Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެލަން ގާސިއާ

ޕެރޫގެ ކުރީގެ ލީޑަރު ހައްޔަރުކުރުމުގެ ކުރިން އަމިއްލަފުޅަށް ބަޑިޖަހައި މަރުވެއްޖެ

17 އެޕްރީލު 2019 | ބުދަ 17:21

ގާސިއާވަނީ ދެ ފަހަރެއްގެ މަތިން ޕެރޫގެ ވެރިކަން ކުރައްވާފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 17 އެޕްރީލު 2019 | ބުދަ 17:21
ގާސިއާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާުރު ކުރައްވާ

ގާސިއާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާުރު ކުރައްވާ

ކޮރަޕްޝަނުގެ މައްސަލަތަކަކާ ގުޅިގެން ހައްޔަރު ކުރުމަށް ގެއަށް ފުލުހުން ދިއުމާއެކު އަމިއްލަ ފުޅަށް ގައިކޮޅަށް ބަޑި ޖެއްސެވި ޕެރޫގެ ކުރީގެ ރައީސް އެލަން ގާސިއާ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ބުދަ ދުވަހު އަވަހާރަވެއްޖެ ކަމަށް އިދާރާތަކުން ބުނެފިއެވެ.

ގޯހުން އެއްވެސް ކަމެއް ކުރައްވާފައިނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންދާ ގާސިއާގެ އުމުރުފުޅަކީ 69އެވެ.

ރައީސް މާޓިން ވިޒްކައްރާ ވަނީ ގާސިއާގެ މަރުން ކުއްލި ހިތްދަތިކަމެއް ލިބިވަޑައިގެންނެވި ކަމަށާއި އާއިލާގެ މެމްބަރުންނަށް ތައުޒިއާ ވިދާޅުވާ ކަމަށް ޓްވީޓް ކުރައްވާފައެވެ.

ގާސިއާ ހައްޔަރު ކުރުމަށް ނެރެފައިވާ ކޯޓް އަމުރު އެސޯސިއޭޓެޑް ޕްރެސްއަށް ލިބިފައިވާ ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.

ޕެރޫގެ ކޯޓުން އޭނާގެ މައްޗަށް ދައުވާކުރަނީ ބްރެޒިލްގެ ކުންފުންޏަކަށް ހަވާލުކުރި އިލެކްޓްރިކް ރޭލްގެ ކޮންސްޓަރްކަޝަންގެ މަސައްކަތުގައި މަގާމު ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތު ނަގާފައިވާ ކަމުގެ ތުހުމަތެވެ.

މީގެ އިތުރުން ބްރެޒިލްގައި ބޭއްވި ކޮންފަރެންސެއްގައި ބައިވެރިވުމުގެ ގޮތުން ރިޝްވަތުގެ ގޮތުގައި 100،0000 އެމެރިކާ ޑޮލަރު ނަގާފައިވާ ކަމުގެ ތުހުމަތުތައް ވެސް ވަނީ ކުރެވިފައެވެ.

އުމުރުން 69 އަހަރުފުޅުގެ ގާސިއާ ވަނީ ޕޭރުގެ ރައީސްކަން ދެ ފަހަރެއްގެ މަތިން ކުރައްވާފައެވެ. ކޮރަޕްޝަންގެ މައްސަލަތަކެއްގައި ތުހުމަތު ކުރެވި ހައްޔަރު ކޮށްފާނެކަމުގެ ބިރަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އުރުގުއޭގެ އެމްބަސީން ހިމާޔަތަށް އެދިވަޑައިގެންފައިވާއިރު 1992 ވަނަ އަހަރު ކޮލަމްބިއާގެ އެމްބަސީ އިން ހިމާޔަތް ހޯއްދެވުމަށް ވެސް ގާސިއާ އެދިވަޑައިގެންފައިވެއެވެ.

ގާސިއާވަނީ 1985ން 1990 އަށް ވެރިކަން ކުރެއްވުމަށް ފަހު 2006 ވަނަ އަހަރު އަލުން އިންތިޚާބުވެ ވަޑައިގެން ވެސް ފަސް އަހހަރުގެ ދައުރެއް ރައީސްކަމުގައި ފުރިހަމަކުރައްވާފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

27 މާރިޗު 2017

މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި

27 މާރިޗު 2017
މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
22 މާރިޗު 2017

ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި

22 މާރިޗު 2017
ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި
23 ފެބުރުއަރީ 2017

އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

23 ފެބުރުއަރީ 2017
އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު
22 ފެބުރުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް
14 ފެބުރުއަރީ 2017

ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް

14 ފެބުރުއަރީ 2017
ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް
13 ފެބުރުއަރީ 2017

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް