Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫސްވެރިކަމުގެ މިނިވަންކަން

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ މުޅިން އައު ހަރުފަތަކަށް، 22 ދަރަޖައިގެ ކުރިއެރުމެއް!

19 އެޕްރީލު 2019 | ހުކުރު 08:33

2019 ވަނަ އަހަރުގެ ލިސްޓްގައި ރާއްޖެ 22 ދަރަޖައިގެ ކުރިއެރުމެއް ލިބިފައިވޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 19 އެޕްރީލު 2019 | ހުކުރު 08:33
ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރޭގައި ނޫސްވެރިޔަކު އިހުތިޖާޖްކުރަނީ

ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރޭގައި ނޫސްވެރިޔަކު އިހުތިޖާޖްކުރަނީ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ވަރު ބަލައި ކޮންމެ އަހަރަކު އާންމު ކުރަމުން ދާ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" އިން ދިވެހިރާއްޖެ ނޫސްވެރިކަން މުޅިން އައު ހަރުފަތަކަށްދާކަން ހާމަވެއްޖެއެވެ.

ކޮންމެ އަހަރަކު އެއްފަހަރު 180 ގައުމު ހިމެނޭގޮތަށް އާންމު ކުރަމުންދާ ޕްރެެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެވަނީ 2018 ވަނަ އަހަރާއި އަޅައި ބާލާއިރު 22 ދަރަޖަ ކުރިޔަށް ޖެހިލާފައެވެ. އެގޮތުން 2018 ވަނަ އަހަރު ނެރުނު ލިސްޓްގައި ރާއްޖެ 120 ވަނައިގައި އޮތް އިރު 2019 އަނަ އަހަރު އާންމު ކުރި ލިސްޓްގައި ރާއްޖެއޮތީ 98 ވަނައިގައެވެ. މިއަހަރު ނެރުނު ލިސްޓްގައި ހިމެނޭ ދެކުނު އޭޝިއާ ނުވަތަ ސާރކް ގައުމުތަކަށް ބަލާއިރު ރާއްޖެ އޮތީ 2 ވަނައިގައެވެ. ސާރކް ގައުމުތަކުން މި ލިސްޓްގައި އެންމެ ކުރީގައި އޮތީ ބޫޓާންއެވެ.

Advertisement - newsAdvertisement

އެ ރިޕޯޓުން ދައްކާގޮތުން ރާއްޖެ ލިސްޓުން އެހާ ދަށަށް ވެއްޓިފައިވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުންނެވެ. ސަރުކާރަށް މަޖިލީހުގައި އޮތް މެޖޯރިޓީ ބޭނުންކޮށްގެން ބޭނުންގޮތަކަށް ގާނޫނުތައްހަދައި އެކި މުއައްސަސާތަކުން އަމަލުކުރަމުން ދިޔަ ގޮތުގެ ސަބަބުން ޔާމީންގެ ވެރިކަމުގެ ފަސް އަހަރުވެސް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ދިޔައީ ފަހަތަށެވެ.

ޔާމީންގެ ވެރިކަމުގައި އަބުރާ ބެހުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، 2016 ވަނަ އަހަރު ފާސްކުރި "އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" އަކީ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުމަށް ދިމާވި މައިގަނޑު އެއް ސަބަބުގެ ގޮތުގައި އެ ޖަމިއްޔާއިން ސިފަކޮށްފައި ވެއެވެ. އަދި ފުލުހުންގެ ފަރާތުން ނޫސްވެރިންނާއި މީޑީއާތަކަށް ކުރިމަތިވި ގޮންޖެހުންތަކާއި، ގާނޫނުތަކާއި، އިޖުރާއަތުތަކާ ޚިލާފަށް ނޫސްވެރިން ހައްޔަރުކޮށް ދައުވާ ކުރުމަކީ ރާއްޖޭގައި ނޫސްވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުންތަކުގެ ގޮތުގައި ސިފަކޮށްފައި ވެއެވެ.

2013 ވަނަ އަހަރު ޔާމީން ވެރިކަމާއި ހާވާލުވެވަޑައިގެންނެވި އިރު ރާއްޖެ އޮތީ ލިސްޓުގެ 103 ވަނައިގައެވެ. 2018 އާއި ހަމަޔަށް ރާއްޖެވަނީ 17 ދަރަޖަ ދަށަށް ވެއްޓިފައެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަނެ، މީޑިއާތައް ބަންދު ކުރުމުގެ ބާރު ލިބިދޭ ގޮތަށް އަބުރުގެ ގާނޫނު މަޖިލީހުން ފާސްކުރީ ދިވެހި ދައުލަތުގެ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގައި ސަރުކާރުގެ އިސްވެރިންގެ ބައިވެރިވުން އޮތް މިންވަރު މީޑިއާ އަށް ތިލަވެގެން އައި ދުވަސްވަރުއެވެ. ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ 47 މެމްބަރުންގެ ވޯޓާއެކު އެ ގާނޫނު މަޖިލީހުން ފާސްކުރީ 2016 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 9 ވަނަ ދުވަހުއެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ނެތް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުނު އިރު، ފާއިތުވެގެންދިޔަ 5 އަހަރަކީ އެކި ގޮތްގޮތުން ރާއްޖޭގެ މީޑިއާތަކާއި ނޫސްވެރިންނަށް ގޮންޖެހުންތަަކާ ކުރިމަތިލާންޖެހުނު އަހަރެކެވެ. އެގޮތުން ރާއްޖެޓީވީގެ ހަތަރު ނޫސްވެރިއެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރުމާއި، އަބުރުގެ ގާނޫނު ފާސްކުރުމާއި، އެންމެ ގިނަ ދުވަސްވީ ނޫސް "ހަވީރު" ހުއްޓާލަންޖެހުމާއި، ނޫސްވެރިޔާ ރިލްވާން ގެއްލުވާލުމުގެ އިތުރުން ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދު މަރާލުމުގެ ހާދިސާއަކީވެސް ޔާމީންގެ ވެރިކަމުގައި ހިނގައިގައިވާ ކަންތައްތަކެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖޭގައި ގާއިމުކޮށްދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް ސަރުކާރުން މަޖިލީހަށް 14 ނުވެމްބަރު 2018 ގައި ހުށަހަޅައިގެން އަބުރުގެ ގާނޫނު ވަނީ 38 މެމްބަރުންގެ އަޢުލަބިއްޔަތުން އުވާލައިފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް