރުގެ ޕްރޮފެޝަނަލް އަންހެން ފުޓްބޯޅަ ކުޅުންތެރިން ހިމެނޭ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 27 އެޕްރީލު 2019 | ހޮނިހިރު 14:44
އަމީނިއްޔާ ސްކޫލުގެ އައު އިމާރާތް

އަމީނިއްޔާ ސްކޫލުގެ އައު އިމާރާތް

އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ ގޮތުން ބާއްވާ ޚާއްސަ ފުޓްބޯޅަ މެޗެއް މިރޭ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި އޮންނާނެ ކަމަށް އެސްކޫލުގެ އިސްދަރިވަރެއް ކަމުގައިވާ ޑރ. އާމަލު އަލީ ވިދާޅުވެއްޖެ އެވެ.

ރާއްޖެއެމްވީއަށް މައުލާމާތު ދެއްވަމުން ޑރ. އާމާލު ވިދާޅުވީ އަމީނިއްޔާ ސްކޫލުގެ ހަޔާތުން 75 އަހަރު ފުރިގެން ދިއުމަކީ ކުޑަކުޑަކަމެއް ނޫން ކަމަށާއި އެހެންކަމުން މި މުނާސަބަތު ފާހަގަ ކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ހަރަކާތަކީ މިރޭ އޮންނަ ފުޓްބޯޅަ މެޗު ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ގިނަ ދުވަސްތަކެއް ވަންދެން އެސްކޫލުގެ ޕްރިންސިޕަލް ކަން ވެސް ކުރަށްވާފައިވާ ޑރ. އާމާލު ވިދާޅުވީ މިރޭ ދެ މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި އެސްކޫލުގެ އިސްދަރިވަރުންގެ ދެޓީމް ވާދަ ކުރާއިރު ދެވަނަ އަށް ބައްދަލު ކުރާނީ އެ ސްކޫލުގެ ފިރިހެން ޓީޗަރުންނާއި މިހާރުގެ ފިރިހެންދަރިވަރުންގެ ޓީމް ކަމަށެވެ.

މިރޭ ކުޅޭ އިސްދަރިވަރުންގެ މެޗްގައި ރާއްޖޭގެ މިހާރުގެ ޕްރޮފެޝަނަލް އަންހެން ފުޓްބޯޅަ ކުޅުންތެރިންގެ އިތުރުން އެފްއޭއެމްގެ ވައިސް ޕްރެޒިޑެންޓް އައިމިނަތު ނާޒިމާޔާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމް ހިމެނި ވަޑައިގަންނަވައެވެ.

ޑައިމަންޑްޖުބުލީ ފާހަގަ ކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ފުޑް ފެއާ އަކާއި އާޓް އެންޑް ކުރާފްޓް މުބަރާތުގެ އިތުރުން ބައިސްކަލް ދުއްވުމުގެ މުބާރާތެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ. އަދި "ގޯ ގްރީން" ގެ ނަމުގައި އަމީނިއްޔާ ސްކޫލު ފެހި ކުރުމުގެ ގޮތުން ގަސްއިންދުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ވެސް ރާއްޖޭގައި ފާހަގަ ކޮށްލެވޭ ގިނަ ފަރާތްތަކަކީ އެސްކޫލުން ތައުލީމް ހާސިލުކޮށްފައިވާ ފަރާތްތަކެއް ކަމަށްވާއިރު އޭގެ ތޭރޭގައި ދެވަނަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސްގެ އަނބިކނބަލުން އިބްރާހިމް ނާސިރު ( އޭރުގެ ރަންނަބަނޑޭރި ކިލެގެފާނު) ގެ އަނބިކަނބަލުން ނަސީމާ މުހައްމަދު ކަލޭފާނާއި ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމާއި ދެވަނަ ޖުމްހޫރިއްޔާގެ ތިންވަނަ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީއާއި ދެވަނަ ޖުމްހޫރިއްޔާގެ ހަތަރުވަނަ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ އަނބިކަނބަލުން އިލްހާމް ހުސައިނާއި ދެވަނަ ޖުމްހޫރިއްޔާގެ ފަސްވަނަ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމާއި މިހާރުގެ ރައީސް އިބްރާހިމް މުހަމަދު ސޯލިހުގެ އަނބިކަނަބަލުން ފަޒުނާ އަހުމަދަކީ ވެސް އަމީނިއްޔާ ސްކޫލުން ތައުލީމު ހާސިލް ކުރައްވާފައިވާ ބޭކަނބަލުންނެވެ. އަދި މި ފަހުރު ޝެއާ ކުރެވޭނެ އެހެން އެއްވެސް ސްކޫލެއް ނުހުންނާނެ ކަމަށް އާމަލު ވިދާޅުވިއެވެ.

ޑައިމެންޑް ޖުބުލީ ނިންމާ ހަރަކާތެއްގެ ގޮތުގައި "ފަޔަރ ވޯކް" އާ އެކު ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެސްކޫލުން މައުލޫމާތު ލިބެއެވެ.

އަމީނިއްޔާ ސްކޫލުގެ ބާނީއަކީ ސުމުއްވުލް އަމީން މުހައްމަދުއަމީން ދޮށިމޭނޭކިލެގެފާނެވެ. އަމީނިއްޔާ ސްކޫލުގެ އަހަރީ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

31 ޑިސެމްބަރު 2017

އެމް.އޭ.އެމް ބިޒްނަސް ސްކޫލުގެ އެންމެ ފުރަތަމަ ބެޗުގެ ދަސްވެނިވުން ބާއްވައިފި

31 ޑިސެމްބަރު 2017
އެމް.އޭ.އެމް ބިޒްނަސް ސްކޫލުގެ އެންމެ ފުރަތަމަ ބެޗުގެ ދަސްވެނިވުން ބާއްވައިފި
13 ނޮވެމްބަރު 2017

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސްއާ ގުޅޭ ވެބްސައިޓެއް ތައާރަފްކޮށްފި

13 ނޮވެމްބަރު 2017
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސްއާ ގުޅޭ  ވެބްސައިޓެއް ތައާރަފްކޮށްފި
02 ނޮވެމްބަރު 2017

އެކަނި އަރައިގެން ފުޓްބޯޅަ ކުޅެން ރައީސް ޔާމީނަށް ޖާގައެއް ނުދޭނަން: ޑރ. ހުސެއިން ރަޝީދު

02 ނޮވެމްބަރު 2017
އެކަނި އަރައިގެން ފުޓްބޯޅަ ކުޅެން ރައީސް ޔާމީނަށް ޖާގައެއް ނުދޭނަން: ޑރ. ހުސެއިން ރަޝީދު
24 އޯގަސްޓު 2017

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ސައިންސް ފެއާ ބާއްވައިފި

24 އޯގަސްޓު 2017
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ސައިންސް ފެއާ ބާއްވައިފި
17 އޯގަސްޓު 2017

ގައްދޫ ސްކޫލުގެ ގްރޭޑް 3ގެ ދަރިވަރުން ސްކޫލަށް ނުފޮނުވަން ބެލެނިވެރިން ނިންމައިފި

17 އޯގަސްޓު 2017
ގައްދޫ ސްކޫލުގެ ގްރޭޑް 3ގެ ދަރިވަރުން ސްކޫލަށް ނުފޮނުވަން ބެލެނިވެރިން ނިންމައިފި
14 އޯގަސްޓު 2017

ފީބޯ އަހްމަދު މަނިކުގެ ފުޓްބޯޅަ މެޗެކޭ ރައީސް ޔާމީންގެ ތަހުގީގެކޭ ތަފާތެއް ނެތް!

14 އޯގަސްޓު 2017
 ފީބޯ އަހްމަދު މަނިކުގެ ފުޓްބޯޅަ މެޗެކޭ ރައީސް ޔާމީންގެ ތަހުގީގެކޭ ތަފާތެއް ނެތް!
30 ޖޫން 2017

ރާއްޖޭގައި ބަބްލް ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

30 ޖޫން 2017
ރާއްޖޭގައި ބަބްލް ފުޓްބޯޅަ މުބާރާތެއް ބާއްވަނީ
12 ފެބުރުއަރީ 2017

މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި

12 ފެބުރުއަރީ 2017
މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް