Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މިއަުޒިއަމްސް

މި މިއުޒިއަމްތައް ވަރަށް ތަފާތު!

އެންމެ ތަފާތު މިއުޒިއަމް އަކީ މިއުޒިއަމް އޮފް ބްރޯކެން ރިލޭޝަންޝިޕްސް

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 17 އެޕްރީލު 2019 | ބުދަ 10:39
ތަފާތު މިއުޒިއަމް ތަކުގެ ފޮޓޯތަކެއް

ތަފާތު މިއުޒިއަމް ތަކުގެ ފޮޓޯތަކެއް

މިއުޒިއަމް އޮފް ބޭޑް އާރޓްސް

މިއުޒިއަމެއްގެ ތެރެއަށް ވަދެ ހިނގާލީމަ އާޓިސްޓުންގެ ބުރަ މަސައްކަތް ފެނުނީމަ އަޖައިބުވެ އަންތަރީސްވެއެވެ. އެމެރިކާގެ ޑެޑް އަމް ގައި 1994 ވަނަ އަހަރު ހަދާފައިވާ ''މިއުޒިއަމް އޮފް ބޭޑް އާރޓް'' އަކީ ވެސް ހުނަރުން ފުރިގެންވާ އާޓިސްޓުން ފަރުމާ ކޮށްފައިވާ އެއްޗެހި ދައްކުވައިދޭ މިއުޒިއަމްއެކެވެ.

މިއުޒިއަމް އޮފް ބޭޑް އާރޓްސް. ފޮޓޯ: ފޭސްބުކް

މިއުޒިއަމްގެ ތީމަކީ '' އާޓް ޓޫ ބޭޑް ޓުބީ އިގްނޯޑް''އެވެ. ހަތްސަތޭކަ އަށް ވުރެ ގިނަ ކުރެހުން މި މިއުޒިއަމް ގައި ހުރެއެވެ. އެންމެ ފާހަގަ ކޮށްލެވޭ ކުރެހުންތަކަކީ، '' ލޫސީ އިންދަ ފީލްޑް ވިތް ފްލާވާރސް'' ކުރެހުމާއި، ''ސަންޑޭ އޮންދަ ޕޮޓް ވިތް ޖިއޯޖް''ގެ އިތުރުން ''ބޯން- ޖަގްލިން ޑޯގް އިން ހޫލާ ސްކާޓް''. މިއިން ކޮންމެ ކުރެހުމަކީ ވެސް ކޮންމެ ކުރެހުމެއްގައި ވެސް ތަފާތު ވާހަކައެއް ބުނެދޭ ކުރެހުމެކެވެ.

އެގޮތުން މި މިއުޒިއަމްގައިވާ '' ލޫސީ އިންދަ ފީލްޑް ވިތް ފްލާވާރސް''ގެ ހަގީގަތަށް ބަލާއިރު މި ކުރެހުމަކީ ކުނި އެއްޗެއްގެ ތެރެއިން ނެގި ކުރެހުމެކެވެ.

ލޫސީ އިން ދަ ފީލްޑް ވިތް ވޯޓާރސް. ފޮޓޯ: ގޫގުލް

މި ކުރެހުން ވެގެން ގޮސްފައިވަނީ މުޅި މިއުޒިއަމްގައި ވެސް ފުރަތަމަ ޑިސްޕްލޭ ކުރެވުނު ކުރެހުމަށެވެ.

ސޯލްޓް އެންޑް ޕެޕާ މިއުޒިއަމް

ސޯލްޓް އެންޑް ޕެޕާ މިއުޒިއަމްގައި ހިމެނެނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން ބޭނުން ކުރަމުން އަންނަ 20،000 ސޯލްޑް އެންޑް ޕެޕާ ޝޭކާސްއެވެ. ބެލްޖިއަމްގެ އާކިއޮލެޖިސްޓެއް ކަމަށްވާ އަންޑްރިއާ ލުޑެން އެ މިއުޒިއަމް ހުޅުވީ 2002 ވަނަ އަހަރުއެވެ.

ސޯލްޓް އެންޑް ޕެޕާ މިއުޒިއަމް. ފޮޓޯ: ފޭސްބުކް

އަންޑްރީއާ 1984 އަހަރުން ފެށިގެން އެއްކުރަމުން އައީ، ކާއެއްޗެހި ކާތަކެތި ރަހަ އިތުރަށް ރަނގަޅު ކުރުމަށް އަޅާ ''ސީޒަނިން'' ނުވަތަ ''ސްޕައިސެސް'' އެޅުމަށް ބޭނުން ކުރާ އެކި ޒާތުގެ އާލާތްތަކެވެ.

ކަޕް ނޫޑްލްސް އެންޑް ރަމެން މިއުޒިއަމް

ދެކުނު އިރުމަތީ އޭޝިއާގެ މީހުންނަކީ އާއްމުކޮށް ނޫޑްލްސް އާއި ތައްޔާރީ ކާނާ ކެއުމަށް މަޝްހޫރު ބައެކެވެ. ޖަޕާނުގެ ޔޮކޮހަމާގައި ހުންނަ ކަޕް ނޫޑްލްސް މިއުޒިއަމް ގައި ހަތަރު ވައްތަރެއްގެ ނޫޑްލްސްގެ ބާވަތްތައް ދައްކުވައިދޭ މައުރަޒެއް ހިމެނެއެވެ.

ކަޕް ނޫޑްލްސް އެންޑް އިންސްޓެންޓް ރަމެން ނޫޑްލްސް

އެ މިއުޒިއަމް ގައި ނޫޑްލީސްގެ ތާރީހުގެ އިތުރުން ޖަޕާނުގެ އިންސްޓެންޓް ނޫޑްލްސް އުފެއްދި މޮމޯފުކޯ އަންޑޯ އާއި ބެހޭ ތާރީހީ މައުލޫމާތު ފެންނަ ގޮތަށް ހުރެއެވެ. އެއްވެސް ފީއަކާ ނުލާ ވަދެވޭ އެ މިއުޒިއަމް އަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އަމިއްލަ އަށް ނޫޑްލްސް ކައްކާ ކާލުމުގެ ފުރުސަތު ލިބެއެވެ. މިއުޒިއަމްގައި ހަދާފައިވާ ނޫޑްލްސް ފެކްޓްރީގައި އެމީހަކު ބޭނުންގޮތަކަށް ނޫޑްލިސް ކާން ބޭނުން ކުރާ ތަށި ފަރުމާ ކޮށްދެއެވެ.

ކޭންކުން އަންޑަ ވޯޓާރ މިއުޒިއަމް

މިއީ ދުނިޔޭގެ މަޝްހޫރު މިއުޒިއަމް ތަކުގެ ތެރެއިން އެންމެ އާދަޔާ ހިލާފު އެއްމިއުޒަމްއެވެ. މެކްސިކޯގެ ކަނޑު އަޑީގައި ހަދާފައިވާ ހިތްގައިމު މި މިއުޒިއަމް އަށް ޒިޔާރަތް ކުރެވޭނީ 8 މީޓަރު އަޑިއަށް ފީނައިގެންނެވެ.

ކޭންކުން އަންޑަ ވޯޓާރ މިއުޒިއަމް. ފޮޓޯ: ފޭސްބުކް

ކަނޑު އަޑީގައި ހަދާފައިވާ ދުނިޔޭގެ އެންމެ ބޮޑު މިއުޒިއަމްގައި ދާއިމީ ގޮތަށް ހަދާފައިވާ 500 ''ސްކަލްޕްޗާރ'' ހުރެއެވެ. މީގެ ގިނަ ''ސްކަލްޕްޗާރ'' ހަދާފައިވަނީ މަށިންނެވެ.

މިއުޒިއަމް އޮފް ބްރޯކެން ރިލޭޝަންޝިޕްސް

މި މިއުޒިއަމް ފެށުނީ ވަރަށް ތަފާތު ގޮތަކަށެވެ. ކްރޮއޭޝިއާގެ ދެ ލޯބިވެރިން ކަމަށްވާ އޮލިންކާއާ ޑްރަޒެން ބްރޭކްއަޕްވުމަށް ފަހު ދެ މީހުން ކުރިން ރައްޓެހިވެގެން އުޅުނު އިރު އެކަކު އަނެކަކަށް ދީ އުޅުނު ހަދިޔާ ބަދިޔާ އެމީހުން ނިންމީ އާއްމުންނަށް ފެންނާނެހެން ޑިސްޕްލޭ ކުރާށެވެ.

މިއުޒިއަމް އޮފް ބްރޯކެން ރިލޭޝަން ޝިޕް. ފޮޓޯ: ފޭސްބުކް

ޑިސްޕްލޭ ކުރި ހިސާބުން ދުނިޔޭގެ ސަމާލުކަމަށް އެތަން އައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިގޮތަށް ރައްޓެހިވެ ރުޅިވެފައި ތިބި މީހުން މި މިއުޒިއަމް އަށް އެއްޗެހި ހަދިޔާ ކުރަން ފެށިއެވެ. އެއްޗެހި މިއުޒިއަމް އާ ހަވާލުކުރާއިރު އެ އެއްޗަކާއި ބެހޭ މައުލޫމާތު ގަނޑު ކޮޅެއްގައި ލިޔަން ޖެހޭއެވެ.

މަތިން އެފެންނަ ކޯރާޑީ އަކީ ޖަރުމަނުވިލާތުގެ އަންހެނަކު އޭނާގެ ލޯބިވެރިޔާ އެހެން އަންހެނަކާއި ގުޅުން އޮންނަ ކަން ފަޅާއެރުމާއެކެ ފިރިހެން މީހާ ދީފައި ހުރި ފަރނީޗަ ސެޓް ފުނޑު ފުނޑު ކޮށްލަން ބޭނުންކުރި ކޯރާޑިއެވެ.

މިއުޒިއަމް އޮފް ހިއުމަން ޑިސީސް

ހިއުމަން ޑިސީސް މިއުޒިއަމްގެ އެތެރޭގެ މަންޒަރެއް . ފޮޓޯ؛ ފޭސްބުކް

މި މިއުޒިއަމް އަކީ އިންސާނުން އޭގެ ސަބަބުން ފުރާނައަށް ނުރައްކާ ކުރާ ބަލިތަކުގައި މަރުވެ ގޮސްފައިވުމުން އެކަމަށް ހޭލުންތެރި ކުރުވުމުގެ ގޮތުން އެ ބަލިތައް ދައްކުވައިދޭ މިއުޒިއަމްއެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!

މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!

10 ޖޫން 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

10 އެޕްރީލު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު