Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުމަރު އަލް ބަޝީރު

ސޫދާނުގެ ކުރީގެ ރައީސް ބަޝީރުގެ މައްޗަށް މަނީ ލައުންޑައރިންގގެ ތުހުމަތު

20 އެޕްރީލު 2019 | ހޮނިހިރު 14:52

ބަޝީރަކީ މިހާރުވެސް އައިސީސީން ހޯދަމުންދާ ފަރާތެއް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 20 އެޕްރީލު 2019 | ހޮނިހިރު 14:52
ބަޝީރު މަގާމުން ވަކިކޮށްފައި ވަނީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު

ބަޝީރު މަގާމުން ވަކިކޮށްފައި ވަނީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު

މަގާމުން ދުރުކުރެވިފައިވާ ސޫދާނުގެ ރައީސް އުމަރު އަލް ބަޝީރުުގެ މައްޗަށް މަނީ ލައުންޑައރިންގެ ދައުވާކޮށް ގިނަ އަދަދެއްގެ ބޭރު ފައިސާ ޖަމާކޮށްފައި ހުރި މައްސަލައެއް ތަހުގީގު ކުރަމުންދާކަމަށް ޝަރުއީދާއިރާގެ ފަރާތްތަކަކާ ހަވާލާދީ ރޮއިޓަރސް އިން ހޮނިހިރު ދުވަހު ރިޕޯޓްކޮށްފިއެވެ.

އެ މަސްދަރުތަކުން ބުނެފައިވާ ގޮތުގައި އަސްކަރިއްޔާގެ އިންޓެލިޖެންސުން ބަޝީރުގެ ގެކޮޅު ބަލާ ފާސްކުރިއިރު 351،000 އެމެރިކާ ޑޮލަރަށްވުރެ ގިނަ ޑޮލަރާއި ހަ މިލިއަން ޔޫރޯއާއި ފަސްމިލިއަން ސޫދާން ޕައުންޑް(104،837 އެމެރިކާ ޑޮލަރު) ހުރި ސޫޓް ކޭސްތަކެއް ފެނިފައިވާކަމަށެވެ.

"ޗީފް ޕަބްލިކް ޕްރޮސިކިއުޓަރވަނީ ރައީސް ބަޝީރު ހައްޔަރުކޮށް ސުވާލުކޮށް ޝަރީއަތް ކުުރުމަށް ތައްޔާރުވުމަށް އަމުރުކޮށްފައި" ޝަރުއީ ދާއިރާގެ މަސްދަރަކުން ރޮއިޓަރސްގައި ބުނެފައި ވެއެވެ.

"ޕަބްލިކް ޕްރޮސިކިއުޝަނުން ކުރީގެ ރައީސްއާ ކޮބާރް ޖަލުގައި ސުވާލު ކުރާނެ" އޭނާ އިތުރަށް ވިދާޅުވެފައި ވެއެވެ.

މި ތަހުގީގާއި ބެހޭ ގޮތުން ބަޝީރުގެ އާއިލާ މެމްބަރެއްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ސޫދާނުގެ ހުޅަގުގެ ދާރްފޫރު ސަރަހައްދުގައި ހިންގާފައިވާ ގަތުލްއާއްމުގެ މައްސަލައިގެ ތުހުމަތުގައި ބައިނަލްއްޤްވާމީ ޖިނާއީ ކޯޓުންވެސް ހޯދަމުންދާ ބަޝީރު ރައީސްކަމުގެ މަގާމުން މި އޭޕްރީލް މަހުގެ 11 ވަނަ ދުވަހު ވަކިކޮށްފައި ވަނީ އެ ގައުމުގެ އަސްކަރިއްޔާ މެދުވެރިވެގެންނެވެ.

ޕާނާއި ކާންބޯން ބޭނުން ކުރާ ބައެއް އަސާސީ ތަކެތީގެ އަގުބޮޑުކުރަން ނިންމުމާއި ގުޅިގެން ޑިސެމްބަރު މަހުގެ ތެރޭގައި ފެށި މުޒާހަރާތައް ހޫނުވަމުން ގޮސް އެންމެ ފަހުން އެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ހުއްޓުމެއް ނެތި ސަރުކާރާ ދެކޮޅަށް އަޑުއުފުލުމުގައި ރެއާއި ދުވާލު އިހުތިޖާޖު ކޮށްފައެވެ.

މަގާމުން ދުރުކުުރުމަށް ފަހު އަސްކަރިއްޔާއިން ބަޝީރު ބަހައްޓާފައި ހުންނެވީ ރިޔާސީ ގަނޑުވަރުގައި ބަންދުކޮށްފައެވެ. ޖަލަށް ބަދަލުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރުއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް