Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް

24 އެޕްރީލު 2019 | ބުދަ 11:41

ސަރުކާރުން އުޅެނީ ބަދަލު ހިފަން: އިލްހާމް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 24 އެޕްރީލު 2019 | ބުދަ 11:41
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު (ކ) އާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު (ކ) އާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު

ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހާ އެކު، އެމްޑީޕީ މެމްބަރުންނާއި އިދިކޮޅު މެމްބަރުންނާ ދެމެދު ރައްޔިތުންގެ މަޖިލީހުގައި ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށްފިއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި ބަހުސް ހޫނުވެގެން ދިޔައީ ފަނޑިޔާރުންގެ ގާނޫނަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި ބިލުގެ މަރުހަލާތައް ފުރިހަމަނުކޮށް، ބިލުގެ ބަހުސް ފެށުމުންނެވެ. ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން ބުދަ ދުވަހުގެ ޖަލްސާއަށް އިއްވައި، ހަމަ އެ ދުވަހު އެ ބިލުގެ ބަހުސް ފައްޓަވާފައެވެ.

Advertisement - newsAdvertisement

އެކަމާ ދެކޮޅަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އީވާ ވިދާޅުވީ އަވަސް އަރުވައިގެން، ބިލުތަކެއް ފާސްކުރިޔަސް، އަލަށް އަންނަ މަޖިލީހުން އެކަން އިސްލާހު ކުރާނެ ކަމަށެވެ. އަސްލަމް ވިދާޅުވީ މެމްބަރުންނަށް ބިލު ކިޔާލުމަށް ފުރުސަތު ނުދީ، ބިލުގެ ދެ ކިޔުން އެއްކޮށްލައިގެން ކުރިއަށް ގެންދަނީ ރަނގަޅު މަގުސަދުގައި ނޫން ކަމަށެވެ.

"18 ވަނަ ރައްޔިތުންގެ މަޖިލިސް ނިންމާލާ ހިސާބަށް ދާއިރު، މަނިކުފާނު ވަކިން ހާއްސަކޮށް އިސްވެ ހުންނަވައިގެން ކުއްލިއަކަށް ދެ ކިޔުން އިއްވައި ކުރިއަށް ގެންދަވަނި ރަނގަޅު މަގުސަދުގަ ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކު ކުރެވޭ މަސައްކަތެއް ކަމުގައި އަޅުގަނޑު ނުދެކެން. އެހެން ކަމުން މި މަސައްކަތް ކުރިއަށްދާ ގޮތަށް އަޅުގަނޑު އިންކާރު ކުރަން،" އަސްލަމް ވިދާޅުވިއެވެ.

އެމްޑީޕީ މެމްބަރުންނަށް ރައްދު ދެއްވައި އިދިކޮޅު މެމްބަރުންނާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ބަހެއް މެމްބަރުން މަޖިލީހުގައި ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވީ މަޖިލީހުން އަދާ ކުރަނީ މަޖިލީހުގެ ޒިންމާ ކަމަށާއި އާ މަޖިލީހުން ގާނޫނު ބަދަލުކޮށްފާނެތީ ބިރު ނުގަންނަ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން މަޖިލީހަށް ގިނަ ބިލުތައް ހުށަހަޅާފައި ވަނީ ބަދަލު ހިފުމުގެ ރޫހުގައި ކަމަށެވެ.

"މި މަޖިލީހަށް މިހާތަނަށް ސަރުކާރުން ހުށަހެޅި ހުރިހާ ބިލެއް އޮތީ ކޮމިޝަންތަކާއި ބަދަލު ހިފުމުގެ ރޫހުގައި ހުށަހަޅާފައި ހުރި ބިލުތަކެއް. މަސްވެރިންނަށް ވެސް އޮތީ ބަދަލު ހިފުމުގެ ރޫހު ނަސީބަހުން އެ ވެސް ގެންގޮސްފި. ކިޔުއްވަ ބައްލަވާ ރައްޔިތުންނާ ގުޅޭ ކިތައް ބިލުތޯ މި ސަރުކާރުން ހުށަހެޅީ. މުޅިން އޮތީ ކޮމިޝަން ކޮމިޝަން، ބަދަލު ހިފުމުގެ ރޫހު،" ރައީސް ޔާމީންގެ ތާއިދާ އެކު، އުނގޫފާރު ދާއިރާއަށް ވާދަ ކުރައްވައި، މަޖިލިސް އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި އިލްހާމް ވިދާޅުވިއެވެ.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ވެސް މަޖިލީހުގައި ވަނީ ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވާ ކަމަށް ފާހަގަ ކުރައްވައި ލަތީފު ވަނީ ސަރުކާރު ހިންގަމުންދާ ގޮތަށް ފާޑުވިދާޅުވެފައެވެ.

"އިބްރާހިމް މުހައްމަދު ސޯލިހު ވީ ވައުދު ނުފުއްދާ ވާހަކަ ވަރަށް ހިތާމައާއެކު ދަންނަވަން މި ސަރުކާރު ހިންގަމުން މިދަނީ ހިންނަވަރު ފަޅުތެރޭގައި އަޅާފައި އޮތް ވަކަރު ދޯންޏެއްގައި ޓޫޓީ އިންޖޫނު އަޅައިގެން ހިންގާ ސަރުކާރެއް ގޮތަށް. މި ސަރުކާރެއް ނުހިނގާ. އިބްރާހިމް މުހައްމަދު ސޯލިހު ވީ ވައުދެއް ނުފުއްދާ. ހަރު އަޑުން ބާރު އަޑުން ގަދަފަދަ އަޑުން މި ދަންނަވަނީ މި ސަރުކާރުން ވައުދެއް ނުފުއްދާ،" މެމްބަރު ލަތީފު ވިދާޅުވިއެވެ.

ފަނޑިޔާރުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ މެމްބަރުން ވަނީ ރިޔާޒު ހުށަހެޅި ބިލަށް ތާއިދު ކުރައްވައި، ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެމްޑީޕީއަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރެއްވިއެވެ.

"މަޖިލިސް އިންތިހާބުގައި ވަގަށް ނަގައިގެން ގޮނޑި ހޯދީ. ވަރަށް ކެރިގެން މި ދަންނަވަނީ މަޖިލީހުގެ އިންތިހާބު ވަގަށް ނެގީ. އޮޅާލީ. މިއީ ހަގީގަތް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޑަށް ބާރުލާފައި ވަރަށް ގިނަ މެމްބަރުން އެބަ ވިދާޅުވޭ، ކޮން އިނާޔަތެއްހޭ ބޮޑު ކުރަން އިއުޅެނީ. ހާއްސަކޮށް އަންނަ ދައުރަށް ހޮވިފައި ތިބި އެމްޑީޕީގެ މެމްބަރުން. މުސާރަ ކުޑަކޮށްލަ ދެއްވާ... އިނާޔަތްތަކާއި ހުރިހާ އެއްޗެއް އެއްކޮށްލީމަ 15،000 ރުފިޔާއަށް ކުޑަކޮށްލަ ދެއްވާ. ނުކުރޭނެ އިއްޒަތްތެރި ރައީސް،" ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

22 މާރިޗު 2017

އިތުބާރު ނެތް ކަމަށް ވޯޓުދޭ މެންބަރުންގެ ފަޔަށް އެޅޭނީ ހޫނުފެން: މެންބަރު އިލްހާމް

22 މާރިޗު 2017
އިތުބާރު ނެތް ކަމަށް ވޯޓުދޭ މެންބަރުންގެ ފަޔަށް އެޅޭނީ ހޫނުފެން: މެންބަރު އިލްހާމް
14 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

14 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ
13 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް މިހާރަކު ނުކުރޭ، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އެޗްއާރުސީއެމް

13 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް މިހާރަކު ނުކުރޭ، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އެޗްއާރުސީއެމް
12 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!

12 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!
12 މާރިޗު 2017

ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން ނުދާ ކަމަށް ކަރެކްޝަންސް އިން ބުނެފި

12 މާރިޗު 2017
ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން ނުދާ ކަމަށް ކަރެކްޝަންސް އިން ބުނެފި
12 މާރިޗު 2017

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

12 މާރިޗު 2017
މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި
19 ފެބުރުއަރީ 2017

މަޖިލީހުގައި ތިއްބެވީ 85 ކަނޑުކޮހުން ނޫންކަން ދައްކަންޖެހޭ: މުސްތަފާ

19 ފެބުރުއަރީ 2017
މަޖިލީހުގައި ތިއްބެވީ 85 ކަނޑުކޮހުން ނޫންކަން ދައްކަންޖެހޭ: މުސްތަފާ
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
10 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

10 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް