Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބިޔޯންސޭ

ބިޔޯންސޭގެ \'ހޯމްކަމިންގ: ފެނިގެންދަނީ އޭނާގެ ކުޅަދާނަކަން

ބިޔޯންސޭ ވަނީ 2018 ވަނަ އަހަރުގެ ކޯޗެލާ ފެސްޓިވަލްގައި އޭނާ ދިން ހުށަހެޅުމުގެ ޑޮކިއުންމަންޓްރީ ފިލްމެއް ރިލީޒްކޮށްފައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 18 އެޕްރީލު 2019 | ބުރާސްފަތި 18:54
ބިޔޯންސޭ ކޯޗެލާ ސްޓޭޖްގައި

ބިޔޯންސޭ ކޯޗެލާ ސްޓޭޖްގައި

2018 ވަނަ އަހަރުގެ ކޯޗެލާ ފެސްޓިވަލްގައި އޭނާ ދިން ހުށަހެޅުމުގެ ޑޮކިއުންމަންޓްރީ ފިލްމެއް މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ ރިލީޒް ކޮށްފިއެވެ.

'ހޯމްކަމިންގ' ރިލީޒް ކޮށްފައިވަނީ އިންޓަނެޓް ޓީވީ ނެޓްވޯކެއްކަމަށްވާ ނެޓްފްލިކްސްގައެވެ. އަދި އެއާ އެކު ލައިވް އަލްބަމެއް ވެސް ރިލީޒް ކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ ކޯޗެލާ ފެސްޓިވަލްގައި 105 މިނިޓްގެ ސެޓެއް ހުށަހެޅި ބިޔޯންސޭ އަކީ އެ ފެސްޓިވަލް ހެޑްލައިން ކުރި ކަޅު ނަސްލުގެ ފުރަތަމަ އަންހެނާ އެވެ. އަދި އެއަށް ފަހު ގިނަ ފަރާތެއް އެ ފެސްޓިވަލަށް 'ބީޗެލާ' ކިޔަން ފެށިއެވެ. ބިޔޯންސޭގެ ފޭނުން ބޭނުން ކުރާ 'ބީހައިވް'އަށް ނިސްބަތް ކޮށެވެ.

ބިޔޯންސޭ ކޯޗެލާ ފެސްޓިވަލްއަށް ތައްޔާރު ކުރި ސްޓޭޖް

އެހެންކަމުން 'ހޯމްކަމިންގ'ގައި ވަނީ އެ ނަސްލުގެ ސަގާފަތްތަކަށް ވަރަށް ބޮޑަށް އަލި އަޅުވާލާފައެވެ. އަދި އެ ޝޯވގައި ބިޔޯންސޭއާއެކު ޕަރފޯމް ކުރި ނެށުންތެރިންނާއި ބެކް-އަޕް ވޯކަލިސްޓުންނާއި ބޭންޑްގައި ބޮޑަށް ފެނިގެން ދިޔައީ ކަޅު ނަސްލުގެ މީހުންނެވެ.

އަދި މުޅި ފިލްމްގައި ކަޅު ނަސްލުގެ ފާހަގަ ކުރެވޭ ފަރާތްތަކުގެ ބަސްތައް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި މާޔާ އެންޖަލޫ އަދި ނީނާ ސިމޯން ހިމެނެއެވެ.

ބިޔޯންސޭ އާއި ކޮއްކޮ ސޮލާންޖް

މީގެ އިތުރުން، ބިޔޯންސޭއާއެކު ފާހަގަ ކުރެވޭ ފަރާތްތަކެއް މި ޝޯވގައި ބައިވެރިވިއެވެ. އޭގެ ތެރޭގައި އޭނާގެ ފިރިމީހާ، މަޝްހޫރު ރެޕް އާޓިސްޓް ޖޭ-ޒީ އާއި ކޮއްކޮ ސޮލާންޖް ހިމެނެއެވެ. ނަމަވެސް، އެ ޝޯވ ގައި އެންމެ ހާއްސަ ގެސްޓުންނަކަށްވީ އޭނާގެ ކުރީގެ ބޭންޑް މޭޓުންކަމަށްވާ ކެލީ ރޯލެންޑް އާއި މިޝޭލް ވިލިއަމްސްއެވެ. ބިޔޯންސޭގެ މިއުޒިކީ ހަޔާތް ފެށުނީ އެ މީހުންނާ އެކު، 'ޑެސްޓިނީސް ޗައިލްޑް' ބޭންޑްގައެވެ.

ޑެސްޓިނީސް ޗައިލޑް

'ހޯމްކަމިންގ'ގައި ކޯޗެލާ ފެސްޓިވަލަށް ތައްޔާރު ވުމަށް ބިޔޯންސޭ ކުރި މަސައްކަތްތައް ވެސް ފެނިގެން ދެއެވެ. ބިޔޯންސޭ ކިޔާދޭގޮތުގައި، އޭނާ ފުރަތަމަ ކޯޗެލާގައި ޕަރފޯމް ކުރަން ނިންމީ 2017 ވަނަ އަހަރުގައެވެ. ނަމަވެސް ބަލިވެ އިނުމުގެ ސަބަބުން ލަސްކުރަން ޖެހުނީއެވެ. އަދި "އުނދަގޫ ޕްރެގްނަންސީ"އަކަށް އޭނާ އެއްމާ ބަނޑު ދެ ކުދިންނަށް އެ އަހަރުގެ ޖޫން މަހު މަރުހަބާ ކިޔެއެވެ.

ދެ ގަޑި އިރު 17 މިނިޓްގެ މި ފިލްގައި ބިޔޯންސޭގެ ފިރިމީހާގެ އިތުރުން، އޭނާގެ ތިން ކުދިން ވެސް ފެނިގެން ދެއެވެ. އަދި އެންމެ ދޮށީ ދަރިފުޅު، ބްލޫ އައިވީ ލަވަ ކިޔާ ތަން ވެސް ފެނެއެވެ.

ބިޔޯންސޭ އާއި ފިރިމީހާ ޖޭ-ޒީ

ބިޔޯންސޭ ކިޔާދޭ ގޮތުން، ރޫމީ އާއި ސަރ ވިހެއުމަށް ފަހު އޭނާ ފުރަތަމަ ހަތަރު މަސް ހޭދަ ކުރީ ޝޯވ މިއުޒިކް ބައިގެ ރިހަރސަލް ގައެވެ. އަދި އެއަށް ފަހު ނެށުންތަކުގައި ވެސް ހަތަރު މަސް ހޭދަ ކުރި ކަމަށް އޭނާ ބުންޏެވެ. ސެޓްގައި ހިމަނާނެ ލަވައިން ފަށައިގެން ސްޓޭޖްގައި ބޭނުން ކުރާ މެޓީރިއަލްއަށް ދަންދެން ނިންމަނީ ބިޔޯންސޭއެވެ.

'ހޯމްކަމިންގ' ރިލީޒް ކުރުމުން އޭނާގެ ފޭނުން ދަނީ އުފާ ފާޅު ކުރަމުންނެވެ. އޭނާގެ ގިނަ ފޭނުންނަށް އެމެރިކާގެ ކެލިފޯނިއާގައި އޮންނަ ކޯޗެލާ ފެސްޓިވަލްއަށް ދިއުމުގެ ފުރުސަތު ލިބިފައި ނުވާއިރު، އެމީހުން- އަދި ޝޯވ ބަލަން ދިޔަ ފަރާތްތައްވެސް- މި ފިލްމް ދެކެނީ ހަދިޔާ އެއްގެ ގޮތުގައެވެ.

އާރިއާނާ ގްރާންޑޭ ނިމިގެން ދިޔަ ހަފްތާ ބަންދުގައި ކޯޗެލާ ފެސްޓިވަލްގައި ޕަރފޯމް ކުރަނީ

ބިޔޯންސޭގެ ވަރުގަދަ ޕަރފޯމަންސްއަށް ފަހު މި އަހަރުގެ ކޯޗެލާ ފެސްޓިވަލް ހެޑްލައިން ކުރީ ޕޮޕް ލަވަ ކިޔުންތެރިޔާ އާރިއާނާ ގްރާންޑޭއެވެ. 23 އަހަރުގެ އާރިއާނާ އަކި މި ފެސްޓިވަލް ހުށަހެށި އެންމެ ހަގު އާޓިސްޓެވެ.

ދެ ހަފްތާ ބަންދުގެ މައްޗަށް ކުރިއަށް ދާ މި ފެސްޓިވަލްގެ މި އަހަރުގެ ފުރަތަމަ ބައި ނިމިގެން ދިޔަ ހަފްތާ ބަންދުގައި ނިމިފައިވާއިރު، އަންނަ ހްފަތާ ބަންދުގައި މި އަހަރުގެ ފެސްޓިވަލް ނިމޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީސީއަށް ފާޑުކިޔުމުން އެންމެ ފަހުން އޭނާގެ މަންމަ ރައްދު ދީފި

ޕީސީއަށް ފާޑުކިޔުމުން އެންމެ ފަހުން އޭނާގެ މަންމަ ރައްދު ދީފި

06 ޖުލައި 2017
ސަޗިން ބޭނުންވީ އޭނާގެ ރޯލު އާމިރު ކުޅެން

ސަޗިން ބޭނުންވީ އޭނާގެ ރޯލު އާމިރު ކުޅެން

15 މެއި 2017
ސޯނޫ ނިގަމްއަށް ކީ ފާޑު ކިޔުންތަކާއެކު އޭނާގެ ގޭގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ސޯނޫ ނިގަމްއަށް ކީ ފާޑު ކިޔުންތަކާއެކު އޭނާގެ ގޭގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

19 އެޕްރީލު 2017
ރިތިކް އޭނާގެ ބައޮގްރާފީ ލިޔަނީތަ؟

ރިތިކް އޭނާގެ ބައޮގްރާފީ ލިޔަނީތަ؟

27 މާރިޗު 2017
ނަޗްބަލިޔޭ8: އެންމެ އަގުބޮޑު ޖޯޑަކަށް ބާރްތީ ސިންގ އާއި އޭނާގެ ލޯބިވެރިޔާ!

ނަޗްބަލިޔޭ8: އެންމެ އަގުބޮޑު ޖޯޑަކަށް ބާރްތީ ސިންގ އާއި އޭނާގެ ލޯބިވެރިޔާ!

23 މާރިޗު 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު