Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލަންކާ ބޮންގޮއްވުން

ގެތައް ޗެކް ކުރަމުންދާއިރު ދިވެހިން އެއްބާރުލުން ދިނުމަށް އެމްބަސީ އިން އެދޭ!

ކޯޓު އަމުރަކާ ނުލާ ގެތައް ފާސްކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވޭ

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 23 އެޕްރީލު 2019 | އަންގާރަ 10:25
ލަންކާ ސިފައިން ގެއެއް ބަލާ ފާސްކުރަނީ

ލަންކާ ސިފައިން ގެއެއް ބަލާ ފާސްކުރަނީ

ސްރީލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެ ގައުމުގެ ގެތައް ބަލާފާސް ކުރަމުންދާއިރު ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީ އިން އިލްތިމާސްކޮށްފިއެވެ.

ހޯމަ ދުވަހުގެ ރޭ 12 އިން ފެށިގެން މުއްދަތެއް ނެތް ގޮތަށް ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާންކޮށްފައެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައި، މަގުމަތިން މީހުން ހުއްޓުވައި ކޯޓު އަމުރަކާ ނުލައި ގެތައް ބަލައި ފާސްކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. އެގޮތުން ރެއިން ފެށިގެން ފުލުހުން ދަނީ ކޮލަމްބޯ ސަރަހައްދުގެ ގިނަ ގެތަކެއް ބަލާ ފާސްކުރަމުންނެވެ.

Advertisement - newsAdvertisement

އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ އަސްލަމް ޝާކިރު ރާއްޖެ.އެމްވީ އަށް ވިދާޅުވީ، ގެތައް ބަލާ ފާސްކުރަމުންދާއިރު، ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ. ފުލުހުން ބެލިބެލުމުގައި މިހާތަނަށް ދިވެހިން ދިރިއުޅޭ ގެއަކުން މައްސަލައެއް ދިމާވެފައި ނުވާ ކަމަށް ޝާކިރު ވިދާޅުވިއެވެ.

ކޮންމެހެން ބޭނުންނުވާ ތަންތަނަށް ނުދިޔުމަށާއި، ހަފްތާއަކަށްވާ ވަރަށް ކާއެއްޗެހި ރައްކާ ކުރުން ބުއްދިވެރި ކަމަށް ޝާކިރު ވިދާޅުވިއެވެ.

ލަންކާގައި ހިނގި ބޮން ގޮއްވުމުގެ ހާދިސާގައި ދިވެއްސަކު ބައިވެރިވި ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކްރިސްޓިއަނުންގެ އިސްޓާ ދިމާކޮށް އާދިއްތަ ދުވަހު ދިން ހަމަލާތަކުގައި 310 މީހުން މަރުވެ 500 މީހުން ޒަހަމްވެފައިވާ ކަމަށް ފުލުހުންގެ ސްޕޯކްސް ޕާސަން ރުވާން ގުނަސޭކަރަ ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ

04 އެޕްރީލު 2017
އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ
20 މާރިޗު 2017

"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި

20 މާރިޗު 2017
"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި
14 މާރިޗު 2017

ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ

14 މާރިޗު 2017
ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ
13 މާރިޗު 2017

ކޮމިޝަނުން ކުރާ ބައެއް ތަހުގީގުތަކަށް އެއްބާރުލުން ނުލިބޭ: އެޗްއާރުސީއެމް

13 މާރިޗު 2017
ކޮމިޝަނުން ކުރާ ބައެއް ތަހުގީގުތަކަށް އެއްބާރުލުން ނުލިބޭ: އެޗްއާރުސީއެމް
11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު