Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުލީން ސްޓާޓްއަޕް މެޝިން

ދުނިޔޭގެ އެންމެ ވަރުގަދަ ސްޓާޓްއަޕް ވަރކްޝޮޕް ރާއްޖޭގައި ފެށިގެން ކުރިއަށް

މިއީ ރާއްޖޭގައި މި ވޯކްޝޮޕް ބާއްވާ ފުރަތަމަ ފަހަރު

އަމަން ހަލީމް
އަމަން ހަލީމް | 20 އެޕްރީލު 2019 | ހޮނިހިރު 14:47
ލީން ސްޓާޓްއަޕް މެޝިން ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން

ލީން ސްޓާޓްއަޕް މެޝިން ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން

ދިރާގާއި ސްޕާކްހަބް ގުޅިގެން އިންތިޒާމްކުރާ ދުނިޔޭގެ އެންމެ ވަރުގަދަ ސްޓާޓްއަޕް ވޯކްޝޮޕް "ލީން ސްޓާޓްއަޕް މެޝިން" ރާއްޖޭގައި ފެށިއްޖެއެވެ.

ހޮނިހިރު ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ ވޯކްޝޮޕަކީ ސްޓާޓްއްޕް ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގާ ހާއްސަ ވޯކްޝޮޕެކެވެ. އައު އީޖާދެއް ނުވަތަ އައު ޚިޔާލެއް ތަރައްޤީ ކުރުމުގެ ކުރިން އަޅަން ޖެހޭ މުހިންމު ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަނެވޭނެގޮތަށް ލީން މެތެޑޮލޮޖީ މެދުވެރިކޮށް ކަސްޓަމަރ ވެލިޑޭޝަން، ޕްރޮޑަކްޓް އަދި ބިޒްނަސް މޮޑެލް ޑިވެލޮޕްމެންޓް ފްރޭމްވޯކްތައް މި ވަރކްޝޮޕް ތެރޭގައި ކިޔަވައިދެވޭނެއެވެ.

މި ވޯކްޝޮޕްގެ މުހިންމު ކަމަކީ ބައިވެރިންނަށް އަލަށް ވިޔަފާރިއެއް ފެށުމުގެ ކުރިން އެ ވިޔަފާރީގެ ޚިޔާލާ މެދު ވިސްނައި އެކަމަށް ތައްޔާރުވާނެ ގޮތްތައް ދެނެގަތުމެވެ. އަދި ވިޔަފާރިއާ ކަސްޓަމަރުންނާ އޮތް ގުޅުން ދެނެގަނެ ވިޔަފާރި ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ދަސްކޮށްދިނުމެވެ. އަދި މި ވަރކްޝޮޕްގެ ބައިވެރިންނަށް ވިޔަފާރީގެ އެކި ޚިޔާލުތަކާއި ކޮންސެޕްޓްތައް ޓެސްޓު ކުރުމުގެ ފުރުޞަތު ވެސް ލިބިގެންދާނެ ކަމަށް ދިރާގުން ވަނީ މައުލޫމާތު ދީފައެވެ.

މި ޕްރޮގްރާމުގެ ތެރެއިން ވިޔަފާރިތައް މެނޭޖްކުރުމުގައި ވިސްނަންވީ މުހިންމު ކަންކަން ބުނެދޭނެއެވެ. އޭގެ އިތުރުން، އަލަށް ފަށާ ވިޔަފާރިއަކަށް ކަސްޓަމަރުންގެ ބޭނުމަށް ވިޔަފާރި ބައްޓަންކުރާނެ އުކުޅުތައްވެސް ކިޔައިދޭނެއެވެ. އަދި މި ވަރކްޝޮޕްގެ މަގްސަދަކީ ވަރކްޝޮޕްގެ ތެރެއިން ތަމްރީނުވާ ބައިވެރިން އެކި ތަފާތު ވިޔަފާރި އުފެއްދުމަށް ލީން މެތެޑޮލޮޖީ ބޭނުންކޮށް ތަފާތު ޚިޔާލުތަކުގެ ތަފާތު ވިޔަފާރި އުފެއްދުން ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ ލީން ސްޓާޓްއަޕް މެޝިން މޯލްޑިވްސް ކުރިއަށް ދާނީ ލީން ސެޓިފައިޑް ފެސިލިޓޭޓަރުން މެދުވެރިކޮށް ކަމަށެވެ. އެގޮތުން ލީން ސްޓާޓްއަޕް މެޝިންގެ ރީޖަނަލް ޕާޓްނަރ ކޯޑް އާމީ މެލޭޝިއާގެ ސީއީއޯ ޒަފަރުލްއަޒްހަރު ބިން ނޫރައްދީން އަދި ސީއޯއޯ އަލީޒާ އެލިޒަބަތް އަދި ލީން ޕްރެކްޓިޝަނަރ ދާނިޝް އާތިފް މި ވޯކްޝޮޕްގައި ޙަރަކާތްތެރިވާނެއެވެ.

ލީން ސްޓާޓްއަޕް މެޝިން މޯލްޑިވްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަން އެވެ. މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިސްމާއިލް ރަޝީދު އަދި ސްޕާކްހަބްގެ ސީއީއޯ ހުސެއިން ޖިނާން އާއި ދެ ކުންފުނީގެ މެނޭޖްމަންޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

"ލީން ސްޓާޓްއަޕް މެޝިން" އަކީ ސްޓާޓްއަޕް ވިޔަފާރިތަކަށް އަމާޒުކޮށްގެން ދުނިޔޭގެ 150 ސަރަޙައްދެއްގައި ކާމިޔާބުކަމާއެކު ބާއްވަމުން އަންނަ ވޯކްޝޮޕްތަކެކެވެ. މި­­އީ ރާއްޖޭގައި ބޭއްވޭ ފުރަތަމަ ލީން ސްޓާޓަޕް މެޝިން ޕްރޮގްރާމެވެ. ދިރާގާއި ސްޕާކްހަބް ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު ހެކެތޯން ކަމަށް ވާ "އޭންޖަލް ހެކް" އަދި "ސްޓާޓް އަޕް ގްރައިންޑް އެކްސް" ފަދަ ހަރަކާތްތައް މީގެ ކުރިން ބާއްވާފައިވެއެވެ.

އިތުރަށް ކިޔާލަން

08 ޖުލައި 2017

ބޭންކް އޮފް ސިލޯނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައުސިންގް ލޯނެއް ތައާރަފުކޮށްފި

08 ޖުލައި 2017
ބޭންކް އޮފް ސިލޯނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައުސިންގް ލޯނެއް ތައާރަފުކޮށްފި
27 ޖޫން 2017

"ޗާޓައިމް" ގެ ފްރެންޗައިޒް ރާއްޖޭގައި ރަސްމީކޮށް ހުޅުވައިފި

27 ޖޫން 2017
 "ޗާޓައިމް" ގެ ފްރެންޗައިޒް ރާއްޖޭގައި ރަސްމީކޮށް ހުޅުވައިފި
29 މެއި 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި

29 މެއި 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި
18 އެޕްރީލު 2017

އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

18 އެޕްރީލު 2017
އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ
21 މާރިޗު 2017

ޓީއެމްއޭގެ ފްލީޓް ވަރުގަދަކޮށްފި

21 މާރިޗު 2017
ޓީއެމްއޭގެ ފްލީޓް ވަރުގަދަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު