Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ކައުންސިލްތަކުން ކުންފުނި އުފައްދައި، އަންހެނުން އިންތިހާބު ކުރުން ލާޒިމު ކުރާ ބިލު ބަލައިގެންފި

ބިލު ބަލައިގަތީ 45 މެމްބަރުންގެ އިއްތިފާގުން

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 23 އެޕްރީލު 2019 | އަންގާރަ 10:00
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އައްޑޫ ސިޓީގެ ބައެއް ދާއިރާތަކުގެ މެމްބަރުން: އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އަލީ ނިޒާރު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އައްޑޫ ސިޓީގެ ބައެއް ދާއިރާތަކުގެ މެމްބަރުން: އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އަލީ ނިޒާރު

ކައުންސިލްތަކުން ކުންފުނި އުފައްދައި، ވިޔަފާރި ކުރެވޭ ގޮތް ހެދުމަށާއި ކައުންސިލްތަކަށް އަންހެނުން އިންތިހާބު ކުރުމަށް ލާޒިމުވާ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އެ އިސްލާހު ބަލައިގަތީ އަންގާރަ ދުވަހުގެ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 45 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބިލު ދިރާސާ ކުރުމަށް ފޮނުވާފައި ވަނީ ގައުމީ ސަލާމަތު ކޮމެޓީއަށެވެ.

Advertisement - newsAdvertisement

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު މަޖިލީހަށް އެންމެ ފުރަތަަމަ ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ. ބަންޑާރަ ނައިބުގެ އޮފީހުން ތައްޔާރުކޮށް، ސަރުކާރުގެ ފަރާތުން އެ ބިލު ސުޕޮންސަރ ކުރެއްވި ރޮޒައިނާ، އަންގާރަ ދުވަހުގެ ޖަލްސާއަށް ވަޑައިނުގެންނެވުމުން، އޭނާގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރެވެ.

ސަރުކާރުން ހުށަހެޅި އިސްލާހުގައި ކައުންސިލްތަކަށް އަންހެނުން އިންތިހާބު ކުރުން ލާޒިމުކޮށް، ދައުލަތަށް ނަގާ ކުލީގެ 40 ޕަސެންޓް ކައުންސިލްތަކަށް ދިނުމަށާއި ސިޓީ ކައުންސިލްތަކަށް މެމްބަރުން އިންތިހާބު ކުރާ ގޮތް ބަދަލު ކުރުމަށް ހުށަހަޅާފައިވެއެވެ. އަދި ސިޓީގެ ގޮތުގައި ކަނޑައަޅާ ޝަރުތުތަކަށް ބަދަލު ގެނެސް، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުންނަށް އިނާޔަތް ދިނުމަށާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އެކުލެވޭ ގޮތަށް ބަދަލު ގެނައުމަށް ވެސް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގައިވެއެވެ.

ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލު:

  1. ކައުންސިލްގެ 33 ޕަސެންޓަކީ އިންތިހާބު ކުރާ އަންހެނުން
  2. ސިޓީގެ އާބާދީ 20،000 ވުރެ އިތުރު ނުވާނަމަ ފަސް ކައުންސިލަރުން
  3. 30،000 ވުރެ އިތުރު ނުވާނަމަ ހަތް ކައުންސިލަރުން
  4. ސިޓީއެއްގައި ވަކި ރަށްތަކެއް ހިމެނޭނަމަ، ރަށަކުން ކައުންސިލަރެއް
  5. އަންހެނުންގެ ކޮމެޓީތަކަށް އުޖޫރަ ދިނުން
  6. އޭލްޖީއޭގެ މެމްބަރުންގެ އަދަދު ނުވައަކަށް އިތުރު ކުރުން
  7. ކައުންސިލްތަކަށް އެހީތެރިވުމަށް ގައުމީ އިދާރާތައް އުފެއްދުން
  8. ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ކައުންސިލްތަކުން ދިނުން
  9. ކައުންސިލްތަކުން ކުންފުނި އުފައްދައި، މަޝްރޫއުތައް ހިންގުން
  10. ދައުލަތަށް ލިބޭ ކުލީގެ 40 ޕަސެންޓް ކައުންސިލްތަކަށް
  11. ދައުލަތުގެ ބަޖެޓުގެ 5 ޕަސެންޓް، ހިލޭ އެހީގެ ގޮތުގައި ކައުންސިލްތަކަށް
  12. ކައުންސިލްގެ އިދާރީ އިސް މުވައްޒަފު ކައުންސިލުން ކަނޑައެޅުން

އެ ބިލު މަޖިލީހަށް ހުށަހަޅުއްވަމުން އަލީ ނިޒާރު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަކީ ކައުންސިލްތައް ބާރުވެރިކުރުވާނެ އިސްލާހެއް ކަމަށެވެ. ބިލުގެ ބަހުސް މަރުހަލާގައި ގިނަ މެމްބަރުން ވަނީ އެ އިސްލާހަށް ތާއީދު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ބައެއް މެމްބަރުން ވަނީ އެ ބިލަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ފާހަގަ ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު