Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިއްހީ ދިރާސާތައް ކުރުން

މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިންގގެ 6 ވަނަ އަދަދު އިފްތިތާހުކޮށްފި

ބުލެޓިންގ އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 އެޕްރީލު 2019 | އަންގާރަ 07:33
މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިންގގެ 6 ވަނަ އަދަދު އިފްތިތާހު ކުރުން

މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިންގގެ 6 ވަނަ އަދަދު އިފްތިތާހު ކުރުން

ކޮންމެ އަހަރަކު ވެސް ރާއްޖޭގެ ސިއްހީ ދާއިރާގެ އެކި ދިރާސާތަކުގެ މައްޗަށް ބިނާކޮށް ނެރޭ "މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިނގް" ގެ 6 ވަނަ އަދަދު އިފްތިތާހުކޮށްފިއެވެ.

އަންގާރަ ދުވަހު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަައި މި ބުލެޓިންގ އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީނެވެ.

ބުލެޓިންގ އިފްތިތާހުކޮށްދެއްވަމުން އަމީން ވިދާޅުވީ ކޮންމެ އަހަރަކު ވެސް ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ނެރޭ މި ބުލެޓިންގގެ މަޤްސަދަކީ ދިވެހި ރާއްޖޭގެ ސިއްޙީ ދާއިރާއާ ގުޅޭ ދިރާސީ މައުލޫމާތުތައް ފަސޭހަކަމާ އެކު ފޯރުކޮށްދިނުން ކަމަށާއި، އެފަދަ ދިރާސާތައް ކުރައްވާ ފަރާތްތަކަށް ހިތްވަރު ދިނުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރިސާރޗްގެ ފަންނަށް އިތުރު ދިވެހިން ޝައުޤުވެރި ކުރުވުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި ދިވެހިން ސިއްހީ ދާއިރާގެ ރިސާރޗުގެ ފަންނަށް އިތުރަށް ޝައުޤުވެރި ކުރުވުމަކީ ވެސް މުހިއްމު ކަމެއް، އެހެންވީމާ ރިސާރޗް ހެދުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމާ، އެ ފުރުސަތުތައް އިތުރުކުރުމަށްޓަކައި މަސައްކަތް ކުރުމަކީ މިނިސްޓްރީގެ ސިޔާސަތެއް، އެހެންވީމާ އަޅުގަނޑުމެން ސަރުކާރުގެ ތެރޭގައި މަސައްކަތް ކުރާނަން ރިސާރޗ ކުރުމަށާ އަދި ރިސާރޗު ކުރުމަށް ހޭދަ ކުރުމުގެ ޝައުޤުވެރިކަން ހުރި އަމިއްލަ ފަރާތްތަކަށް ވެސް އެ ފުރުސަތު ފޯރުކޮށްދިނުމަށް," މިނިސްޓަރ ވިދާޅުވިއެވެ.

މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިންގ ގެ ހަ ވަނަ އަދަދު އިފްތިތާހު ކުރުން

މި ބުލެޓިންގގައި ސިއްހީ ދާއިރާއާ ގުޅުންހުރި އެކި ދިރާސާތަކުގެ އެބްސްޓްރެކްޓާއި، ނޭޝަނަލް ހެލްތު ރިސާރޗް ކޮމިޓީއާ ބެހޭ މައުލޫމާތާއި، ސިއްހީ ދިރާސާތައް ކުރުމުގައި އިސްކަންދޭ ދާއިރާތަކުގެ މައުލޫމާތު ހިމެނިފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން މި ބުލެޓިންގ ގެ ސަބަބުން ސިއްހީ ދާއިރާއާ ގުޅުންހުރި ޕްރޮގްރާމްތައް ރޭވުމުގައި އެހީއަކަށްވެ، މަތީ ތައުލީމު ހާސިލު ކުރާ ފަރާތްތަކާއި، ދިރާސާ ކުރާ ފަރާތްތަކަށް ވެސް އެހީއަކަށް ވެގެންދިއުމަށް އެދޭ ކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި
28 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!
22 ފެބުރުއަރީ 2017

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

22 ފެބުރުއަރީ 2017
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
13 ފެބުރުއަރީ 2017

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު