Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލްތް މިނިސްޓްރީ

ޑެންގީ ޖެހޭ މިންވަރު އިތުރުވެދާނެ: ހެލްތް މިނިސްޓްރީ

16 އެޕްރީލު 2019 | އަންގާރަ 11:05

މިއަހަރުގެ މިހާތަނަށް 1493 މީހުންނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓު ކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 16 އެޕްރީލު 2019 | އަންގާރަ 11:05
ހެލްތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ހެލްތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ކުރިއަށް އޮތް ދުވަސްތަކުގައި ޑެންގީ ހުންޖެހޭ މިންވަރު އިތުރުވެދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

އަންގާރަ ދުވަހު ހެލްތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު ވިދާޅުވީ މިއަހަރު މަދިރީގެ ސަބަބުން ޖެހޭ ބަލިތައް އިތުރުވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް 1493 މީހުންނަށް ޑެންގީހުން ޖެހިގެން ރިޕޯޓު ކުރެވިފައިވާއިރު މިދިޔަ އަހަރުގެ މިހިސާބުގައި ރިޕޯޓު ކުރެވިފައިވަނީ 376 މީހުން ކަމަށް ޒުހައިރު ވިދާޅުވިއެވެ.

ޗިކުންގުންޔާއަށް އަލިއަޅުއްވާލައްވާ ޒުހައިރު ވިދާޅުވީ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ 660 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ބައެއް ސަރަހައްދުތަކުން އަދިވެސް އިތުރަށް ކޭސްތައް ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނަރަލް ނިޝާން އަހުމަދު ވިދާޅުވީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް މަދުކުރުމަށް ގަވާއިދުން މާލެއާ އަތޮޅުތެރޭގައި މަސައްކަތްތައް ކުރެމުންދާ ކަމަށެވެ.

އެގޮތުގެ މަތިން މިއަހަރު ވެސް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މަދިރި އުފެދި އާލާވާ ގޮތަށް ހުންނަ ތަންތަން ބަލާ ނައްތާލުމަށް މަސައްކަތް ކުރުމާއި އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި ޓެލެކޮންފަރެންސް ބާއްވައިގެން ޑޮކްޓަރުންނަށް މައުލޫމާތު ދިނުމާއި މިބަލިތައް ކޮންޓްރޯލް ކުރުމަށް ފަންނީ ލަފާ ދިނުން ފަދަ މަސައްކަތްތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

''މިހާރު ވެސް ރިޕޯޓު ކުރާ މިންވަރު މަދެއް ނުވޭ . ކުރިއަށް އޮތްތާގައި ދަށަށް ދާނެ ކަމަށް ލަފާނުކުރެވޭނެ. އެއީ ކޮންމެ އަހަރެއްގެ މެއި، ޖޫން ޖުލައިގައި ގެންޑީހުން ޖެހޭ މިންވަރު އިތުވޭ. އިންސާނުންގެ އަމަލުތަކުން މަދިރިއާލާވާ މިންވަރު ކުޑަ ކުރެވިދާނެ. އެންމެންގެ އެއްބާރުލުން ބޭނުންވޭ މިކަމަށް'' ނިޝާން ވިދާޅުވިއެވެ.

މިހާރު ވިއްސާރަ މޫސުން ފެށިފައިވާތީއާއި އަދި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވާރޭ ވެހެމުންދާތީ މަދިރި އުފެދި އާލާވާތަންތަން ނައްތާލުމަށް އިތުރުން މަސައްކަތްތައް ކުރަންޖެހޭ ވެސް ނިޝާން ވިދާޅުވިއެވެ.

މާލެ ސީޓީގެ ހާލަތަށް އަލިއަޅުއްވާ ލައްވާ މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މީގެ ދެމަސް ކުރިން ކޮންމެ ހަފްތާ ބަންދު ދުވަހެއްގައި ހުއްޓުމެއްނެތި މާލެ ފޮގް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

''ރައްޔިތުންގެ އެދުމުގެ މަތިން ފޮގްކުރުމުގެ މަސައްކަތް ކުރަނީ . މާލެ، ހުޅުމާލެ އަދި ވިލިމާލެ ފޮގް ކުރަމުންދަނީ. އެކަމަކު ފޮގް ކުރުމަކީ ހަމައެއްކޮށް މަދަރި ނައްތާލެވޭނެ ކަމެއް ނޫން.'' ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ މަދިރި ނައްތާލުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ގިނަތަންތަން ބަލާ ފާސްކުރެވިފައިވާ ކަމަށެވެ. އަދި ޕާކުތަކާއި ކޮންސްޓްރަކްޝަން ސައިޓްތަކުގެ 460 ސަރަހައްދެއް މަދިރި އާލާވާ ގޮތަށް ހުރިކަމަށް ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ މަދިރި ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތުގެ ދަށުން ގޭތަކަށް ގޮސް ހޭލުންތެރިކުރުވުމުގެ ކަންކަން އިތުރަށްފުޅާ ކުރެވޭނެ ކަމަށާއި، ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުން ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް