Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އިންތިގާލީ އަދާލަތުގެ ބިލުން ތަސައްލީ ލިބި، ސުލްހަ ގާއިމު ކުރެވޭނެ: އިންތި

23 އެޕްރީލު 2019 | އަންގާރަ 08:59

ކޯޓުން ބޭރުން މައްސަލަތަކުގެ ހައްލު ހޯދައިދޭނެ ކަމަށް ވިދާޅުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 23 އެޕްރީލު 2019 | އަންގާރަ 08:59
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ: އިންތިގާލި އަދާލަތުގެ ބިލު ހުށަހެޅުއްވީ އިންތި

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ: އިންތިގާލި އަދާލަތުގެ ބިލު ހުށަހެޅުއްވީ އިންތި

އިންސާނީ ހައްގެއް ނިގުޅައިގަނެ، ދައުލަތުން ދީފައިވާ އަނިޔާތައް ބެލުމަށް ހުށަހަޅާފައިވާ އިންތިގާލި އަދާލަތުގެ ބިލުގެ ބޭނުމަކީ ލިބުނު އަނިޔާތަކަށް ތަސައްލީއެއް ހޯދައި، ސުލްހަ ގާއިމު ކުރުން ކަމަށް އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވިއެވެ.

އިންތިގާލީ އަދާލަތުގެ ބިލަކީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހިންގާފައިވާ އިންސާނިއްޔަތާ ހިލާފު ކަންކަން ބެލުމަށް ހުށަހަޅާފައިވާ ބިލެކެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހުގެ ޖަލްސާގައި އެ ބިލު ވަނީ މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށްޓަކާ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ފޮނުވާފައެވެ. އެ ބިލު ބަލައިގަތީ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެމްބަރުންގެ އިއްތިފާގުންނެވެ.

ބިލު ހުށަހަޅުއްވަމުން އިންތި ވިދާޅުވީ ބިލުގެ ބޭނުމަކީ އިންސާނީ ޝަރަފާއި ކަރާމާތަށް ފާޅުގަ އާއި ސިއްރުގައި އަރާފައިވާ މައްސަލަތައް ބެލުން ކަމަށާއި ބައެއް މައްސަލަތަކަށް ހައްލު ހޯދާނީ ކޯޓުން ބޭރުން ކަަމަށެވެ.

"ލާއިންސާނީ އަނިޔާތަކަށް ތަސައްލީއެއް ލިބޭނެ ގޮތް ތަކެއް ގާއިމު ކުރުން. މާޒީގައި ލިބިފައިވާ އަނިޔާތަކުން އަރައިނުގަނެވިފައި ތިބި ފަރާތްތަކުން މިންޖުވެ، ނަޖާވެ، މިކަންކަމަށް ހައްލެއް ލިބޭނެ ގޮތް، ސުލްހަ ގާއިމު ކުރެވޭނެ ގޮތް، ހޯދައި ދިނުން. އެގޮތުން މި ބިލުގައި ޖުޑީޝަލް އަދި ނޮން ޖުޑީޝަލް މެކޭނިޒަމެއް ކަނޑަޅަން. އެއީ ކޯޓުން ބޭރުން ކަންކަން ހައްލުކޮށް ކޯޓުން ބޭރުން ހައްލު ނުވާ ކަންކަން ކޯޓަށް ފޮނުވައިގެން، ޝަރީއަތް ހިންގޭނެ ގޮތްތަކަކަށް އޮނިގަނޑު މި އެކުލަވާލަނީ،" މާފަންނު އުތުރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އިންތި ވިދާޅުވިއެވެ.

އިންތިގާލި އަދާލަތު ގާއިމު ކުރުމަށް ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އިންތިގާލީ އަދާލަތުގެ ކޮމިޝަނެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އެ ކޮމިޝަނަށް މެމްބަރުން އައްޔަންކޮށް ވަކިކުރުމުގެ ބާރު ދީފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

ބިލުގައިވާ ގޮތުން އިންތިގާލި އަދާލަތުގެ ކޮމިޝަން އުފެއްދުމުން، މައްސަލަ ހުށަހެޅުމަށް ދެ މަސް ދުވަހުގެ މުއްދަތެއް ދޭންޖެހޭނެއެވެ. ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަންކަން ބަލައި، ތުހުމަތު ކުރެވޭ ފަރާތްތަކަށް ދިފާއުގައި ވާހަކަ ދެއްކުމާއި ވަކީލެއްގެ އެހީތެރިކަން ދޭންޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އިންތިގާލީ އަދާލަތުގެ ކޮމިޝަނަށް ލިބޭ ބާރުތައް

  1. ކޯޓު އަމުރެއްގެ ދަށުން މީހުން ހައްޔަރު ކުރުން
  2. ޕާސްޕޯޓް ހިފެހެއްޓަން ކޯޓު އަމުރަށް އެދުން
  3. ހެކިބަސް ނެގުމަށް މީހުން ހާޒިރު ކުރުން
  4. ތަންތަން ބަލައި ފާސް ކުރުމަށް ކޯޓު އަމުރު ހޯދުން
  5. ތަހުގީގީ އިދާރާއަކަށް ލިބޭ ބާރުތައް ލިބޭނެ

ސަރުކާރު ފަރާތުން އިންތި ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް އެ ކޮމިޝަނުން ތަހުގީގު ކުރުމަށްފަހު، ޖިނާއީ ދައުވާ އުފުލަންޖެހޭ ފަރާތްތަކާމެދު ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް މައްސަލަތައް ފޮނުވަންވާނެ ކަމަށެވެ.

އިންތިގާލި އަދާލަތު ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން، މީޑިއޭޓަރެއްގެ ދައުރު އަދާކޮށް، މަދަނީ ހައްލު ހޯދުމަށް "އިންތިގާލީ އަދާލަތުގެ އޮމްބުޑްސްމަން"ގެ އޮފީހެއް އުފައްދަންޖެހޭ ކަމަށް ބުނެފައިވެއެވެ. އެ އޮފީހަށް އައްޔަން ކުރަންޖެހޭނީ ރާއްޖޭގެ ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ ތިން މެމްބަރުންނެވެ.

އިންތިގާލީ އަދާލަތުގެ އޮމްބުޑްސްމަންގެ އޮފީހުގެ ބޭނުމަކީ އިންސާނީ ހައްގުތަކާ ހިލާފު މައްސަލަތަކުގެ ތެރެއިން ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބަލައި، މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ފެންނަ މައްސަލަތަކަށް ހައްލު ހޯދުމެވެ.

ދައުވާ ކުރުމާއި ހުކުމް ކުރުމުގައި އަމަލު ކުރާ އުސޫލު:

  1. ޕީޖީއަށް ފޮނުވުމުން، 15 ދުވަހުގެ ތެރޭގައި ދައުވާ ކުރުން
  2. ދަށު ކޯޓަށް ހުށަހެޅުމުން 45 ދުވަހުގެ ތެރޭގައި ހުކުމް ކުރުން
  3. 10 ދުވަހުގެ ތެރޭގައި އިސްތިނާފު ކުރުން
  4. ހައި ކޯޓާއި ސުޕްރީމް ކޯޓުން 30 ދުވަހުން ހުކުމް ކުރަންވާނެ

ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތާ ގުޅުން ހުރި ތަނަކުން އެއްވެސް މީހަކަށް އަނިޔާއެއް ދީފައިވާނަމަ، އެކަމަށް ބެލުމަށް ބާރު އަޅާ "އިންތިގާލި އަދާލަތުގެ ގާނޫނު"ގެ މަގުސަދު ގާސިލުވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުން އެ ގާނޫނު އުވޭނެ ކަމަށް ބިލުގައިވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

10 މާރިޗު 2017

ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން

10 މާރިޗު 2017
ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން
08 މާރިޗު 2017

ރެހެންދި އެވޯޑް ހަތަރު ފަރާތަކަށް ލިބިއްޖެ

08 މާރިޗު 2017
ރެހެންދި އެވޯޑް ހަތަރު ފަރާތަކަށް ލިބިއްޖެ
02 މާރިޗު 2017

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ
23 ފެބުރުއަރީ 2017

ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް

23 ފެބުރުއަރީ 2017
ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް