Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ކުރީގެ މެމްބަރުންނަށް އިތުރު އިނާތް ދޭން މުސްތަފާ ހުށަހެޅުއްވި ބިލު ނަގަން ނިންމަވައިފި

24 އެޕްރީލު 2019 | ބުދަ 07:57

އެކަން އިއުލާން ކުރީ މަޖިލީހުގެ ބަހުސްގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 24 އެޕްރީލު 2019 | ބުދަ 07:57
ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިތުރު އިނާޔަތް ދިނުމަށް މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ހުށައެޅުއްވި އިސްލާހު ނަގަން ނިންމަވައިފިއެވެ.

އެ އިސްލާހު ނަގަން ނިންމެވިކަން މުސްތަފާ އިއުލާން ކުރެއްވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މުސްތަފާ ހުށައެޅުއްވި ބިލަކީ ކުރީގެ މެމްބަރުންނަށް އެއާޕޯޓް ވީއައިޕީގެ ހިދުމަތް ލިބޭނެ ގޮތަށް ހުށަހެޅުއްވި ބިލެކެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު މުސްތަފާ މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހަކަށް އެއާޕޯޓް ވީއައިޕީ ސާވިސް ލިބެންޖެހޭ ގޮތަށް އެ ގާނޫނު އިސްލާހު ކުރާށެވެ. އެއިސްލާހު މަޖިލީހަށް މުސްތަފާ ހުށައެޅުއްވީ ހޯމަ ދުވަހުއެވެ.

ބުދަ ދުވަހު ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވީ އެއްވެސް ހިމާޔަތަކާއި ރައްކާތެރި ކަމެއް ބޭނުންވެ ނުލައްވާ ކަމަށެވެ. އަދި އޭނާ ހުށައެޅުއްވި ބިލް އަނބުރާ ނަންގަވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެއްވެސް މެމްބަރަކަށް އިނާޔަތް ލިބުމަށް ދެކޮޅު ނުހައްދަވާ ކަމަށާއި ހަމައެކަނި ދެކޮޅު ހައްދަވަނީ އޭނާއަށް އިނާޔަތް ލިބުން ކަމަށް މުސްތަފާ ވިދާޅުވިއެވެ.

" އަޅުގަނޑު ފުރުސަތަކަށް އެދިލެއްވި ހަމައެކަނި ބޭނުމަކީ އަޅުގަނޑު ހުށައަޅާފައިވާ އިމްތިޔާޒުގެ ގާނޫނަށް އިސްލާހު ހުށައަޅާފައިވާ ބިލު މިއަދު ނަގާނެ ކަމަށް ދިވެހި ރައްޔިތުންނަށް އަޑު އިއްވާލަންވެގެން. އަޅުގަނޑު ބޭނުމެއް ނޫނޭ އެއްވެސް ހިމާޔަތެއް އަދި ރައްކާތެރިކަމެއް ބޭނުމެއް ނޫން. ހިމާޔަތާއި ރައްކާތެރިކަން މާތްﷲ ދެއްވާފައި އޮތީ. ފަސްވަގުތު ނަމާދު ކުރަން. އެއަށް ވުރެ މޮޅު ރައްކާތެރިކަމަކާއި ހިމާޔަތެއް ލިބިފައެއް ނެތް" މުސްތަފާ ވިދާޅުވިއެވެ.

މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހަކަށް އެއާޕޯޓް ވީއައިޕީ ސާވިސް ލިބެންޖެހޭ ގޮތަށް އިސްލާހު ހުށައެޅުއްވުމަށް ފަހު މުސްތަފާ ވިދާޅުވެފައި ވަނީ މަޖިލިސް މެމްބަރުންނަކީ ދައުލަތަށް އެތަކެއް ހިދުމަތެއް ކޮށްފައިވާ ފަރާތްތަކަކަށް ވާތީ އަބުރުވެރި ކަމާއި ޝަރަފުވެރިކަމާއެކު މުޖުތަމައުގައި އުޅުމުގެ ފުރުސަތު ލިބިދިނުމެވެ.

މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ހަތަރު ބިލެއް މިހާތަނަށް ވަނީ ހުށައަޅާފައެވެ. އެއީ މުސްތަފާ ހުށައެޅުއްވި އިސްލާހުގެ އިތުރުން ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ހުށައެޅުއްވި މެމްބަރުކަން ކުރެއްވި ބޭފުޅަކު ސަރުކާރުގެ ވަޒީފާ އަދާކުރި ކަމުގައި ވިއަސް އިނާޔަތް ލިބޭނެ ގޮތަށް އިސްލާހު ކުރުމަށް ހުށައެޅި އިސްލާހާއި އިތުރުން މެމްބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓު ހަމަޖައްސައިދޭން ހުށަހެޅުއްވި ބިލާއި މެމްބަރުކަމުން ވަކިވާ ހިސާބުން މެމްބަރުންނަށް މާލީ އިނާޔަތް ލިބޭގޮތަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ހުށައެޅުއްވި ދެބިލެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް