Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިސްލާމިކް މިނިސްޓްރީ

ދަރުމަ ކަމާކެމި، ހަރަކާތް އިފްތިތާހްކޮށްފި

މިސްކިތް އިމާރާތް ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ކުރިއަށް ގެންދާ ހަރަކާތެއް

އަމްނާ އިމާދު
އަމްނާ އިމާދު | 20 އެޕްރީލު 2019 | ހޮނިހިރު 08:28
ދަރުމަކަމާކެމި ހަރަކާތް އިފްތިތާހް ކޮށްދެއްވަނީ

ދަރުމަކަމާކެމި ހަރަކާތް އިފްތިތާހް ކޮށްދެއްވަނީ

މިސްކިތް އިމާރާތްކުރުމަށް ފުރުސަތުތައް ފަހިކޮށް ދިނުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ''ދަރުމަކަމާކެމި'' ހަރަކާތް އިފްތިތާހްކޮށްފިއެވެ.

މިހަރަކާތް އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ނައިބް ފައިސަލް ނަސީމެވެ.

Advertisement - newsAdvertisement

މިހަރަކާތާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ ވިދާޅުވީ ދަރުމަކަމާކެމި ހަރަކާތަކީ ﷲގެ ވަޖުހުފުޅު އަދައިގެން މިސްކިތް އިމާރާތް ކުރުމަށް ހެޔޮ އެދޭ ފަރާތްތަކަށް އެފުރުސަތުތައް ހުޅުވާލުމާއި އެފުރުސަތު ތަނަވަސްކޮށްދީ އަދި މިސްކިތްތައް މަރާމާތުކޮށް ރައްޔިތުން މިސްކިތްތައް މަރާމާތް ކުރުމަށް ބޭނުންވަނީ ނަމަ އެފުރުސަތުތައް ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

އެގޮތުން މިނިސްޓްރީން ހިންގޭ ފަންޑު ފޮށިތައް ރައްޔިތުންނަށް އޭގެ ތަފްސީލު ހާމަކޮށްދިނުމާއި، ފަންޑު ފޮށިތަކަށް ރައްޔިތުންނަށް ފައިސާ ހޭދަކުރުމުގެ ފުރުސަތުތައް ހުޅުވާލުމުގެ ގޮތުން ހިންގާ ހަރާކަތެއް ކަމަށެވެ.

''މިހަރަކާތް ކުރިއަށްދާއިރު މިތަނުގަ ހުންނަ އެކި ބޫތުތަކުން އިސްލާމިކް މިނިސްޓްރީއިން ކުރިއަށް ގެންދެވޭ އެކިއެކި ހަރަކާތްތައް ފެންނާނެ. މިސްކިތްތަކުގެ އަދަދު އެގެން ހުންނާނެ. ރާއްޖޭގެ ރަށްރަށުގައި ހުރި މިސްކިތްތައް އެނގޭނެ. ބޮޑުކުޑަމިން އެނގެން ހުންނާނެ. ހަމައެގޮތަށް މިސްކިތްތައް އަޅާދޭން ބޭނުންވާ ފަރާތްތަކަށް އެހުރި ފުރުސަތުތައް މިތަނުން އެނގޭނެ. ކޮންރަށެއްގައިކަން މިސްކިތް އެޅެންހުރީ އެފުރުސަތުތައް ހުރީ ކޮންކޮން ރަށެއްގައިކަން ރަނގަޅަށް އެނގޭނެ އެހުރިހާ މައުލޫމާތުތަކެއް މިތަނުން މިއަދު ލިބޭނެ.'' މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.

މިނިސްޓަރު ޒާހިރު ވިދާޅުވީ މަރާމާތުކުރުމަށް ބޭނުންވާ މިސްކިތްތަކާއި، ކުރަން ހުރީކިޔައި މަރާމާތެއްކަން ބޭނުންވާ ކަމަށެވެ.

ޒަކާތުގެ ފައިސާއަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ވިދާޅުވީ ޒަކާތުގެ ފައިސާ މިދިޔަ އަހަރު ނުވަތަ އޭނގެ ކުރީގެ އަހަރު ލިބުނީ ކިހައިވަރެއް ކަމާއި، އެފައިސާ ބަލެނިވެރިންނާއި، އެފައިސާ ހަރަދުކުރެވޭ ގޮތާއި އެފައިސާ ހަރަދުކުރެވެމުންދަނީ ކިހިނެތް ކަމާއި މިހުރިހާ ތަފްސީލުތަކެއް ވެސް ލިބޭނެ ކަމަށެވެ.

މިނިސްޓަރު ޒާހިރު ވިދާޅުވީ މިނިސްޓްރީގެ ދަށުން ގުރުއާނާ ބެހޭ މަރުކަޒުން ހިންގޭ ޕްރޮގްރާމްތަކައި، އެތަނުން ކުރާ މަސައްކަތްތައް ވެސް އެއީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ބޫތުން ލިބޭނެ ކަމަށެވެ. އަދި މިނިސްޓްރީން ހިންގޭ ދީނީ ޕްރޮގްރާމްތަކާއި، ހަރަކާތްތަކުގެ ތަފްސީލް ވެސް ހާމަވެގެންދާނެ ކަމަށެވެ.

''މިޕްރޮގްރާމް ކުރިއަށް ގެންދާއިރު އެހީވާން ބޭނުންވާ ފަރާތްތަކަށް އެއީ ބޭންކް މެދުވެރިކޮށް އެކައުންޓަށް ފައިސާ ޖަމާކުރެވިގެންދާނެ ދިވެހި ފައިސާއިން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލެވިފައި އޮންނާނެ ޑޮލަރުން ސަދަގާތް ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވަނީ ހުޅުވާލެފައި. މިތާ އެތެރޭގައި ފަންޑު ފޮށި ހުންނާނެ ވަޑައިގެން ފަންޑު ފޮއްޓަށް ފައިސާލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި''މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޒާހިރު ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް އެހީވުމުގެ ހުރިހާ މަގެއް މިނިސްޓްރީން ތަނަވަސްކޮށްދީފައިވާ ކަމަށެވެ. ދީނީ ފައްޑަށް ފައިސާ ހަދިޔާކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައިވާއިރު މިހަރަކާތް ކުރިއަށް ގެންދަނީ ހޮނިހިރު ދުވަހުގެ 9:00 އިން ހަވީރު 5:30ގެ ނިޔަލަށްށެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި

24 ފެބުރުއަރީ 2017
އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި
23 ފެބުރުއަރީ 2017

ދޮރުން ދޮރަށް ކެމްޕޭނުން ރައްޔިތުންގެ ހާލު ދެނެގަނެވޭ، މުޅި ރާއްޖޭގައި ހަރަކާތް ހިންގާނަން: ހަސަން ހަތީފް

23 ފެބުރުއަރީ 2017
ދޮރުން ދޮރަށް ކެމްޕޭނުން ރައްޔިތުންގެ ހާލު ދެނެގަނެވޭ، މުޅި ރާއްޖޭގައި ހަރަކާތް ހިންގާނަން: ހަސަން ހަތީފް
22 ފެބުރުއަރީ 2017

އެމްޑީޕީން ކައުންސިލް އިންތިހާބަށް "ދޮރުން ދޮރަށް" ހަރަކާތް ފަށައިފި

22 ފެބުރުއަރީ 2017
އެމްޑީޕީން ކައުންސިލް އިންތިހާބަށް "ދޮރުން ދޮރަށް" ހަރަކާތް ފަށައިފި
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު