Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަފްސާނީ ދުޅެހެޔޮކަން

ނަފްސާނީ ދުޅަހެޔޮ ރާއްޖެ ނަމުގައި ކެމްޕެއިނެއް އިފްތިތާހުކޮށްފި

15 އެޕްރީލު 2019 | ހޯމަ 07:47

ނަފްސާނީ ބަލިމަޑުކަން ހުންނަ މީހުން ބާރުވެރިކުރުވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 އެޕްރީލު 2019 | ހޯމަ 07:47

ނަފްސާނީ ބަލިތަކަށް މީހުން ހޭލުންތެރި ކުރުވައި، އެފަދަ ބަލިތައް ތަހައްމަލު ކުރާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން "ނަފްސާނީ ދުޅަހެޔޮ ރާއްޖެ" ނަމުގައި ކެމްޕެއިނެއް އިފްތިތާހުކޮށްފިއެވެ.

ހޯމަ ދުވަހު އެޗްޕީއޭ އިން ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕެއިން އިފްތިތާހުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

Advertisement - newsAdvertisement

ކެމްޕެއިން އިފްތިތާހުކޮށްދެއްވުމުގެ މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަޒްނާ ވިދާޅުވީ، ނަފްސާނީ ބަލިތަކަށް އެންމެން ވެސް ހޭލުންތެރިވާން ޖެހޭ ކަމަށާއި، ކޮންމެ އުމުރެއްގެ މީހަަކަށް ވެސް އެފަދަ ބަލިމަޑުކަމެއް ކުރިމަތިވެދާނެ ކަމަށެވެ. އަދި އެއީ ހަމައެކަނި ސިއްހީ މައްސަލައެއް ނޫން ކަމަށް ވެސް ފަޒްނާ ވިދާޅުވިއެވެ.

"ނަފްސާނީ ބަލި ތަހައްމަލު ކުރާ ވަކި އުމުރެއް، ވަކި ޖިންސެއްގެ ބައެއް ނޫޅޭ، އަންހެނުންނާއި، ފިރިހެނުންނާއި، ކުޑަ ކުދިންނާއި، ޒުވާނުންނާއި، އުމުރުން ދުވަސްވީ މީހުން ވެސް މިކަމުގެ ވޭން ތަހައްމަލުކުރޭ. މިކަމުގެ ސަބަބުން އެމީހާ ބަލަހައްޓާ މީހުންނަށާއި، ގާތްތިމާގެ މީހުންނާއި، ރައްޓެހިންނަށް ވެސް އަސަރުކުރޭ. ޤައުމީ ތަރައްޤީއަށާއި، އުފެއްދުންތެރި ކަމަށް ވެސް އަސަރުކުރޭ، ވުމާ އެކު ނަފްސާނީ ބައްޔަކީ ހަމައެކަނި ސިއްހީ ކަމެއް ނޫން، އަދި އިޖްތިމާއީ، އަދި އިޤްތިސާދީ މައްސަލައެއް ވެސްމެ،" ފަޒްނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވެސް ވާހަަކަފުޅު ދައްކަވާފައިވާއިރު، އަަމީން ވިދާޅުވީ، ނަފްސާނީ މައްސަލަތައް އެކި ފަންތި އާއި ގިންތީގެ މީހުންނަށް ވެސް ކުރިމަތިވާ ކަމަށާއި، އެފަދަ މީހުންނަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތާލަންޖެހޭ ކަމަށެވެ.

"ނަފްސާނީ މައްސަލަ ކުރިމަތިވާ މީހުންނަށް ދިމާވެފައި އޮންނަ އެންމެ ބޮޑު މައްސަލައަކީ ހަޤީޤަތުގައި ވެސް ކިހިނެއްހޭ އަހައިފި ކަމުގައިވާ ނަމަ ރަނގަޅޭ ބުނުން. އެ އަށް ފަހުގައި ދެން އިތުރަށް އެ ވާހަކަ ދެއްކުމުގެ ފުރުސަތެއް، ދެއްކުމުގެ ހިތްވަރެއް، ދެއްކުމުގެ ޝައުޤުވެރިކަމެއް ނުހުރޭ، އެހެންވީމާ އަޅުގަނޑުމެންގެ މުޖުތަމައު އެކަންޏެއް ނޫން، ތަހުޒީބު ސޮސައިޓީތަކުގައި ވެސް އަދި ދުނިޔޭގެ ހުރިހާ ހިސާބެއްގަައި ވެސް މި މައްސަލަ ކުރިމަތިވެފައި ވަނީ މިގޮތަށް" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، މި ކެމްޕެއިންގެ މަޤްސަދަކީ އެފަދަ ބަލިމަޑުކަން ތަހައްމަލުކުރާ ފަރާތްތައް ބާރުވެރި ކުރުވައި އެފަދަ ކަންކަމަށް އެކަށީގެންވާ ފަރުވާ ހޯދުން ކަމަށެވެ.

ނަފްސާނީ ބަލިތަކާ ގުޅޭ އެކި މަޝްރޫތައް ސަރުކާރުން ކުރިއަށްގެންދާއިރު، ނެޝަނަލް މެންޓަލް ހެލްތު ސެންޓަރެއް އުފައްދައި، ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ ފުޅާކޮށް، އެފަރުވާ އާސަންދައިގެ ދަށުން ކަވަރުކުރެވިގެން ދިއުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސަރުކާރެއްގައި އެންމެ އިސްކަމެއް ދެއްވާނެ އެއް ކަމަކީ ދިވެހި ރައްޔިތުން ދުޅަހެޔޮ ސިއްޚަތެއްގައި ބޭތިއްބުން ކަމަށާއި، އެކަމަށްޓަކައި ދައުލަތުގެ ސިއްޚީ ނިޒާމަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

2

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް