Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެކްސިޑެންޓުުތައް ގިނަވުން

ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން

ގިނަ ދުވަސްތަކެއް ވަންދެން މަރާމާތު ނުކޮށް އުޅަނދުތައް ބޭނުންކުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 18 އެޕްރީލު 2019 | ބުރާސްފަތި 18:59
އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު އިބްރާހިމް ވާހަކަދައްކަވަނީ

އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު އިބްރާހިމް ވާހަކަދައްކަވަނީ

ލައިސަންސް ނެތް ފަރާތްތަކަށް ސައިކަލު ހަވާކުކުރާ މީހުން ޒިންމާ ކުރެވޭނެ އުސޫލެއް ޤާނޫނުގެ ތެރޭގައި ހިމަނަންޖެހޭ ކަމަށް ފުލުހުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މަގުމަތީގައި ދިމާވާ އެކިއެކި ހާދިސާތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު އިބްރާހިމް ވިދާޅުވީ، މަގުމަތީގެ ނުރައްކާތެރި ހާދިސާތައް ދިމާވާ މައިގަނޑު ސަބަބުތަކުގެ ގޮތުގައި ފާހަގަކުރެވެނީ ލައިސަންސް ނެތި ދުއްވުމާއި، ގިނަ ދުވަސްތަކެއް ވަންދެން އުޅަނދުތައް މަރާމާތު ނުކޮށް ބޭނުންކުރުމާއި، ދުއްވާއިރު ފަރުވާކުޑަކޮށް ނުވަތަ އޯވަރ ސްޕީޑްގައި ދުއްވުން ކަމަށެވެ.

Advertisement - newsAdvertisement
"ޤާނޫނުގައި ފާހަގަކޮށްފައި ވަނީ މިހާރު ލައިސަންސް ނެތި، ސައިކަލު ދުއްވައިގެން އަޅުގަނޑުމެންނަށް 18 އަހަރުން ދަށުގެ ކުއްޖަކު ގެނެވުނު ކަމުގައި ވިޔަސް ޤާނޫނަކު، ޤަވާއިދަކުއެއް ނެތް އެ ސައިކަލު ދިން މީހާ ނޫނީ އެހެން މީހަކު ޒިންމާ ކުރުވޭ ގޮތަކަށް، ހަމަ ޖޫރިމަނާ ކޮށްލާފަ ދޫކޮށްލަން މި ޖެހެނީ، އެހެންވީމާ ހަމަ ދެވަނަ ފަހަރަށް އަނެއްކާވެސް އޭނާ އެކުށަށް އަރައިގަންނަން ފުރުސަތު އެބަދެވޭ، އޭގެ ބަދަލުގައި އަޅުގަނޑުމެން މި ޤާނޫނުތަކުގެ ތެރެއިން އެ ސައިކަލު އެމީހަކަށް، އެ ކުއްޖަކަަށް ދިން މީހަކު ޒިންމާ ކުރުވޭ ކަހަލަ އުސޫލެއް ނޫނީ ޤަވާއިދެއް މީގެ ތެރެއަށް ވަންނަން އެބަޖެހޭ،" އިބްރާހިމް ވިދާޅުވިއެވެ.

އޭގެ އިތުރުން، ލައިސަންސް ނެތި ދުއްވައިގެން 1 ޖެނުއަރީ 2019 އިން 31 މާރިޗު 2019 އަށް 2267 ފަރާތެއް ފާހަގަކުރެވިފައިވާ ކަަމަށާއި އެކަމަށް ހައްލެއް ގެނައުމުގެ އިތުރުން، އިންސުއަރެންސް ޤަވާއިދަށްވެސް ބަދަލުގެނައިސް ތާރޑް ޕާރޓީ އިންސިއުރެންސް ކޮށްގެން އުޅަނދުތައް މަގުމަތީގައި ބޭނުންކުރުމަށް އެކަށީގެންވާ ޤަވާއިދުތަކެއް ހަދަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަގުމަތީގައި ހިތާމަވެރި ހާދިސާތައް ދިމާވާ އިތުރު ސަބަބުަތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، އިމާރަތް ކުރުމަށާއި މަގުތަކުގައި އެކި މަސައްކަތްތައް ކުރުމަށް ހުއްދަ ދިނުމުން އެ މަސައްކަތެއް ނިންމުމަށްފަހު ބައެއް ފަރާތްތަކުން އެ މަގު އާންމުންނަށް ބޭނުން ކުރެވޭ ހާލަތަށް އަނބުރާ ގެނައުަމަށް މަސައްކަތް ނުކުރާ ކަމަށާއި، އަދި އެގޮތަށް ދޫކޮށްލުމުން މަގުމަތީގައި ހިތާމަވެރި ހާދިސާތައް މެދުވެރިވާކަމަށެވެ.

" މާލޭގައި މަގުތައް މި ހުންނަނީ ގާއަޅާފައި ކަމަށްވެފައި، އެގާތަށް ނެގުމަށްފަހު އަނެއްކާ ރަނގަޅަށް ތަރުތީބު ނުކޮށް ގާ އަތުރާލާފައި އެބަ ދޫކޮށްލާ، ދޫކޮށްލީމާ އެމަގުމަތިން ދުއްވާ ސައިކަލުތައް އެ އަޑިގަނޑުތަކަށް ޖެހި، ދިމާވާ އެކްސިޑެންޓްތައްވެސް އެބަހުރި، ދެން މަގުތައް ހަޤީޤަތުގައި އެންމެ އެކަށީގެންވާ ވަރަށް މެއިންޓެއިން ކުރެވިފައެއް ނެތް، މިހާރު އެހެން ނަމަވެސް ކޮންމެވެސް ވަރަކަށް މަސައްކަތް ކުރަމުން އެބަގެންދޭ،" އިބްރާހިމް ވިދާޅުވިއެވެ.

އިންސްޕެކްޓަރ އެހެން ވިދާޅުވެފައިވާއިރު، މަގުމަތީގައި އިމާރަތް ކުރާ ތަންތަނުން ހިތާމަވެރި ހާދިސާތައް ހިނގައި، މީހުންގެ ފުރާނައަށް ގެއްލުންވާފަދަ ކަންކަން ހިނގާ މިންވަރު ވަނީ އިތުރުވެފައެވެ.

އޭގެ އިތުރުންވެސް ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ދިމާވާ އެކްސިޑެންޓުތައް ފުލުހުންނަށް ރެކޯރޑް ކުރެވިފައި ހުރި މިންވަރަށް ބަލާއިރުގައި 90 އިންސައްތަ ކޭސްތަކަކީ ބާރު ސްޕީޑުގައި ދުއްވައިގެން ދިމާވާ އެކްސިޑެންޓްތައް ކަމަށާއި އެކަންކަމަށް އެކަށީގެންވާ ހައްލެއް ގެނައިސް، ހޭލުންތެރިވާން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ސިނަމާލޭ ބްރިޖާއި ހައިވޭއިން ދުއްވާއިރު ހެލްމެޓް އަޅަން މަޖުބުރު ކުރި ފަހުން އެތަނުގައި ހިނގާ އެކްސިޑެންޓުތައް ނިސްބަތުން މަދު ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު