Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލިއްޔަތު ކޮމެޓީ

ބްރޮޑްކާސްޓިން ކަމިޝަނުގެ ދަތުރުފަތުރަށް ބަޖެޓް ހޯދުމަށް ފިނޭންސަށް ހުށައަޅަން ކޮމެޓީއިން އެދެފި 

16 އެޕްރީލު 2019 | އަންގާރަ 17:41

ރެގިއުލޭޓަރީ އޮތޯރިޓީގެ ފަރާތުން ގަވައިދާ ޚިލާފަށް ކުރަންޖެހޭ ކަންކަން ކުރަމުން ދާ ފަރާތެއް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 16 އެޕްރީލު 2019 | އަންގާރަ 17:41
ބޮރޮޑްކާސްޓިން ކަމިޝަނުގެ ބައެއް މެމްބަރުން

ބޮރޮޑްކާސްޓިން ކަމިޝަނުގެ ބައެއް މެމްބަރުން

މޯލްޑިވްސް ބްރޮޑްކާސްޓިން ކަމިޝަން(އެމްބީސީ) އިން ރަށްރަށަށް ކުރަންޖެހޭ ދަތުރުފަތުރުގެ ޚަރަދަށް ބަޖެޓެއް ނެތް ކަމަށާއި އެކަމުގެ ސަބަބުން ކަމިޝަނުގެ ޒިންމާ އަދާކުރުމުގައި ހުރަސްތައް ކުރިމަތިވާތީ ބަޖެޓް ހޯދުމަށް މަޖިލީހަށް ހުށައެޅުމުން ފިނޭންސް މިނިސްޓްރީއަށް ހުށައެޅުމަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީއިން އެދެފިއެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް އެ މައްސަލަ ހުށައެޅުމުން ބަހުސް ކުރުމަށް ފުރުސަތު ހުޅުވާލުމުގެ ކުރިން ކޮމެޓީގެ މުގައްރިރު ކޮމަންޑޫ ދާއިރާ މެމްބަރު، އަހްމަދު ނާޝިދު (އޭޑީކޭ ނާޝިދު) ވިދާޅުވީ އެމްބީސީއަކީ ރެގިއުލޭޓަރީ އޮތޯރިޓީގެ ފަރާތުން ގަވައިދާ ޚިލާފަށް ކުރަންޖެހޭ ކަންކަން ކުރަމުންގެންދާ ފަރާތެއް ކަމަށެވެ. އަދި އެމްބީސީއަކީ އެކިއެކި ޓީވީ ސްޓޭޝަންތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަމުން ގެންދާ ފަރާތެއް ކަމަށާއި އެއީ ރަށްރަށަށް ގޮސް ކޭބަލްޓީވީ ނެޓްވަރކްތައް ގެންގުޅެނީ ގަވައިދާ އެއްގޮތަށްތޯ ބަލައި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާ ފަރާތެއް ކަމަށެވެ.

Advertisement - newsAdvertisement
" އެމްބީސީގެ މަސްއޫލިއްޔަތުގެ ތެރޭގައި ރަށްރަށަށް ގޮސް އެތަންތަނުގައި އޮންނަ ކޭބަލްޓީވީގެ ނެޓްވަރކް ތަކާއި މި ކަންތައްތައް ކުރަނީ ގަވައިދުގައި ތޯ ބަލައި އަދި ބޮޑެތި ޖޫރިމަނާތައް ކުރަމުންދާތަން ވެސް އަޅުގަނޑުމެންނަށް އެބަފެނޭ. ރެވެނިއުތަކެއް ވެސް ހޯދާ ބްރޮޑްކާސްޓިން ކަމިޝަނަކީ ވަރަށް ބޮޑެތި ޖޫރިމަނާތަކާއެއްޗެހި އެކިއެކި ޓީވީ ސްޓޭޝަންތައް ކުރަމުންދާ ފަރާތެއް. ދެން ރެގިއުލޭޓަރީ އޮތޯރިޓީގެ ފަރާތުން ގަވައިދާ ޚިލާފަށް ކުރަންޖެހޭ ކަންކަން ކުރަމުން ދާ ފަރާތެއް. އެވާހަކަ އެވިދާޅުވަނީ.. އެމީހުންގެ ބަޖެޓަށް އިތުރަށް ދަތުރުފަތުރުގެ ކަންކަމަށް ބަޖެޓް ހޯދުމަށް ލިޔުއްވާފައިވާ ސިޓީއެއްމީ"ނާޝިދު ވިދާޅުވިއެވެ.

އެމްބީސީގެ ހުށައެޅުމަށް ބަހުސް ކުރައްވަމުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މާލިއްޔަތު ކޮމެޓީއަށް ބަޖެޓު އިތުރުކުރަން ޖެހޭނީ ފިނޭންސް މިނިސްޓްރީއަށް ހުށައަޅައިގެން އެމިނިސްޓްރީއިން ގޮތެއް ކަނޑަނޭޅިއްޖެ ހިނދެއްގައި ކަމަށެވެ. އުސޫލްތައް އޮންނަނީ ސީދާ އެކޮމެޓީއަށް ހުށައަޅައިގެން ފިނޭންސްގެ ބަޖެޓަށް ވަންނަ ގޮތަކަށް ނޫން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަނީ އެބޭފުޅުންނަށް ދަންނަވަން ފިނޭންސަށް ހުށައަޅައިގެން ފިނޭންސުން ޖަވާބެއް ނުލިބިއްޖެނަމަ އަޅުގަނޑުމެންނަށް ހުށައެޅުމަށް. އޭރުން މިކަން ހިނގާނީ" ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރުގެ ހުށައެޅުމަށް ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރ އަލީ ޝާހު ވަނީ ތާއީދު ކުރައްވާފައެވެ.

އެމްބީސީއިން މަޖިލީހަށް މިދިޔަ ޖެނުއަރީމަހުގެ 10 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެކަމިޝަނަށް ގުޅުން ހުރި މަސައްކަތްތަކުގައި ވަކާލާތު ކުރުމަށް ރަށްރަށަށް ކުރަންޖެހޭ ދަތުރުފަތުރުގެ ޚަރަދުތަކާއި އެކަންކަމަށް ބޭނުންވާ ވަސީލަތްތަކަށް 2019 ވަނަ އަހަރުގެ އެމްބީސީއަށް ލިބިފައިވާ ބަޖެޓުގައި ހިމެނިފައި ނުވުމުން ކަމިޝަނުގެ ޒިންމާ އަދާކުރުމުގައި ހުރަސްތަކެއް ކުރިމަތިވާކަމަށެވެ.

އެމްބީސީއިން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެތަކެއް ޓީވީ ސްޓޭޝަންތަކެއް ޖޫރިމަނާ ކޮށްފައެވެ. އޭގެ ތެރޭގައި އެކަމިޝަނުން އެންމެ ގިނައިން ޖޫރިމަނާ ކޮށްފައިވަނީ ރާއްޖެޓީވީއެވެ. ރާއްޖެޓީވީ އެކިފަހަރު މަތިން ޖޫރިމަނާކޮށް، އެޓީވީ ޖޫރިމަނާ ކުރި ޖުމްލަ އަދަދު ވަނީ 3.7 މިލިއަނަށް އަރާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް