Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުން

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ދެ މިލިއަން ޑޮލަރުގެ އަގުހުރި ތަކެތި ހަދިޔާ ކޮށްފި

16 އެޕްރީލު 2019 | އަންގާރަ 06:06

ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ކުރަމުންގެންދާ މަސައްކަތްތަކަށް ޖަޕާން ސަރުކާރުން އިސްކަންދޭކަމުގެ މިސާލެއް

އަމްނާ އިމާދު
އަމްނާ އިމާދު | 16 އެޕްރީލު 2019 | އަންގާރަ 06:06
ދެ މިލިއަން ޑޮލަރުގެ އަގުހުރި ތަކެތި ހަދިޔާކުރި ރަސްމިއްޔާތުގެ ތެރެއިން

ދެ މިލިއަން ޑޮލަރުގެ އަގުހުރި ތަކެތި ހަދިޔާކުރި ރަސްމިއްޔާތުގެ ތެރެއިން

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ދެ މިލިއަން ޑޮލަރު (30.8 މިލިއަން ރުފިޔާ) ގެ އަގުހުރި ތަކެތި ހަދިޔާ ކޮށްފިއެވެ.

މިތަކެތި ހަދިޔާކޮށްފައި ވަނީ ހޯމަ ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ދިވެހި ރައްޔިތުންގެ ސަލާމަތްތެރިކަމަށް ޖަޕާނު ސަރުކާރުން ވެދެއްވި އެހީތެރިކަމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ދިވެހި ސަރުކާރު ކުރަމުންގެންދާ މަސައްކަތްތަކަށް ޖަޕާން ސަރުކާރުން އިސްކަންދޭކަމުގެ މިސާލެއް ކަމަށެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމް ކުރުމަށް ދިވެހި ސަރުކާރުން ކުރާ މަަސައްކަތުގައި ޖަޕާނު ސަރުކާރުން ވެދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައި ވެއެވެ.

މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ ޖަޕާން ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާކުރި މި ވަސީލަތްތައް މުޅި ރާއްޖެއަށް ބަހާލައިގެން ބޭނުންކުރާނެ ކަމަށާއި، ޚާއްޞަކޮށް ނުރައްކާތެރި ހާލަތްތަކުގައި ބޭނުންކުރައްވާނެ ކަމަށެވެ. އަދި ޖަޕާން ސަރުކާރާއި ދިވެހި ފުލުހުންނާ ދެމެދު މިހާރު ވެސް އޮތް ގާތްކަން ބާއްވާނޭ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް މިގުޅުން ދެމެހެއްޓުމަށް މަަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނައީ ވިދާޅުވީ ދިވެހި ފުލުހުންނާއި ހަވާލުކުރެވުނު މި ވަސީލަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، ރާއްޖޭގެ އަމަން އަމާންކަން ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތުގައި މި ވަސީލަތްތަކުގެ ބޭނުން އޭގެ އެންމެ ހެޔޮގޮތުގައި ހިފާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި މި ވަސީލަތްތައް ދިގު މުއްދަތެއްގައި ބޭނުންކުރުމަށްޓަކައި ފަރުވާތެރިކަމާ އެކު ބަލަހައްޓާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާކުރި މި ވަސީލަތްތަކުގެ ތެރޭގައި، ފުލުހުންގެ އޮޕަރޭޝަންސްތަކުގައާއި ޕެޓްރޯލްކުރުމުގައި ބޭނުންކުރާނެ ކަނޑު އުޅަނދާއި އެއްގަމު އުޅަނދުގެ އިތުރުން އެހެނިހެން ތަކެތި ހިމެނެއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް