Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މަރިޔަމް މުހައްމަދު (މާޔަން)

އެފްއޭއެމް އަޅުގަނޑާއެކު އޮތް ކަމަށް އުއްމީދު ކުރަން: މާޔަން

ޝައިހް އަހުމަދާ ދެކޮޅަށް މައްސަލަ ހުށަހެޅީ އެއްވެސް ފުޓުބޯޅަ އިދާރާއަކާ ދެކޮޅުވާކަށް ނޫން: މާޔަން

މިއުނާ ހަސަން
މިއުނާ ހަސަން, ރާއްޖެ އެމްވީ | 24 އެޕްރީލު 2019 | ބުދަ 14:17
މަރިަޔަމް މުހަމަދު (މާޔަން)

މަރިަޔަމް މުހަމަދު (މާޔަން)

ފީފާއަށް މައްސަލަ ހުށައަޅާފައިވާ މި ދަނޑިވަޅުގައި ދިވެހި ރާއްޖޭގެ މައި ފުޓުބޯޅަ އިދާރާ ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް), މަރިޔަމް މުހައްމަދު (މާޔަން) އާއި އެކުގައި އޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

މާޔަން މައްސަލަ ހުށަހެޅުއްވީ އޭޝިއަން ފުޓްބޯލް ކޮންފިޑަރޭޝަން (އޭއެފްސީ)ގެ އިންތިޙާބަށް ޝައިހު އަހުމަދު ނުފޫޒު ފޯރުކުރުވި ކަމަށް ތުހުމަތުކުރައްވައެވެ.

ރާއްޖެ އެމްވީއަށް ދިން އިންޓަވިއުގައި މާޔަން ވިދާޅުވީ، މައްސަލަ ހުށައަހެޅުއްވީ ވަނީ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ކަމަށާއި، ފީފާ އާއި އޭއެފްސީއާ ދެކޮޅުވާން، ނުވަތަ އެފްއޭއެމްއާ ދެކޮޅަށް ނޫން ކަމަށެވެ. އަދި މައްސަލަ ހުށަހެޅުއްވީ އިންތިޙާބު ބާއްވާތާ 21 ދުވަހުގެ ތެރޭގައި އިންތިޙާބާ ގުޅިގެން މައްސަލައެއް އޮތް ނަމަ، އެ މައްސަލައެއް ހުށައެޅުމަކީ ކެންޑިޑޭޓުންނަށް ލިބިގެންވާ ހައްގެއް ކަމަށް ވާތީ އެއީ އޭނާއަށް ވެސް ލިބިގެންވާ ހައްގެއް ކަމަށް ޤަބޫލުކުރައްވާތީ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މާޔަން އިތުރަށް ވިދާޅުވީ، އޭއެފްސީ ކޮންގްރެސްގައި ކަން ހިނގައި ދިޔަ ގޮތާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށާއި، ހާއްސަ ގޮތެއްގައި ފުޓުބޯޅައިގެ އެންމެހާ ކަންތައްތަކުން ސަސްޕެންޑްކޮށްފައިވާ ޝެއިހް އަލް ފަހަދު އަލް ސަބާހް އޭއެފްސީ ކޮންގްރެސްއަށް ނޭދެވޭ ނުފޫޒު ފޯރުވަމުން ދިޔައިރު، އޭއެފްސީން އެކަން ނުހުއްޓުވުމުން، ނުވަތަ ފިޔަވަޅެއް ނޭޅުމުން ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

މަރިޔަމް މުހައްމަދު (މާޔަން)

ޝައިޙް އަހުމަދު އޭއެފްސީގެ ނުފޫޒު ގަދަ ކައުންސިލް މެމްބަރެއްގެ ގޮތުގައި މީގެ ކުރިން ހުންނެވިއެވެ. އެހެން ނަމަވެސް 2017 ވަނަ އަހަރުގެ މޭ މަހު ފީފާގައި ހުންނެވި މަގާމުން އެބޭފުޅާ އިސްތިއުފާ ދެއްވީ ރިޝްވަތުގެ މައްސަލައަކާ ގުޅުން ހުރި ކަމަށް ކުރެވުނު ތުހުމަތުތައް ދޮގުކުރެއްވުމަށްފަހުއެވެ.

ރާއްޖޭގައި އަންހެން ފުޓުބޯޅަ ކުޅުންތެރިން އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މާޔަން ފީފާ ކައުންސިލަށް އޭއެފްސީގެ ފަރާތުން ތަމްސީލް ކުރާނެ އަންހެން މެންބަރުންގެ މަގާމަށް ކުރިމަރިމަތިލައި ނާކާމިޔާބުވިއިރު މި މަގާމަށް ހޮވުނީ ބަންގްލަދޭޝްގެ މަހްފޫޒާ އަހްތަރު ކިރޮންއެވެ. އެހެންނަމަވެސް މިއަހަރުގެ މާރިޗު މަހުގެ ތެރޭގައި ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝައިޙް ހަސީނާއަށް މަހްފޫޒާ ފާޑުކިޔުއްވުމުން ހަސީނާގެ ޕާޓީގެ މެމްބަރަކު ހުށަހެޅި މައްސަލައަކާ ގުޅިގެން މަހުފޫޒާ ވަނީ ޖަލަށްލާފައެވެ. އޭއެފްސީ ކޮންގްރެސްއާއި ދިމާކޮށް މަހުފޫޒާ ހަތްޔަރުކުރީ "ސިމްޕަތީ ވޯޓް" ހޯދުމަށް އުކުޅެއް ގޮތުގައި ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރާ ކަމަށް ވެސް މާޔަން ވިދާޅުވިއެވެ.

މާޔަން (ކ) އާއި ފީފާގެ ރައީސް (ވ) -- ޓްވިޓަރ

ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ކުޅެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކުރައްވާފައިވާ މާޔަން ވަނީ މީގެ ކުރިން އޭއެފްސީ ވިމެންސް ކޮމިޓީގައި ވެސް މަސައްކަތްކުރައްވާފައެވެ. އަދި 2003 ވަނަ އަހަރު ވިމެންސް ފުޓްބޯލް ޑިވެލޮޕްމަންޓް އޮފިސަރެއްގެ ގޮތުގައި އެފްއޭއެމްއާ އެކު މަސައްކަތް ފަށައި، ގިނަ އަހަރުތަކެއް ފަހުން އެފްއޭއެމްއާ ދުރަށް ވަޑައިގެންނެވި ނަމަވެސް އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް އެކި ގޮތްގޮތުން މާޔަން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މާޔަން ފީފާއަށް ހުށައަޅުއްވާފައިވާ މައްސަލައާ ގުޅިގެން ރާއްޖެ އެމްވީން އެފްއޭއެމްގެ ބަހެއް ހޯދަން މަސައްކަތްކޮށް، އެ އިދާރާގެ ބަހެއް ވަނީ ލިބޭ ގޮތްނުވެފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް

ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް

31 ޖެނުއަރީ 2017
މަޤާމު ދިފާއުކުރުމުގެ އުއްމީދުގައި ޔުނިޓެޑް ވިކްޓަރީން މިއަދު ޕްރެކްޓިސް ފަށަނީ

މަޤާމު ދިފާއުކުރުމުގެ އުއްމީދުގައި ޔުނިޓެޑް ވިކްޓަރީން މިއަދު ޕްރެކްޓިސް ފަށަނީ

30 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު