Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސްގެ ދަތުރުފުޅު

ރައީސް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންފި

އެމަނިކުފާނުގެ ދަތުރުފުޅަކީ އެ ޤައުމުގެ ކްރިކެޓް ބޯޑްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 22 އެޕްރީލު 2019 | ހޯމަ 12:49
ރައީސް ސޯލިހް އެނބުރި ރާއްޖެ ވަޑައިގަތުން

ރައީސް ސޯލިހް އެނބުރި ރާއްޖެ ވަޑައިގަތުން

ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް އިންޑިޔާ ސަރުކާރުގެ ދަޢުވަތަކަށް އިންޑިޔާއަށް ކުރެއްވެވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންފައި ވަނީ ހޯމަ ދުވަހުގެ މެންދުރުފަހުއެވެ. އެމަނިކުފާނުގެ ދަތުރުފުޅަކީ އެ ޤައުމުގެ ކްރިކެޓް ބޯޑްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ރާއްޖޭގެ ކްރިކެޓް ތަރައްޤީކުރުމުގެ ގޮތުން އިންޑިޔާ ސަރުކާރުން ރާއްޖޭގައި ބިނާކުރާ ކްރިކެޓް ސްޓޭޑިއަމްއާ ގުޅޭ ގޮތުން އިންޑިޔާގެ ކްރިކެޓް ބޯޑާ ވެސް އެމަނިކުފާނު ބައްދަލު ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމުގެ އިތުރުން، އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރޯޔަލް ޗެލެންޖަރސް ބެންގަލޫރާއި، ޗެންނާއީ ސުޕަރ ކިންގްސްއާ ދެމެދުގައި ކުޅެވުނު އައިޕީއެލް ކްރިކެޓް މެޗް ވެސް ވަނީ ބައްލަވާލައްވާފައެވެ.

ރައީސް ސޯލިހްގެ އަރިހުގައި، މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި، ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިއީ ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ފަހުން ރައީސް އިންޑިއާއަށް ވަޑައިގެންނެވި ދެވަނަ ފަހަރެވެ. އެ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިންޑިއާއަށް ވަޑައިގެން އެގައުމުގެ ބޮޑުވަޒީރާއި އިސް ބޭފުޅުންނާ ބައްދަލު ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު