Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެންސީ

ޔާމީނަށް ތިން ދުވަސް ތެރޭ ޕާޓީ އެއް ވުޖޫދަށް ގެނެވުނު، މައުމޫނަށް ތިން މަސް ވީއިރުވެސް ނުވި: އަދުރޭ

27 އެޕްރީލު 2019 | ހޮނިހިރު 06:42

ރައީސް ޔާމީން ނޫން ލީޑާޝިޕެއްގެ ފަހަތަގައި ނުހުންނަވާނެ ކަމަށް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 27 އެޕްރީލު 2019 | ހޮނިހިރު 06:42
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތިން ދުވަސް ތެރޭ ޕީއެންސީ ވުޖޫދަށް ގެނެވުނުއިރު، ރައީސް މައުމޫނަށް ތިން މަސް ދުވަސްވީ އިރުވެސް އެމްއާރްއެމް ނުއުފެއްދުނު ކަމަށް ޕީއެންސީގެ ރައީސް ކަމަށް ހުކުރު ދުވަހު ހޮވިވަޑައިގަތް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެ.އެމްވީއަށް ދިން ހާއްސަ އިންޓަވިއުއެއްގައި އަދުރޭ ވިދާޅުވީ، ޕީއެންސީގެ ހަގީގީ ރައީސް އަކީ ޔާމީން ކަމަށާއި، އެ ޕާޓީ އަކީ އެމަނިކުފާނު ބޭނުންފުޅުވެގެން އުފެއްދި ޕާޓީއެއް ކަމަށެވެ.

Advertisement - newsAdvertisement

އަދި ތިން ދުވަސް ތެރޭގައި އެ ޕާޓީ ވުޖޫދަށް އައުމުން އަންގައި ދެނީ ޔާމީނަށް އޮތް ތާއީދު ކަމަށް އޭނާ ވިދާޅުވިއެވެ.

''ރައީސް ޔާމީނަށް އޮތް ތާއީދަކުން ނޫންތޯ ދެތިން ދުވަސް ތެރޭ ސިޔާސީ ޕާޓީއެއް ވުޖޫދު ކުރެވުނީ. އަޅުގަނޑުމެނަށް އެބަ ފެނޭ އަޅުގަނޑުމެންގެ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ޕާޓީއެއް އުފައްދަވަން ވެގެން އުޅުއްވާތާ ތިން ހަތަރު މަސް ވެގެން ހިނގައްޖެ. އަދިވެސް ޕާޓީ ވުޖޫދަކަށް ނާދޭ.'' އޭނާ ވިދާޅުވިއެވެ.

ރައީސް މައުމޫނު އިސްވެ ހުންނަވާ އެމްއާރްއެމްގެ ނަމުގައި ޕާޓީއެއް އުފައްދަން އިލެކްޝަން ކޮމިޝަނުން ހުއްދަދީފައި ވަނީ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. އެޕާޓީ އަށް 3000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އަދުރޭ ވިދާޅުވީ، ދެން އެންމެ އަވަހަށް ސިޔާސީ ހަރަކާތެއްގެ ގޮތުގައި އެ ޕާޓީން ކުރަން ހަމަޖެހިފައިވާ ކަމަކީ، ރަށްރަށުގައި ތިބި އެ ޕާޓީގެ މެމްބަރުންނާއި ޕާޓީއާ ދެމެދު ގާތް ގުޅުން ބޭއްވުން ކަމަށެވެ. އޭގެ ތެރޭގައި، ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް ވަރަށް ފޯރިއާއި އެކު ކުރިޔަށް ގެންދާނެ ކަމަށާއި، ސަރުކާރުން ކުރާ ކަންތައްތައް ވަރަށް ގާތުން ބަލައި މި ސަރުކާރުން ކުރާ ނުރަނގަޅު ކަންތައްތައް ރައީސް ސޯލިހުގެ ސަމާލު ކަމަށް ގެންނަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެގޮތުން ދަރުވަމަންތަ ހޮސްޕިޓަލް އިންޑިއާގެ ކުންފުންޏަކަށް ދޭން އުޅޭ ކަމުގެ އަޑުތައް ފެތުރެމުންދާ ކަމަށާއި، އެ ވާހަކަތަކަކީ ހަގީގީ ވާހަކަތަކެއްތޯ ބަލަމުންދާ ކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީންއާ އެއްވެސް ކަހަލަ ދެބަސްވުންތަކެއް އުފެދިދާނެތޯ ސުވާލު ކުރުމުން ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުންދާ އަބްދުއްރަހީމް ވިދާޅުވީ، ޔާމީނާ ދެބަސްވާނެ ހާލަތެއް މެދުވެރި ނުވާނެ ކަމަށާއި، ޔާމިން ސިޔާސީ މައިދާނުގައި ހުރިހާ ދުވަހަކު އޭނާ ވެސް ހުންނާނެ ކަމަށެވެ.

''ރައީސް ޔާމީނާ ވަކިން ސިޔާސީ މަސައްކަތެއް ކުރާކަށް އަޅުގަނޑެއް ނުދާނަން. ރައީސް ޔާމީން ނޫން ލީޑާޝިޕެއްގެ ފަހަތަށް އަޅުގަނޑެއް ނުދާނަން. ލީޑަރެއްގެ ފަހަތައް ވެސް ނުދާނެ. އެމަނިކުފާނާއި ވަކިން މަސައްކަތް ކުރަން ޖެހިއްޖެއްޔާ އަޅުގަނޑު ސިޔާސީ މައިދާނުން ދުރަށް ދާނަން. ހަގީގަތަކީ ޕީއެންސީގެ ވެސް އަސްލު ރައީސް ޔާމީން'' ވިދާޅުވިއެވެ.

ހުކުރު ދުވަހު ބޭއްވި ޕީއެންސީ ކޮންގްރެސްގައި އެ ޕާޓީގެ ރައީސް ކަމަށް އަބްދުއްރަހީމް ހޮވިވަޑައިގެންނެވީ އޮޓޮމެޓިކުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް