Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީ ލަންކާގެ ބޮމުގެ ހަމަލާ

ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!

21 އެޕްރީލު 2019 | އާދީއްތަ 11:25

މިހާތަނަށް ދިން ބޮމުގެ ހަމަލާ އަށަކަށް އަރާ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 21 އެޕްރީލު 2019 | އާދީއްތަ 11:25
ަޝަންގްރިއްލާ ހޮޓެލް އަށް ދިން ހަމަލާގައި ހަލާކުވެފައި

ަޝަންގްރިއްލާ ހޮޓެލް އަށް ދިން ހަމަލާގައި ހަލާކުވެފައި

ސްރީލަންކާގައި އާދީއްތަ ދުވަހުގެ ހެނދުނުން ފެށިގެން ދެމުން ގެންދާ ބޮމުގެ ހަމަލާތަކުގެ ތެރެއިން ޝަންގްރިއްލާ ހޮޓެލްގައި ދީފައިވާ ހަމަލާއަކީ ދެ މީހަކު އަމިއްލަ ގައިގައި ބޮން ހަރުކޮށްގެން ދީފައިވާ ހަމަލާއެއް ކަމަށް ލަންކާގެ ޑެއިލީ މިރާ ޑޮޓް އެލްކޭ އިން ބުނެފިއެވެ.

ލަންކާގައި މިހާތަނަށް ދީފައިވާ ބޮމުގެ ހަމަލާގެ އަދަދު އަށަކަށް އަރާފައިވާއިރު އެތައް ބަޔަކު ވަނީ މަރުވެ ޒަޚަމްވެފައެވެ.

ބޮން ގޮއްވުމުގެ ހަމަލާގެ ތަހުގީގުތައް ލަންކާގައި މިހާރު ފަށާފައިވާއިރު ޑެއިލީ މިރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާތަނަށް ބެލި ބެލުމުން ޝަންގްރިއްލާ ހޮޓެލްގައި ދީފައިވާ ހަމަލާއަކީ ހަށިގަނޑުގައި ބޮމެއް ހަރުކޮށްގެން ދީފައިވާ ހަމަލާކަން އެނގޭ ކަމަށެވެ. ބޮން ގޮއްވުމުގެ އެއް ދުވަސް ކުރިން (ހޮނިހިރު ދުވަހު) ޝަންގްރިއްލާ ހޮޓެލްގެ ކޮޓަރިއެއްގައި ދެ މީހަކު ޗެކިން ވެފައިވާ ކަމަށާއި އެ ހޮޓެލް ތެރޭގައި އާދީއްތަ ދުވަހު ދިން ހަމަލާއަކީ އަމިއްލަ ހަށިގަނޑުގައި ބޮން ހަރުކޮށްގެން ދީފައިވާ ހަމަލާއެއް ކަން ހާމަވާ ކަމަށް އެ ނޫހުގައި ވެއެވެ. އެ ނޫހުގައިވާ ގޮތުން ބޮން ގޮއްވި ދެ މީހުން ތިބީ އެ ހޮޓެލްގެ 616 ވަނަ ނަންބަރު ކޮޓަރީގައެވެ.

ބޮމުގެ ހަމަލާގެ ތަހުގީގުތައް ލަންކާ އިން ފަށާފައިވާއިރު ހޯމަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް އެގައުމުގައި ވަނީ ކާފިއު އިއުލާން ކޮށްފައެވެ. މި ހަމަލާތަކުގައި އާންމު ރައްޔިތުންނާއި އެހެން ގައުމުގަތުގެ ރައްޔިތުން ވެސް ވަނީ މަރުވެފައެވެ. މީގެ އިތުރުން ލަންކާގެ ހަތަރު ފުލުހަކު މަރުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

މި ހަމަލާއާ ގުޅިގެން މިހާތަނަށް އެކަކު ހައްޔަރު ކޮށްފައިވާ ކަމަށް ލަންކާގެ އޮފިޝަލުން ބުނެއެވެ.

މިހާތަނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 180 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަހަމްވި މީހުންގެ އަދަދު 500 އަށް ވުރެ ގިނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި އަދަދުތައް މައްޗަށް ދާނެ ކަމަށް ބެލެވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

23 ޖުލައި 2017

އުރުދުންގައި ހުންނަ އިޒްރޭލް އެމްބަސީއަށް ހަމަލާއެއް ދީފި

23 ޖުލައި 2017
އުރުދުންގައި ހުންނަ އިޒްރޭލް އެމްބަސީއަށް ހަމަލާއެއް ދީފި
07 ޖުލައި 2017

ޖީ – 20 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޓްރަމްޕް ހުންނަވާނެ ކޮޓަރިއެއް ހޮޓަލަކުން ހަމައެއް ނުޖެހުނު!

07 ޖުލައި 2017
ޖީ – 20 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޓްރަމްޕް ހުންނަވާނެ ކޮޓަރިއެއް ހޮޓަލަކުން ހަމައެއް ނުޖެހުނު!
12 ޖޫން 2017

އަހަރުމެންނަށް ގެއްލޭ ކޮންމެ ޑޮލަރެއް އެމީހުންނަށް ވެސް ގެއްލޭނެ: ގަތަރުގެ ފިނޭންސް މިނިސްޓަރ

12 ޖޫން 2017
އަހަރުމެންނަށް ގެއްލޭ ކޮންމެ ޑޮލަރެއް އެމީހުންނަށް ވެސް ގެއްލޭނެ: ގަތަރުގެ ފިނޭންސް މިނިސްޓަރ
18 މެއި 2017

ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި

18 މެއި 2017
ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި
18 މެއި 2017

ރަޝިއާގެ މައްސަލަ ބަލާ ކައުންސިލްގައި އިސްކޮށް ހުންނަވާނީ އެފްބީއައިގެ ކުރީގެ ވެރިޔާ

18 މެއި 2017
ރަޝިއާގެ މައްސަލަ ބަލާ ކައުންސިލްގައި އިސްކޮށް ހުންނަވާނީ އެފްބީއައިގެ ކުރީގެ ވެރިޔާ
08 މާރިޗު 2017

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު
05 މާރިޗު 2017

އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި

05 މާރިޗު 2017
އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި
04 މާރިޗު 2017

މެލޭޝިއާގައި ހުންނަވާ އުތުރު ކޮރެއާގެ އެމްބެސެޑަރު ގައުމު ދޫކޮށް ދާން މެލޭޝިއާ އިން އަންގައިފި

04 މާރިޗު 2017
މެލޭޝިއާގައި ހުންނަވާ އުތުރު ކޮރެއާގެ އެމްބެސެޑަރު ގައުމު ދޫކޮށް ދާން މެލޭޝިއާ އިން އަންގައިފި
28 ފެބުރުއަރީ 2017

ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

28 ފެބުރުއަރީ 2017
ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް