Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓު

ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ

25 އެޕްރީލު 2019 | ބުރާސްފަތި 11:46

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރަނީ މަނީލޯންޑްރިންގެ ތިން ދައުވާއެއް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 25 އެޕްރީލު 2019 | ބުރާސްފަތި 11:46
އޭސީސީގެ ރައީސް ހަސަން ލުތުފީ (ކ)، އަހުމަދު އަދީބް (މެ)، އަބްދުﷲ ޔާމީން (ވ)

އޭސީސީގެ ރައީސް ހަސަން ލުތުފީ (ކ)، އަހުމަދު އަދީބް (މެ)، އަބްދުﷲ ޔާމީން (ވ)

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް ދައުލަތުން ކުރާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތާއި، އޭސީސީގެ ރައީސް ހަސަން ލުތުފީ އިތުރުން ގިނަ އަދަދެއްގެ ހެކިތަކެއް ހުށަހަޅައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރަނީ މަނީލޯންޑްރިންގެ ތިން ދައުވާއެކެވެ. އެ ދައުވާތައް ސާބިތުކުރުމަށް ރައީސް ޔާމީނާއި ދެކޮޅަށް ހުށައެޅި ހެކިތަކުގައި ހިމެނެނީ އަށް މީހެކެވެ.

Advertisement - newsAdvertisement

އެމަނިކުފާނުގެ މައްޗަށް ދައުލަތުން ހުށައެޅި ހެކިތަކުގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އޭސީސީގެ ރައީސް ހުސަން ލުތުފީއާއި، އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތާއި، މުހައްމަދު ވަސީމާއި، ކުރީގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، ބީއެމްއެލްގެ ބޯޑް މެމްބަރުން ކަމަށްވާ މުހައްމަދު ލުވެއިޒް އާއި މުހައްމަދު ޝަރީފެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައި ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ އެސްއެފްގެ އެކައުންޓެއް މެދުވެރިކޮށް އެމަނިކުފާނުގެ އަމިއްލަފުޅު އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ވާތީއެވެ. އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެއް މިލިއަން ޑޮލަރެވެ.

ބުރާސްފަތި ދުވަހު ބޭއްވި ފުރަތަމަ ޝަރީއަތު އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވަނީ އެމްއެމްޕީއާރުސީގެ ފައިސާ ނޫންކަމަށާއި، އެ ފައިސާއަކީ އެސްއޯއެފުން ޖަމާކޮށްފައިވާ ފައިސާ ކަމަށެވެ.

އޭސީސީއިން ހާމަކުރި އެމްއެމްޕީއާރުސީގެ ކަރަޕްޝަން ރިޕޯޓުން ހާމަވާގޮތުގައި އެސްއޯއެފްގެ އެކައުންޓަށް ޖަމާވެފައިވަނީ ހަމައެކަނި އެމްއެމްޕީއާރުސީގެ ފައިސާއެވެ. އެމްއެމްޕީއާރުސީގެ ފައިސާ ފިޔަވައި އެހެން އެއްވެސް ފައިސާއެއް އެސްއޯއެފްގެ އެކައުންޓަށް ޖަމާވެފައެއް ނުވެއެވެ.

ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ އިރު އޭސީސީގެ ބެލުމުގެ ދަށަށް އެ ފައިސާ ގެންދިއުމަށް ހުޅުވި އެސްކްރޯ އެކައުންޓަށް އެމަނިކުފާނު ޖަމާކޮށްފައި ވަނީ އެ ފައިސާ ނޫން ކަމަށް އެމަނިކުފާނު ވަނީ އަމިއްލަފުޅަށް އެއްބަސްވެވަޑައިގެންފައެވެ. އެ މަނިކުފާނު ވިދާޅުވެފައި ވަނީ އެ އެކައުންޓަށް ޖަމާކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ޓުއަރިޒަމް މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރުގެ އަތުން އެމަނިކުފާނު ބައްލަވައިގެންނެވި އެއް މިލިއަން ޑޮލަރު ކަމަށެވެ.

ޝަރީއަތުގައި ދައުލަތުން ވަނީ 2015 ވަނަ އަހަރު މެދުތެރޭގައި ރައީސް ޔާމީން މޫސާ ޒަމީރު ގާތުގައި އެއް މިލިއަން ޑޮލަރު ޖަމާކޮށްދިނުމަށް އެދުނު ކަމަށާއި އެ ފައިސާ އަކީ ހުޅުމާލޭގައި އޭނާގެ ނަމުގައި އޮތް ގޯއްޗެއް މުހައްމަދު ވަސީމް ކިޔާ މީހަކަށް ދެ މިލިއަން ޑޮލަރަށް ވިއްކައިގެން ލިބުނު ފައިސާ ކަމަށް މޫސާ ޒަމީރު ތަހުޤީޤްގައި ބުނެފައިވާކަމަށެވެ. އަދި އެ ތަހުޤީޤް ރިޕޯޓްވެސް ވަނީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފަ އެވެ.

ލުތުފީ އާއި މުއައްވިޒު ހެކިންގެ ގޮތުގައި ހުށަހަޅާފައި ވަނީ ރައީސް ޔާމީނާއި އޭސީސީ ގުޅިގެން އުފެއްދި އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކުރި ގޮތުގެ ތަފްސީލު ހާމަކުރުމަށެވެ.

އަދީބު ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވަނީ 2012 ވަނަ އަހަރުން ފެށިގެން ޕީޕީއެމްގެ ނައިބު ރައީސްގެ ގޮތުގައި ހުންނަވައި ކެންޕެއިން ފައިސާތަކަށް އެއް މިލިއަން ޑޮލަރުހާ ގިނަ އަދަދެއްގެ ފައިސާ އެއްފަހަރާ ނުދޭނެކަން ސާބިތު ކުރުމަށެވެ. އެއީ ޕީޕީއެމްއިން ފައިސާ ދޭއިރު އަބަދުވެސް އެއްފަހަރާ ދީފައިވަނީ އެއްލައްކަ ރުފިޔާ ކަމަށާއި އަބަދުވެސް ފައިސާގެ މުއާމަލާތް ހިންގަނީ ދިވެހި ފައިސާއިން ކަން ސާބިތުކުރުމަށެވެ.

ޒިޔަތު ހެކިވެރިއެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައި ވަނީ އެމްއެމްޕީއާރްސީއިން ރަށްތައް ދޫކުރުމުގައި ރިސޯޓް ތަރައްގީ ކުރުމުގައި ރައީސް ޔާމީންގެ މަޝްވަރާ ކުރެއްވިކަމަށާއި ރަށްތަކުގެ އަގާއި އެހެނިހެން ކަންތައްތަކުގައި ބައިވެރިވެވަޑައިގެންނެވިކަން ސާބިތުކުރުމަށެވެ. އެއީ އެސްއޯއެފް އިން ރައީސް ޔާމީންގެ އެކައުންޓަށް ވަތް އެއް މިލިއަން ޑޮލަރަކީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ނަމަކަށް ކިޔާ ފަޅުރަށެއް ދޫކޮށްގެން ލިބުނު އެއް މިލިއަން ޑޮލަރުކަން ސާބިތުކޮށްދިނުމަށް ދައުލަތުން ހުށަހެޅި ހެއްކެކެވެ.

މީގެ އިތުރުން ރައީސް ޔާމީން ފުލުހަށް ހާޒިރުކުރެއްވުމުން ދެއްވާފައިވާ ބަޔާން ވެސް ވަނީ ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށައަޅާފައެވެ.

މީގެ އިތުރުން ދައުލަތުން ވަނީ ހެކީގެ ގޮތުގައި އޭސީސީއިން ހެދި އެސްކޮރޯ އެކައުންޓް އެއްބަސްވުމާއި، އޭސީސީގެ ތަހުގީގު ރިޕޯޓާއި، އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓާއި، ރައީސް ޔާމީން އޭސީސީއަށް ދިން ބަޔާނާއި، މައްސަލާގައި ހިމެނޭ ޓްރާންސްސެކްޝަންތަކުގެ ޗެކްތަކާއި، ސްލިޕްތަކާއި، ބޭންކް ސްޓޭޓްމެންޓްތަކާއި، ޔާމީންގެ މާލީ ބަޔާން ހުށައަޅާފައެވެ. އަދި އިތުރު ދެ މީހެއްގެ ބަޔާން ފުލުހުން ނަގާފައިވާތީ އެ ދެ މީހުން ވެސް ހެކީގެ ގޮތުގައި ހިމަނަދިނުމަށް ދައުލަތުން ވަނީ ޝަރީއަތުގައި އެދިފައިވެ އެވެ

ދައުލަތުން ބުނެފައިވަނީ ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކްސްކްރޯ އެކައުންޓުން 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓް ކޮށްފައިވާ ކަން ހާމަވާކަމަށެވެ. އަދި އިސްލާމިކް ބޭންކްގެ ޑޮލަރު އެކައުންޓުން ބީއެމްއެލްގެ ޑޮލަރު އެކައުންޓަށް އޭގެ އަސްލު އޮޅުވާލުމަށް ޓްރާންސްފާ ކޮށްފައިވާ ކަން ހާމަވާކަމަށެވެ.

ޝަރީއަތުގައި ދައުލަތުން ވަނީ ތިން ފަރާތެއްގެ ބޭންކް އެކައުންޓުގެ މައުލޫމާތު ސިއްރު ކުރުމަށް އެދިފައެވެ. އެއީ މުހައްމަދު ވަސީމާއި މޫސާ ޒަމީރާއި އެސްއޯއެފް އެކައުންޓުގެ މައުލޫމާތެވެ.

ޝަރީއަތުގެ މަޖިލީސް ނިންމާލާފައިވަނީ ރައީސް ޔާމީންގެ ފަރާތުން ހުށައަޅަންޖެހޭ ހުށައެޅުންތަކަށް 10 ދުވަސް ދިނުމަށް އެމަނިކުފާނުގެ ވަކީލުން އެދުމުން އެ 10 ދުވަސް ދިނުމަށްފަހުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް