Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބީއެމްއެލް

އުނގޫފާރުގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ގާއިމްކޮށްފި

18 އެޕްރީލު 2019 | ބުރާސްފަތި 09:27

މި ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ހިދުމަތް ލިބިގެންދާނެ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 18 އެޕްރީލު 2019 | ބުރާސްފަތި 09:27
ބީއެމްއެލް އުނގޫފާރު ބްރާންޗް

ބީއެމްއެލް އުނގޫފާރު ބްރާންޗް

ބީއެމްއެލް އިން އުނގޫފާރު ގައި އެންމެ ޒަމާނީ ބްރާންޗަކާއި 24 ގަޑިއިރު ޚިދުމަތް ލިބޭ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ގާއިމްކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ، މި ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ބޭންކް އޮފް މޯލްޑިވްސްެ އިން ރ. އަތޮޅުގައި ކުރަމުންދާ އިންވެސްޓްމަންޓް ފުޅާކޮށް މިހާރު ބޭންކުގެ ޚިދުމަތް ދެމުންދާ ބްރާންޗް އެންމެ ޒަމާނީ ބްރާންޗަކަށް ބަދަލުކުރުމުގެ ގޮތުން ޤާއިމްކުރި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލުން ބުނީ، ބޭންކުން ހިންގަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އުނގޫފާރުގައި ގާއިމްކުރެވުނު އާ ބްރާންޗް ހުޅުވުނީ ބުރާސްފަތި ދުވަހު އެރަށުގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައި ކަމަށެވެ. އަދި މި ހަފްލާގައި ބޭންކުގެ ކަސްޓަމަރުންނާއި އުނގޫފާރުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނާ އަދި އެކި މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވިއެވެ. އުނގޫފާރު ބްރާންޗް ހުޅުވުން ފާހަގަ ކުރުމުގެ ގޮތުން، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ އޭޕްރިލް މަހުގެ ބައްދަލުވުން ބާއްވާފައިވަނީ ވެސް އާ ބްރާންޗްގައި ކަމަށް ބޭންކުން ބުންޏެވެ.

ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ބޭންކް ހިންގެވުމާ ހަވާލުވެ ހުންނެވި އައިޝަތު ނޫރައްދީން ވިދާޅުވީ އުނގޫފާރުގެ ރައްޔިތުންނަށް އެންމެ ޒަމާނީ އާ ބްރާންޗަކާއި ސެލްފްސަރވިސް ބޭންކިންގ ސެންޓަރެއް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އުނގޫފާރަކީ ވިޔަފާރި އާއި އިޤްތިސާދީ ގޮތުން ބަލާއިރު އަތޮޅުގެ މައި ރަށަށްވުމާއެކު އިންވެސްޓްމަންޓްތަކުގެ ފައިދާ ރަށާ ކައިރި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ލިބިގެންދާނެ ކަމަށް ނޫރައްދީން ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 40 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 100 އޭޓީއެމް، 5300 ޕީއޯއެސް މަރޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބޭންކުން ބުންޏެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2017

ޕްރިންޓް އެންޑް އެޑްވަޓައިޒިންގ ސަރވިސް ޝޯ ފަށައިފި

21 ސެޕްޓެމްބަރު 2017
ޕްރިންޓް އެންޑް އެޑްވަޓައިޒިންގ ސަރވިސް ޝޯ ފަށައިފި
27 އޯގަސްޓު 2017

މޯލްޑިވްސް އެކްޒިބިޝަން އެންޑް ކޮންފެރެންސް ސަރވިސްއާ ބެސްޓްބައި މޯލްޑިވްސް ގުޅިގެން މާސްޓަރ ކުލާހެއް ބާއްވައިފި

27 އޯގަސްޓު 2017
މޯލްޑިވްސް އެކްޒިބިޝަން އެންޑް ކޮންފެރެންސް ސަރވިސްއާ ބެސްޓްބައި މޯލްޑިވްސް ގުޅިގެން މާސްޓަރ ކުލާހެއް ބާއްވައިފި
31 ޖުލައި 2017

ބީއެމްއެލްއިން އެންމެ ޒަމާނީ ކަސްޓަމަރ ސަރވިސް ސެންޓަރެއް ހުޅުވައިފި

31 ޖުލައި 2017
ބީއެމްއެލްއިން އެންމެ ޒަމާނީ ކަސްޓަމަރ ސަރވިސް ސެންޓަރެއް ހުޅުވައިފި
13 ޖުލައި 2017

ބްރީތްލައިފްގެ ނަމުގައި ފިޓްނަސް ސެންޓަރެއް ހުޅުވައިފި

13 ޖުލައި 2017
ބްރީތްލައިފްގެ ނަމުގައި ފިޓްނަސް ސެންޓަރެއް ހުޅުވައިފި
05 މެއި 2017

ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި

05 މެއި 2017
ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި
27 އެޕްރީލު 2017

ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

27 އެޕްރީލު 2017
ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި
14 އެޕްރީލު 2017

ބީއެމްއެލް އިން ޅ. ހިންނަވަރުގައި ސެލްފް ބޭންކިންގެ ޚިދުމަތް ފަށައިފި

14 އެޕްރީލު 2017
ބީއެމްއެލް އިން ޅ. ހިންނަވަރުގައި ސެލްފް ބޭންކިންގެ ޚިދުމަތް ފަށައިފި
19 ފެބުރުއަރީ 2017

އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި

19 ފެބުރުއަރީ 2017
އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި
18 ފެބުރުއަރީ 2017

ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި

18 ފެބުރުއަރީ 2017
ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި
05 ފެބުރުއަރީ 2017

ފުވައްމުލަކުގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ތަޢާރަފްކޮށްފި

05 ފެބުރުއަރީ 2017
ފުވައްމުލަކުގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ތަޢާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް