Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސްރީ ލަންކާގެ ބޮމުގެ ހަމަލާ

ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!

ލަންކާއަށް އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާގައި 250 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 25 އެޕްރީލު 2019 | ބުރާސްފަތި 18:43
ލަންކާއަށް އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާގައި 250 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައި

ލަންކާއަށް އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާގައި 250 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައި

ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް 50 އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރުމުން އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުގެ މަސައްކަތް ވަރަށް ހަލުވިހެން ހީވެއެވެ. ނަމަވެސް ހަގީގަތަކީ، އާދިއްތަ ދުވަހު ސްރީ ލަންކާއަށް ދިން ބޮމުގެ ހަމަލާއަކީ އެ ގައުމުގެ ސަރުކާރާއި އިންޓެލިޖެންސްގެ ވަރަށް ބޮޑު ފެއިލްވުމެއް ކަމެވެ.

ސަބަބަކީ، މި ހަމަލާ ދޭން އުޅޭކަން ސަރުކާރަށް ކުރިން އެނގޭތީއެވެ. ނަމަވެސް، އެކަށީގެން ފިޔަވަޅު އަޅާފައި ނެތުމުން ހަމަލާގައި 253 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ.

ހަމަލާގެ ގަޑި އިރުތަކެއް ފަހުން ސަރުކާރަށް އެކަމުގެ އިންޒާރު ލިބިފައިވާކަން ހާމަވެފައިވާ އިރު، ލަންކާގެ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ޕްރިޔަލާލް ޑިސަނަޔަކާ ވަނީ އެކަން ހިއްސާކޮށް އެ ގައުމުގެ ހަތަރު ޗީފް ސެކިއުރިޓީ އޮފިސަރުންނަށް އޭޕްރިލް 11ގައި ސިޓީ ފޮނުއްވާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، މި ހަމަލާގެ އިންޒާރު ލަންކާއަށް ފުރަތަމަށް ފޮނުވާފައިވަނީ އިންޑިއާ އިންނެވެ. އަދި އޭޕްރިލް 4ގައި ފޮނުވި އިންޒާރަށް ފަހު، އޭޕްރިލް 11ގައި އެއާ ގުޅޭ އިންޓެލިޖެންސް މެމޯއެއް ވަނީ ފޮނުވާފައެވެ.

އިންޓެލިޖެންސް ރިޕޯޓްއިން ލަންކާގެ ޗަރޗްތަކަށް އަމާޒްކޮށް 'ނެޝަނަލް ތައުހީދް ޖަމާއަތް' އިން ހަމަލާ ދޭން އުޅޭކަން އިނގޭ އިރު، އެ ރިޕޯޓްގައި ހަމަލާ ދޭން އުޅޭކަމަށް ތުހުމަތު ކުރާ ފަރާތްތަކުގެ ނަން، ގޭގެ ނަން އަދި ފޯން ނަމްބަރު ވެސް ހިމަނާފައި ވެއެވެ.

އިންޓެލިޖެންސް ރިޕޯޓް ސޯޝަލް މީޑިއާއަށް ލީކް ކޮށްފައިވާ އިރު، ހަމަލާ ދިނުމުގައި އެންމެ އިސްކޮށް އުޅޭ ފަރާތަކީ ޒަހްރާން ހާޝްމީ ކަން ފާހަގަ ކޮށްފައިވެއެވެ.

އިންޑިއާ އިން ފޮނުވާފައިވާ އިންޓެލިޖެންސް ރިޕޯޓް ބިނާކޮށްފައިވަނީ އިސްލާމިކް ސްޓޭޓްއާ ގުޅުން އޮތްކަމަށް ޝައްކު ކުރެވިގެން އެ ގައުމުގެ ހައްޔަރު ކުރެވުނު މީހެއް ދިން މައުލޫމާތަށް ބިނާކޮށެވެ. އެގޮތުން، އެ ފަރާތުން ލަންކާގެ ހައްދުފަހަނަ އަޅާފައިވާ ޖަމާއަތަކާ ގުޅުން ހުރި މީހެއް ތަމްރީން ކުރި ކަމަށް އެއްބަސްވެ، އިންޑިއާގެ ފުލުހުންނަށް އެ މީހާގެ މައުލޫމާތު ދިނެވެ. އެ މީހަކީ ޒަހްރާން ހާޝްމީ އެވެ. އަދި ލަންކާއަށް ހަމަލާ ދިނީ "އިސްލާމިކް ސްޓޭޓްގެ ހަނގުރާމަ ވެރިން" ކަމަށް ޒިންމާ ނަގަމުން އިސްލާމިކް ސްޓޭޓުން އާންމު ކުރި ވީޑިއޯގައި އޭނާ ފެނެއެވެ.

ސްރީ ލަންކާގެ ސަރުކާރުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، މި ހަމަލާގެ 50 ގަޑި އިރު ކުރިން ވެސް އިންޑިއާ އިން ވަނީ އިންޒާރު ދީފައެވެ.

ބަޔަކު ހަމަލާ ދޭން އުޅޭކަން އެނގި، އެ މީހުންގެ ހުރިހާ މައުލޫމާތެއް އިނގެން ހުރެ، ލަންކާގެ ސަރުކާރު މިހާ ބޮޑަށް ފެއިލްވީ ކީއްވެ؟

ލަންކާގެ އެކި ސަރަހައްދުތަކަށް ދިން ޓެރަރިސްޓް ހަމަލާގައި ގޮއްވާލި އެއް ޗަރޗް. ފޮޓޯ: ރޮއިޓާސް

އާދިއްތަ ދުވަހުގެ ހަމަލާއަށް ފަހު ލަންކާގެ ސިޔާސީ މަސްރަހު ވަނީ އިތުރަށް ގޯސްވެފައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު ހިނގައި ދިޔަ ކަންތައް، ލަންކާގެ ބޮޑު ވަޒީރު ވަކި ކުރުމަށް ރައީސް ކުރެއްވި މަސައްކަތަށް ފަހު ދެ ފަރާތް ދެމެދުގައި ހިތްހަމަ ނުޖެހުންތައް އުޅޭކަމަށް ރިޕޯޓްތައް ބުނެއެވެ. އެކަމުގައި ސިރިސޭނާ ފެއިލްވީ އެ ގައުމުގެ ސުޕްރީމް ކޯޓުގެ ނިންމުމުގެ ސަބަބުންކަމަށްވާ އިރު، އެއަށް ފަހު އެ ގައުމު ހިންގަމުން ދިޔައީ "ދެ ސަރުކާރެއްގެ ދަށުން" ކަމަށް ރިޕޯޓްތައް ބުނެއެވެ.

ލަންކާގެ ހެލްތު މިނިސްޓަރު ރަޖިތަ ސެނަރަތުނެ ވިދާޅުވާ ގޮތުގައި، ހަމަލާގެ އިންޒާރު ސިރިސޭނާއާ ވަނީ ހިއްސާ ކުރެވިފައެވެ. އަދި ދެ ފަރާތުގެ މެދުގައި އޮތް ހިތްހަމަ ނުޖެހުމުގެ ސަބަބުން، ހަމަލާގެ އިންޒާރާ ގުޅިގެން ބާއްވާފައިވާ އިންޓެލިޖެންސް ބްރީފިންގ ތަކުގައި ބޮޑު ވަޒީރާއި ކެބިނެޓް މިނިސްޓަރުން ބައިވެރިކޮށްފައެއް ނުވެއެވެ.

ހަމަލާއަށް ފަހު ދެއްވި އިންޓަވިއުއެއްގައި، ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހާ ވިދާޅުވީ އެ ބޭފުޅާއާއި ރައީސް މައިތިރިޕަލަ ސިރިސޭނާއާ އޮތް ތަފާތުތައް އެއްކިބާ ކުރައްވާ، ދެ މީހުންނަށް މި ވަގުތު އެންމެ މުހިއްމީ ހަމަލާ ދިން ފަރާތްތައް އަތުލައި ގަތުން ކަމަށެވެ.

މި ހަމަލާގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކާ ހިއްސާ ކުރުމަށް ރައީސް ސިރިސޭނާ ފެއިލްވިކަމަށް ބައެއް މިނިސްޓްރުން ތުހުމަތު ކުރާއިރު، ސިރިސޭނާ ވިދާޅު ވަނީ އެ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

"އަޅުގަނޑު ހާއްސަކޮށް ފާހަގަ ކުރަން ބޭނުން، އިންޓެލިޖެންސް ރިޕޯޓް އަޅުގަނޑާ ހިއްސާ ކޮށްފައެއް ނުވޭ. އެނގިފައި އޮތް ނަމަ، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަން،ޭ ޓީވީ ހިތޯބެއްގައި ސިރިސޭނާ ވިދާޅުވެފައިވެއެވެ. ސިރިސޭނާ މިހެން ވިދާޅުވި ނަމަވެސް، އެ މަނިކުފާނުގެ ދަށުން ހިންގާ ގިނަ ސެކިއުރިޓީ ޑިވިޝަންތަކާ އެ މައުލޫތު ހިއްސާ ކުރެވުނުކަން ރިޕޯޓްތައް ފާހަގަ ކުރެއެވެ.

ހަމަލާގެ އިންޒާރާއެކު އެކަށީގެންވާ ފިޔަވަޅު އެޅުނު ނަމަ އެ ކަންތައް ހުއްޓުވޭނެ ކަމުގެ ޔަގީންކަމެއް ނެތް ނަމަވެސް، ފިޔަވަޅު އެޅިފައި ނެތުމުން ލަންކާގެ ސަރުކާރަށް ގިނަ ބައެއް ދަނީ ފާޑު ކިޔަމުން ނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

07 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

14 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު